Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތް

ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

މާލެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަންތަކުގައި 15،000 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގައި، ޖުމްލަ 59 މީހަކު ވަނީ ހައްޔަރުކޮށްފަ. މި މަސައްކަތްތަކުގެ ތެރެއިން މަގުމަތީގެ ސަލާމަތާ ގުޅޭ 45 ހާދިސާއަކަށް އިޖާބަދީފައިވާއިރު، މާލެ އާއި ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކުށް މަދުކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ. މި އޮޕަރޭޝަންތަކުގައި ޑްރަގް އެންފޯސްމަންޓާއި ގޭންގް ކްރައިމް ފަދަ ދާއިރާތަކުން ވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 21 ޖޫން 2026 | އާދީއްތަ 09:02
ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން

ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން | މޯލްޑިވްސް ޕޮލިސް

ނިމިދިޔަ ހަފްތާގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވާ ކަމަށާ އެކި މައްސަލަތަކުގައި 59 މީހަކު އެ ހަފްތާގައި ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި.

ފުލުހުން ބުނީ ނިމިދިޔަ ހަފުތާގެ ތެރޭގައި، މާލެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ވަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރިވެ، ކުށް މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމާށެވެ. 

Advertisement - newsAdvertisement

މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފުލުހުން ވަނީ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމަށް 15،798 އޮޕަރޭޝަން ހިންގާފަ އެވެ. ޖުމްލަ 325 އަށްވުރެ ގިނަ ހާދިސާ ރިޕޯޓް ކޮށްފައިވާއިރު ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން 59 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން، ޓްރެފިކް ފުލުހުންނާއި މަގުމަތީގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޓީމުތަކުން ވަނީ މަގުމަތީގައި ހިނގި 45 އެކްސިޑެންޓަކާއި ޓްރެފިކާ ގުޅުންހުރި ހާދިސާތަކަށް ޙާޟިރުވެފަ އެވެ.

މާލޭގެ، ހެންވޭރު، ގަލޮޅު އަދި މާފަންނުގެ ފުލުހުން ވަނީ 6519 ތަނެއް ބަލައި ފާސް ކޮށްފަ އެވެ. އެ ސަރަހައްދުތަކުން ޖުމްލަ 172 މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާއިރު 22 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ފުލުހުން ވަނީ 2249 ތަނެއް ބަލައި ފާސް ކޮށްފަ އެވެ. އެ ސަރަހައްދުތަކުން ރިޕޯޓް ކޮށްފައިވަނީ ޖުމްލަ 9 މައްސަލަ އެވެ. 

އޭގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި 2 އިން 6486 ތަނެއް ބަލައި ފާސް ކޮށްފައިވާއިރު ހުޅުމާލެ އިން 128 މައްސަލަ ވަނީ ރިޕޯޓް ކޮށްފަ އެވެ. ހުޅުމާލެ އިން 18 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. 

ފުލުހުންގެ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑް ސެންޓަރުން، ޑްރަގް އެންފޯސްމަންޓާ ގޭންގް ކްރައިމް އެންފޯސްމަންޓް ކުރި މަސައްކަތުން 544 ތަނެއް ބަލައި ފާސް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ. އަދި އެ ބާވަތުގެ 16 މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށާ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުން ފާއިތުވި ހަފްތާގައި 19 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުގައި ވެ އެވެ.  ތަފާސްހިސާބަށް ބަލާއިރު ޓްރެފިކް ޕޮލިސް އަދި ރޯޑް މެނޭޖްމަންޓާ ގުޅޭ 45 މައްސަލަ ވަނީ ހުށަހަޅާފަ އެވެ. 

ފުލުހުން ބުނީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވެސް ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށް، ކުށް މަދު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފާއިތުވި ހަފްތާގައި ކޮށްފައިވާ ކަމަށެވެ. 

މާލެހުޅުމާލެ ވިލިމާލެ ހެންވޭރުގަލޮޅުމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ޖޫން 2026
ރަސްފަންނު މޫދަށްއެރޭ ސަރަހައްދުގައި އިންސާނުންގެ ނަޖިހުގެ އަސަރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި

ރަސްފަންނު މޫދަށްއެރޭ ސަރަހައްދުގައި އިންސާނުންގެ ނަޖިހުގެ އަސަރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި

20 ޖޫން 2026
 މިދިޔަ އަހަރުން ފެށިގެން ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަން ރުފިޔާ ގެއްލިފައިވޭ: ފުލުހުން

މިދިޔަ އަހަރުން ފެށިގެން ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަން ރުފިޔާ ގެއްލިފައިވޭ: ފުލުހުން

19 ޖޫން 2026
އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

19 ޖޫން 2026
މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

18 ޖޫން 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު