Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އައިލެންޑް އޭވިއޭޝަންގެ މާލީ ޙާލަތާ ގުޅޭ ގޮތުން ކުރި ސުވާލަށް މިނިސްޓަރުގެ ޖަވާބެއް ނެތް، ވިދާޅުވީ ކުންފުނިން އެކަން ސާފު ކުރެއްވުމަށް

މިނިސްޓަރު ވިދާޅުވީ، ވަޒީރެއްގެ ހައިސިއްޔަތުން އެ ސުވާލަށް އެމަނިކުފާނު ޖަވާބު ދެއްވުމުގެ ބަދަލުގައި އައިލެންޑް އޭވިއޭޝަން އިން އެ މައުލޫމާތު އޮޅުން ފިލުވަން ޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2026 | އަންގާރަ 06:04
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. | ޕީޕަލްސް މަޖްލިސް

އައިލެންޑް އޭވިއޭޝަންގެ މާލީ ޙާލަތު ދަށްވެފައިވާ މައްސަލައިގައި ސުވާލު ކުރުމުން، އެ ސުވާލަަށް ޖަވާބު ދެއްްވުމުގެ ބަދަލުގައި އެކަން އެ ކުންފުނިން ސާފު ކުރެއްވުމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ސުވާލު ކުރައްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. އެގޮތުން މެމްބަރު ވިދާޅުވީ ދައުލަތުގެ ކުންފުނިތައް މާލީ ގޮތުން ބެހެނީ ދެ ބަޔަކަށް ކަމަށެވެ. އެގޮތުން އެއީ ސެލްފް ސަސްޓެއިނިން ކުންފުނިތަކާއި، ބަޖެޓު ސަޕޯޓު ކުންފުނިތައް ކަަމަށެވެ.

އައިލެންޑް އޭވިއޭޝަން އަކީ ސެފްސް ސަސްޓެއިން ކުންފުންޏަކަށް ވީ ނަމަވެސް، އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބު ތަކުން ދައްކާ ގޮތުގައި އެ ކުންފުނި މިހާރު ހިމެނެނީ ބަޖެޓު ސްޕޯޓު ކުންފުންޏެއްގެ ގޮތުގައި ކަމަށް މެމްބަރު ފާހަގަ ކުރެއްވި އެވެ. އަދި މި ޙާލަތަށް ކުންފުނި ވެއްޓުނީ ވައިޑް ބޯޑީ މަތިންދާބޯޓުގެ ސަބަބުންތޯ ވެސް މެމްބަރު ސުވާލު ކުރެއްވި އެވެ.

 އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވަޒީރެއްގެ ހައިސިއްޔަތުން އެ ސުވާލަށް އެމަނިކުފާނު ޖަވާބު ދެއްވުމުގެ ބަދަލުގައި އައިލެންޑް އޭވިއޭޝަން އިން އެ މައުލޫމާތު އޮޅުން ފިލުވަން ޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. 

އެހެން ނަމަވެސް، އެފަދަ ބޮޑު އިންވެސްޓްމަންޓު ތަކަށް ބަޖެޓު ސަޕޯޓު ބޭނުންވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ. އަދި އެއީ ދިވެހި ރާއްޖޭގައި ހަމައެކަނި އޮންނަ ގޮތެއް ނޫން ކަމަށާއި، ދުނިޔޭގެ އެހެން ޤައުމު ތަކުގައި ވެސް އެކަން އޮންނަނީ އެހެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިންޑިއާގެ ބޮޑެތި އެއާލައިން ތަަކަށް ވެސް ބޮޑެތި ސަޕޯޓު ދޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެފަދަ ކެޕިޓަލް އިންވެސްޓްމަންޓު ތަކަށް ބަޖެޓު ސަޕޯޓު ދިނުމަކީ ކުންފުނީގެ މާލިއްޔަތަށް ގެއްލުން ވަމުން ދިޔުން ނޫން ކަމަށެވެ. 

ސީދާ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ވަޒީރެއްގެ ހައިސިއްޔަތުން ތިޔަ ސުވާލަށް އަޅުގަނޑު ޖަވާބު ދިނުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ އައިލެންޑް އޭވިއޭޝަން އަކީ އަމިއްލަ އަށް ޒިންމާވާން ޖެހޭ ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ ތެރެއިން މި މައުލޫމާތު އޮޅުން ފިލުވުން. އެކަމަކު ވެސް އަޅުގަނޑު އިތުރު ވާހަކައެއް ދަންނަވާލާނަން. މިފަދަ ބޮޑެތި އިންވެސްޓުމަންޓު ތަކަށް ބަޖެޓު ސަޕޯޓު ބޭނުން ވާނެ. އެއީ ހަމައެކަނި ދިވެހި ރާއްޖޭގައި އޮންނަ އުސޫލެއް ނޫން. އެހެން ޤައުމު ތަކުގައި ވެސް މިހާރު ފެނިވަޑައިގަންނަވާނެ އިންޑިއާގެ ވެސް ބޮޑެތި އެއާލައިން ތަކަށް ބޮޑެތި ސަޕޯޓު ދޭ. މިފަދަ ކެޕިޓަލް އިންވެސްޓްމަންޓުތައް ގެނައުމަށް ސަޕޯޓު ދިނުން އެއީ ކުންފުނީގެ މާލިއްޔަތަށް ގެއްލުން ވަމުން ދިޔުމެއް ނޫން.
 ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން

މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ އެ އެއާލައިން ތަކުގެ ސަބަބުން ޤައުމުގެ ރައްޔިތުންނާއި، ޤައުމުގެ އިޤްތިޞާދު އަދި ފަތުރުވެރި ކަމަށް އަންނަ ލުއި ފަސޭހަ ކަމަށް ބަލަން ޖެހޭނެ ކަމަށެވެ. ނަަމަވެސް، އެ ސުވާލުގެ ތަފްސީލު ޖަވާބު އައިލެންޑް އޭވިއޭޝަން އިން ހޯދުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްމިނިސްޓަރ އޮފް ޓޫރިޒް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން

އިތުރަށް ކިޔާލަން

04 ޖޫން 2026

ހޯމް މިނިސްޓަރު އިހުސާން ދެކެ ރައީސް މުއިއްޒު ބިރުފުޅުގަންނަ މަންޒަރު ދަނީ ފެންނަމުން: ގާނޫނީ ވަކީލު މުސްތަފާ

04 ޖޫން 2026
ހޯމް މިނިސްޓަރު އިހުސާން ދެކެ ރައީސް މުއިއްޒު ބިރުފުޅުގަންނަ މަންޒަރު ދަނީ ފެންނަމުން: ގާނޫނީ ވަކީލު މުސްތަފާ
01 މާރިޗު 2026

ވީއައިއޭ އަށް އާދިއްތަ ދުވަހު އަންނަން އޮތް 14 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ވާނެ

01 މާރިޗު 2026
ވީއައިއޭ އަށް އާދިއްތަ ދުވަހު އަންނަން އޮތް 14 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ވާނެ
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

2024 ވަނަ އަހަރުގެ މޭ މަހު އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ޕާކިންގ ބިލްޑިންގް ގެ މަސައްކަތް ކުރާނެ ބަޔަކު ވެސް އަދި ނުހޯދޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެ

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
15 މެއި 2025

ޔުމްނު ވެއްޓުނު މައްސަލައާއި އޮތީ ދިވެއްސަކަށް ވީތީ އޮތް ގުޅުމެއް: މިނިސްޓަރު އަމީން

15 މެއި 2025
ޔުމްނު ވެއްޓުނު މައްސަލައާއި އޮތީ ދިވެއްސަކަށް ވީތީ އޮތް ގުޅުމެއް: މިނިސްޓަރު އަމީން
15 މެއި 2025

އެމްޑީޕީ އަށް ރައްޔިތުން ދިނީ ދިހަ މިނެޓު ކަމަށް ބުނެ ފުރުސަތު އަތުލުމުން، މެމްބަރުން ނުރުހުން ފާޅުކޮށްފި

15 މެއި 2025
އެމްޑީޕީ އަށް ރައްޔިތުން ދިނީ ދިހަ މިނެޓު ކަމަށް ބުނެ ފުރުސަތު އަތުލުމުން، މެމްބަރުން ނުރުހުން ފާޅުކޮށްފި
11 ޑިސެމްބަރު 2024

''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފި

11 ޑިސެމްބަރު 2024
''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު