Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ

''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފި

ޓެކްސީ ފްލީޓްގެ ބަދަލުގައި މި ޚިދުމަތް ރަނގަޅުކުރުމަށް އެހީތެރިވުމަށް ގޮވާލާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2024 | ބުދަ 14:53
ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

ހުޅުމާލެ ރުށްގަނޑު ޕާކު 1 ގައި ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން އެއްވެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި ޑްރައިވަރުންތައް ބުދަ ދުވަހުގެ ހަވީރު 4:00 ގައި މި ސަރަހައްދަށް އެއްވި ނަމަވެސް ފުލުހުން ވަނީ ފުރަތަމަ ހުރަސްއަޅާފައެވެ. ނަމަވެސް ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން އެއްވެ، މަގުމަތި ޓްރެފިކް ވުމާއެކު، ޕާކުގެ އެތެރެއަށް ކާރުތައް ވެއްދުމަށް ހުއްދަ ދިނެވެ.

ޑްރައިވަރުން ފާހަގަކުރި ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި، އެސްއެމްއީ ލޯނުތަކަށް ގެނެސްފައިވާ ކާރުތަކާއި އަދި މިހާރުވެސް މާލެ އެތެރެކުރެވިފައިވާ ކާރުތައް ރީ ރަޖިސްޓްރީ ނުކޮށް އިތުރު ކާރުތައް ގެނެސް ރަޖިސްޓްރީ ކުރުމުގެ މައްސަލަ ހިމެނެއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ރަޖިސްޓްރީ ކުރާނެ ޕާކިން ސްޕޭސް ކޮބައިތޯއާއި، އަދި ޕާކިން ބިލްޑިންގތައް ކޮބައިތޯ ސުވާލުކޮށްފައިވެއެވެ. އަދި މިނިވަން ވިޔަފާރިއަކަށް ސަރުކާރުން ވަނީ ޓެކްސީ ވިޔަފާރި ހަލާކުކޮށްލައި، ޓެކްސީ ޑްރައިވަރުން ނިކަމެތި ކުރުމަށް ކަމަށް އެމީހުން ބުނެފައިވެއެވެ. ޓެކްސީ ފްލީޓްގެ ބަދަލުގައި މި ޚިދުމަތް ރަނގަޅުކުރުމަށް އެހީތެރިވުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

ޓެކްސީ ޑްރައިވަރުން އާއްމު ރައްޔިތުންނަށް އުނދަގޫކޮށް، ނުއަގުގައި ޚިދުމަތަށް ފައިސާ ނަގާކަމަށް ކުރެވޭ ތުހުމަތުތަކަށް ވެސް މި މުޒާހަރާގެ ބައިވެރިވި ޑްރައިވަރުން ވަނީ ރައްދު ދީފައެވެ. އެމީހުން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދިނުމަށް ކަމަށާއި، ނުއަގުގައި ފައިސާ ނުނަގާ ކަމަށެވެ. އަދި ރައްޔިތުން އެދޭނަމަ ޓެކްސީގައި މީޓަރު ހަރުކުރުމަށް ވެސް ތައްޔާރަށް ތިބި ކަމަށް އެމީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އަޑުއަހައި، ހައްލު ހޯދައިދިނުމަށް ގޮވާލާފައިވެއެވެ. އަދި ރައްޔިތުންގެ އަޑު ނާހާ ކަމަށްވާނަމަ އިސްތިއުފާ ދެއްވަންޖެހޭ ކަމަށާއި، މަގާމަށް ކުފޫ ހަމަނުވާ ކަމަށް ޑްރައިވަރުން ބުނެފައިވެއެވެ. އަދި ރައީސް މުއިއްޒު ޑްރައިވަރުންނާއި ބައްދަލުކުރެއްވުމަށް ނިންމެވުމަށްފަހު، އެކަން ކެންސަލް ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ޑްރައިވަރުން ވަނީ ކޮށްފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް އަހަރެއް ވެގެންދިޔައިރު، ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކެއް ހައްލެއް ހޯދައިދެވިފައިނުވާ ކަމަށާއި، މިސަރުކާރުގެ ވަރަށް ބޮޑު ފެއިލްވުމެއް ކަމަށް އެމީހުން ބުނެއެވެ. އަދި މިހާރު މިސަރުކާރަށް އަދި މިނިސްޓަރު އަމީނަށް އިތުބާރު ގެއްލިފައިވާ ކަމަށެވެ. ޓެކްސީ ޑްރައިވަރުން ބުނެފައިވަނީ މައްސަލަތަކަށް ހައްލެއް ނުލިބޭނަމަ، ކަންބޮޑުވުންތައް އަޑު ނާހާނަމަ ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މުޒާހަރާޓެކްސީ ޑްރައިވަރުންޓެކްސީ ޚިދުމަތްރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު