Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފޭސްބުކް

ފޭސްބުކާއި ގޫގުލް އަދި ޓްވިޓަރ އެމެރިކާގެ ކޮންގްރެސް އަށް ހާޒިރު ކުރަނީ

މިތިން ކުންފުނިވެސް ހާޒިރު ކުރަނީ އެމެރިކާގެ އިންތިޚާބަށް ނުފޫޒުފޯރުވުމަށް ރަޝިއާ އިން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 11:50
ފޭސްބުކްގެ ރަސްމީ ޕޭޖްގެ ސްކްރީންޝޮޓެއް

ފޭސްބުކްގެ ރަސްމީ ޕޭޖްގެ ސްކްރީންޝޮޓެއް

ފޭސްބުކާއި ގޫގުލް އަދި ޓްވިޓަރގެ އިސްވެރިން އެމެރިކާގެ ކޮންގްރެސް އަށް ހާޒިރުވާން އަންގައިފި އެވެ.

ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ފޭސްބުކް އަދި ޓްވިޓަރގެ އިތުރުން ގޫގުލްގެ އިސްވެރިން އެމެރިކާގެ ކޮންގްރެސް އަށް ހާޒިރުވުމަށް އަންގާފައިވަނީ 2016ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒުފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީން ހިންގާ ތަހުގީގަށް ހެކި ހޯދުމަށް ކަމަށް މަޢުލޫމާތު ލިބެ އެވެ.

އިންޓެލިޖެންސް ކޮމިޓީގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މިތިން ކުންފުނި ހާޒިރު ކުރުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ބާއްވާ އެކޮމިޓީގެ އާއްމު އަޑުއެހުމަށެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭވިސްގެ އިންޓެލިޖެންސް ކޮމިޓީގެ ލީޑަރުން ވަނީ، އޮންލައިން ޕްލެޓްފޯމްތަކާއި ވަޞީލަތްތައް ބޭނުން ކޮށްގެން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އިތުބާރު ގެއްލުވާލުމަށާއި، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާ އިން މަސައްކަތް ކުރި ގޮތް ދެނެގަތުމަށް ޓެކްނޮލޮޖީ ކުންފުނިތަކަކާއެކު ކުރިޔަށް އޮތް މަހުގެ ތެރޭގައި ހުޅުވާލެވިފައިވާ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

ގޫގުލް އަދި ފޭސްބުކްގެ މަންދޫބުން ވަނީ ސެނެޓް ކޮމިޓީގެ ދައުވަތު ލިބިފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އެހެންނަމަވެސް އެއަޑުއެހުމަށް ހާޒިރުވާނެކަން އެދެކުންފުނިންވެސް ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ. މިކަމާއި ގުޅޭ ގޮތުން ޓްވިޓަރ އިން މިހާތަނަށް އެއްޗެއް ބުނެފައެއްނުވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގައި އިންޓަރނެޓް މެދުވެރިކޮށް ޚިދުމަތްދޭ ކުންފުނިތަކުން މަޢުލޫމާތު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އެމެރިކާގެ މައި ދެޕާޓީ ކަމަށްވާ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންވެސް ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރަޝިއާ އިން ކުރި މަސައްކަތުގައި ސޯޝަލް މީޑީއާގެ ނެޓްވާރކްތައް ދައުރެއް އޮވެދާނެ ކަމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާގެ ސެނެޓް އަދި ހައުސްގެ އިންޓެލިޖެންސް ކޮމިޓީ އަކީ، އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާއިން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައިގައި ކޮންގްރެސް އިން ހިންގާ ތަހުގީގުގެ މައި ދެކޮމިޓީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު