Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

އާރްއެފްޕީއައި ޕްރޮސެސް އޮތީ ހުއްޓިފައި ކަމަށް ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2025 | ހޯމަ 07:57
އިންޑިޔާ ސަރުކާރުން ހަދިޔާ ކުރި ހެލިކޮޕްޓަރު

އިންޑިޔާ ސަރުކާރުން ހަދިޔާ ކުރި ހެލިކޮޕްޓަރު

ނިމުނު 2024 ވަނަ އަހަރުގެ މާޗު މަހު ހެލިކޮޕްޓަރުގެ ޚިދުމަށް ފަށާނެ ކަމަށް ބުނި ނަމަވެސް އޭގެ އެއް އަހަރާ ހަތް މަސް ފާއިތުވިއިރު އަދި އެ މަސައްކަތް ކުރާނެ ބައެއް ވެސް ނުހޯދޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެއްބަސްވެވަޑައިގެންފި އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ 2024 ވަނަ އަހަރުގެ މާޗު މަހު ސަރުކާރުން ޚިދުމަތް ދޭން ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ނުފެށި ލަސްވަނީ ކީއްވެތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.

Advertisement - newsAdvertisement

މެންބަރުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުގެ ގޮތުން ތައްޔާރުކުރާ ރިލަޔަބިލިޓީ، އެވެއިލަބިލިޓީ، މެއިންޓެއިނަބިލިޓީ އެންޑް ސޭފްޓީ އިންޑިކޭޓާ (އާރްއެފްޕީއައި) ޕްރޮސެސް އޮތީ ހުއްޓިފައި ކަމަށެވެ. މިހާރު ގާނޫނީ ގޮތުން އެކަން ނިމުމަކަށް ވެސް ގެނަސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިއަހަރުގެ ފަހުކޮޅު އެ މަސައްކަތް އަލުން ރީ ޑިޒައިން ކުރުމަށްފަހު އާރްއެފްޕީ އަށް ހުޅުވާލައިގެން އޭގެ އަހަރެއް ހާ ދުވަސް ފަހުން ހެލިކޮޕްޓަރުގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއަހަރުގެ ފަހުކޮޅު މި ފުރަތަމަ އަޅުގަނޑުމެންނަށް މި އެޓެމްޕްޓް ކުރެވުނު ތަޖުރިބާއަށް ބަލާފަ ބަދަލުތަކާއެކީގަ އާރްއެފްޕީ އަށް ހުޅުވާލައިގެން އަޅުގަނޑު އުއްމީދު ކުރަނީ މިކަމަށް ހަމަ ވަރަށް ބޮޑު އުއްމީދެއް އެބައޮތް، ރާއްޖޭގަ މި އޮަޕަރޭޝަންސް ފެށުމަށްޓަކައި،
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ބަަޔަކު ހޯދާނެ ކަމަށް ސަރުކާރުން ހާމަކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

އޭގެ ފަހުން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުގެ ގޮތުން ތައްޔާރުކުރާ ރިލަޔަބިލިޓީ، އެވެއިލަބިލިޓީ، މެއިންޓެއިނަބިލިޓީ އެންޑް ސޭފްޓީ އިންޑިކޭޓާ (އާރްއެފްޕީއައި) އެކުލަވައިލުމުގެ މަސައްކަތް މިހާރު އޮތީ ނިމުމަކާއި ގާތުގައި ކަމަށް މިނިސްޓަރު ވަނީ މިދިޔަ އަހަރުގެ މެއި މަހު ވިދާޅުވެފައެވެ.

އޭރު މިނިސްޓަރު ވިދާޅުވީ އެ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމާ ގުޅޭ އުސޫލު ގެޒެޓް ކުރުމުން، ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ބަޔަކު ވަރަށް އަވަހަށް ލިބޭނެ ކަަމަށް އުންމީދުކުރެވޭ ކަމަށެވެ.

އެ މަސައްކަތް ލަސްވި ސަބަބާއި ގުޅޭ ގޮތުން ވެސް މިނިސްޓަރު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން އާރްއެފްޕީީ ގެ މަސައްކަތް ލަސްވީ އެެކަމަށް ޓަކައި ފިނޭންސް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމުން ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން އެ މަސަައްކަތް ކުރަމުން ދާ ކަމަށާއި އެ މަސައްކަތް ކުރިއަށް ދަނީ އެޓަރނީ ޖެެނެރަލް އަހުމަދު އުޝާމްގެ ލަފާގެ މަތިން ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

މަޖިލިސްޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހެލިކޮޕްޓަރުގެ ޚިދުމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު