Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސްކިތަށް ގެއްލުންދިނުން

މާލޭގެ ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

މާލޭގެ މަސްޖިދުލް ފުރުޤާންގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، މި ހާދިސާ ރިޕޯޓުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، މީގެ ކުރިންވެސް އެ މިސްކިތުގެ ހަތިމުތަކަށާއި ތަކެއްޗަށް ގެއްލުންދިން މައްސަލަތަކެއް ވަނީ ފެންމަތިވެފައި. މިސްކިތްތަކަށް ގެއްލުންދޭ މައްސަލަ އިތުރުވަމުންދާތީ، މިސްކިތްތަކުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ވަރުގަދަކުރުމަށް އާންމު ރައްޔިތުން ދަނީ ގޮވާލަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖޫން 2026 | ހޯމަ 06:14
މާލޭގެ ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ދަނީ ބަލަމުން

މާލޭގެ ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ދަނީ ބަލަމުން | ފޭސްބުކް

 

މާލޭގައި ހުންނަ މަސްޖިދުލް ފުރުޤާންގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ އާދިއްތަ ދުވަހުގެރޭ ފަތިހު 4:10 ހައިކަންހާއިރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް މިސްކިތަށް ގެއްލުން ދިން މީހާ ނުވަތަ ބަޔަކު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

ހަތިމުތައް އުކާލައި، ފުރުޤާނު މިސްކިތަށް ގެއްލުންދިން މައްސަލައެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. 

އެފަހަރު ފުރުޤާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތަށް ގެއްލުން ދީ އިމާމު ހުންނަ ދިމާ ގައި ހުރި ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ވެސް ހަލާކުކޮށްލާފައިވެ އެވެ. ނަމަވެސް އޭރު ހައްޔަރު ކުރި މީހާ ވެސް ފަހުން ވަނީ ބަންދުން ދޫކޮށްފަ އެވެ. 

މާލޭގެ މިސްކިތްތަކަށް ގެއްލުން ދިނުމާއި، މިސްކިތްތަކުގެ ތެރޭގައި ނޭދެވޭ އަމަލުތައް ހިންގާ މައްސަލައަކީ ދޭތެރެއަކުން ފެންމަތިވާ މައްސަލައެކެވެ. މިފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި މިސްކިތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް އާންމުން ގެންދަނީ ގޮވާލަމުންނެވެ.

ފުރުޤާން މިސްކިތަކީ މާލޭގައި ގިނަ އަދަދެއްގެ ބަޔަކު ނަމާދަށް ގޮސް އުޅޭ މިސްކިތަކަށްވާއިރު، މިސްކިތުގެ މުދަލަށް ގެއްލުން ދިނުމަކީ އާންމުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ގެއްލުން ދިން ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ.

 

މާލެމަސްޖިދުލް ފުރުޤާންސިޔާސަތުތައް

އިތުރަށް ކިޔާލަން

22 ޖޫން 2026

ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"

22 ޖޫން 2026
ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"
21 ޖޫން 2026

ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

21 ޖޫން 2026
ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި
20 ޖޫން 2026

ރަސްފަންނު މޫދަށްއެރޭ ސަރަހައްދުގައި އިންސާނުންގެ ނަޖިހުގެ އަސަރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި

20 ޖޫން 2026
ރަސްފަންނު މޫދަށްއެރޭ ސަރަހައްދުގައި އިންސާނުންގެ ނަޖިހުގެ އަސަރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި
18 ޖޫން 2026

މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

18 ޖޫން 2026
މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ
18 ޖޫން 2026

ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"

18 ޖޫން 2026
ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު