Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް

އުރުދުން ގައި ވޯލްޑް ކަޕް މެޗު ބަލަން އެއްވި ބަޔަކު ތޮއްޖެހި ފިތި ބާރުވެގެން އެކަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ

އުރުދުން ވޯލްޑް ކަޕަށް ކޮލިފައިވުމާ ގުޅިގެން އަންގާރަ ދުވަހު އައްމާންގެ ހާޝިމައިޓް ޕްލާޒާއަށް އެއްވި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ މެދުގައި ފިތި ބާރުވުމުގެ ހާދިސާއެއް ހިނގައިފި. މި ހާދިސާގައި އަނިޔާވި ނުވަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައި.

ރާއްޖެ އެމްވީ | 24 ޖޫން 2026 | ބުދަ 11:18
ވޯލްޑް ކަޕްގައި އުރުދުން އާއި އަލްޖީރިއާ ބައްދަލުކުރި މެޗު ބަލަން 2026 ޖޫން 23 ވީ އަންގާރަ ދުވަހު އުރުދުންގެ އައްމާންގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި.

ވޯލްޑް ކަޕްގައި އުރުދުން އާއި އަލްޖީރިއާ ބައްދަލުކުރި މެޗު ބަލަން 2026 ޖޫން 23 ވީ އަންގާރަ ދުވަހު އުރުދުންގެ އައްމާންގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި. | އެކްސް

އުރުދުންގެ ވެރިރަށް އައްމާންގައި ވޯލްޑް ކަޕް މެޗެއް ބަލަން އެއްވެ ތިބި އެތައް ހާސް ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ފިތި ބާރުވުމުގެ ހާދިސާއެއް ހިނގައި، އެކަކު މަރުވެ އަށް މީހަކަށް އަނިޔާވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ކުރީކޮޅު ވޯލްޑް ކަޕްގައި އަލްޖީރިއާއާ ދެކޮޅަށް އުރުދުންގެ ގައުމީ ޓީމު ކުޅުނު މެޗަށް ސަޕޯޓްކުރުމަށްޓަކައި، އެ ގައުމުގެ "ހާޝިމައިޓް ޕްލާޒާ" އަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވަނިކޮށެވެ. މިއީ މެދުއިރުމަތީގެ މި ގައުމު ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޮޑެތި ސްކްރީންތަކުން މެޗު ބަލަން "ރޯމަން ތިއޭޓަރު" ސަރަހައްދަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ ތިބުމުގެ ސަބަބުން އެ ތަން އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފައެވެ.

އެއް ވީޑިއޯއަކުން ފެންނަ ގޮތުގައި، އެއްވެފައި ތިބި މީހުން ކޮންޓްރޯލުން ނެއްޓި، އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑު ހަލަބޮލިކަމެއް އުފެދިފައެވެ.

މީގެ އިތުރުން، އެހެން ވީޑިއޯތަކުން ފެންނަ ގޮތުގައި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކުން ދަނީ އަނިޔާވި މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދީ، އެ މީހުން އެ ސަރަހައްދުން ބޭރަށް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

އުރުދުންގެ ޕަބްލިކް ސެކިއުރިޓީ ޑައިރެކްޓްރޭޓުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި އަނިޔާވި ނުވަ މީހަކު ހޮސްޕިޓަލަށް ގެންދެވުނު އިރު، އޭގެ ތެރެއިން އެކަކު ވަނީ ފަހުން މަރުވެފައެވެ. މަރުވި މީހާ މަރުވާން ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އަމުރުކޮށްފައެވެ.

ޖޯޑަންވޯލްޑް ކަޕްއުރުދުން-އަލްޖީރިއާފުޓްބޯޅަ

އިތުރަށް ކިޔާލަން

24 ޖޫން 2026

ފްރާންސް ގެ ހެޑްކޯޗް ގެ މަންމަ މަރުވުމާ ގުޅިގެން އެނބުރި ގައުމަށް

24 ޖޫން 2026
ފްރާންސް ގެ ހެޑްކޯޗް ގެ މަންމަ މަރުވުމާ ގުޅިގެން އެނބުރި ގައުމަށް
23 ޖޫން 2026

ރަން ބޫޓުގެ ރޭސް - ކުރި ހޯދާނީ ކާކު؟

23 ޖޫން 2026
ރަން ބޫޓުގެ ރޭސް - ކުރި ހޯދާނީ ކާކު؟
23 ޖޫން 2026

ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟

23 ޖޫން 2026
ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟
22 ޖޫން 2026

2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ

22 ޖޫން 2026
2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ
22 ޖޫން 2026

ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި

22 ޖޫން 2026
ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި
21 ޖޫން 2026

ބެލްޖިއަމްގެ ވިންގަރ ޖެރެމީ ޑޯކޫގެ ފުރަތަމަ ދަރިފުޅު އުފަންވާއިރު އަންހެނުންގެ ކައިރީގައި ހުރުމަށްޓަކައި ވޯލްޑް ކަޕް މުބާރާތް ދޫކޮށް ދާން ބޭނުންވާ ކަމަށް ބުނުމާ ގުޅިގެން ފާޑުކިޔަނީ

ވޯލްޑް ކަޕްގައި އެންމެ ހަލުވި ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ބޮސް

21 ޖޫން 2026
ވޯލްޑް ކަޕްގައި އެންމެ ހަލުވި ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ބޮސް
21 ޖޫން 2026

ޑެނިޒް އުންޑާވް - ފެކްޓަރީ ތަޅުމުން ވޯލްޑް ކަޕް ގެ އެންމެ އުހަށް!

21 ޖޫން 2026
ޑެނިޒް އުންޑާވް - ފެކްޓަރީ ތަޅުމުން ވޯލްޑް ކަޕް ގެ އެންމެ އުހަށް!
20 ޖޫން 2026

ބްރެޒިލްގެ އަސްލު ކުޅުން ފެންނާނީ ކޮން އިރަކުން؟

20 ޖޫން 2026
ބްރެޒިލްގެ އަސްލު ކުޅުން ފެންނާނީ ކޮން އިރަކުން؟
20 ޖޫން 2026

އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ

20 ޖޫން 2026
އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު