Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ އިސްތިއުނާފް

ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ފާރިސްގެ އިސްތިއުނާފް މައްސަލަ ފަސްކޮށްފި

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބަލައިގަތް ކަމެއް އަންގާފައެއް ނެތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 07:49
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފް މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗު ބަދަލުކުރި މައްސަލަައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން އިސްތިއުނާފް މައްސަލަ ފަސްކޮށްފި އެވެ.

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގައެވެ.

Advertisement - newsAdvertisement

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބްދުލް ރައޫފް އިބްރާހީމް އެވެ. އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.

ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ، ބެންޗަށް ބަދަލު ގެނެސްފައިވަނީ މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކާ ޚިލާފަށް ކަމަށާއި ސުޕްރީމް ކޯޓުން ކުރާ ހުކުމްތަކުގައި ކަނޑައަޅާ އިޖުރާއަތުތަކަށް ދަށު ކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށެވެ. ބެންޗަށް ބަދަލު ގެނައި މައްސަލަ ފާރިސްގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގެ ބެލެނެވެރިކަމުގެ އިހުތިސާސްގެ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ހުށަހަޅާފަ އެވެ.

ބެންޗަށް ބަދަލު ގެނެއުމަށް ފަހު ބުރާސްފަތި ދުވަހު ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. ބެންޗަށް ބަދަލު އައުމާ ގުޅިގެން އިޖުރާއަތު ފުރިހަމަ ކުރުމަށް ބޭއްވި އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލުން ވަނީ ބެންޗަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމާއި، ބެންޗު ބަދަލުކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް، އެކަމާ ގުޅޭ ގޮތުން ޖަވާބުދާރީނުވެވޭނެ ކަމަށް ބެންޗުން ވަނީ އަންގާފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ހައިކޯތުގެ އަޑުއެހުންތައް ފަސްކުރުމަށް ފާރިސްގެ ފަރާތުން އެދުމުން ދައުލަތުން އެކަމަށް އިއުތިރާޒެއް ނުކުރެ އެވެ. އެހެންކަމުން، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން އަޑުއެހުންތައް ފަސްކުރުމަށް ބެންޗުން ވަނީ ނިންމާފަ އެވެ.

އަޑުއެހުމަށް ފަހު ނިކުމެވަޑައިގެން ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ 'ރ' ގައި ބަޔާންކޮށްފައިވާ ގޮތަށް މަތީ މަރުހަލާގެ ކޯޓުތަކަށް ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންޖެހޭނެ ކަމާއި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންޖެހޭނެ ކަމަށް ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ 'ހ' ގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

މައުމޫން ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތިން ފަނޑިޔާރުންގެ ބެންޗެއް އެކުލެވިފައިވަނިކޮށް ބެންޗަށް ބަދަލު ގެނެވޭނެ ހާލަތުތަކަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވާ ކަމަށާއި އެހެން ނަމަވެސް، ފާރިސްގެ މައްސަލައިގެ ބެންޗު ބަދަލުކޮށްފައިވަނީ އޭގެން ހާލަތެއް މެދުވެރިވެގެން ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމަށް ތަބާވުމަކީ ހައިކޯޓަށް ލާޒިމް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތެއް ނިންމަންދެން މައްސަލަ ފަސްކޮށްދިނުމަށް އެދުނީ، ހާމަކަންބޮޑު ގޮތެއްގައި ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފަށް ހައިކޯޓުން މައްސަލަ ކުރިއަށް ގެންދާތީ ކަމަށެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތް ކަމެއް ނުވަތަ ބަލައިނުގަންނަ ކަމެއް ވެސް އަދި އަންގާފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވީއެންމެ އަވަހަކަށް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެ ގޮތެއް ނިންމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެހެން ނަމަވެސް، ފެންނަނީ އެއްބައި މައްސަލަތައް ބަލައިގަނެ ކުރިއަށް ގެންދާ އަވަސް މިނުގައި އަނެއް ބައި މައްސަލަތައް ކުރިއަށް ނުގެންދާތަން ކަމަށެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލައިގައި އެންމެ ފަހުން ހައިކޯޓުގައި އަޑުއެހުމެއް ބާއްވާފައި ވަނީ އޯގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. އެ އަޑުއެހުން ނިންމާލާފައި ވަނީ މައްސަލައިގައި އިތުރަށް ސާފުކުރާނެ ކަމެށް ނެތް ނަމަ ދެން ބާއްވާނީ ހުކުމް ކުރުމުގެ މަޖިލިސް ކަމަށް އިއުލާނުކުރެއްވުމަށް ފަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު