Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ-ޓައިވާން

ޗައިނާ އާއި ތައިވާނުގެ ނުތަނަވަސްކަން އިތުރު ކުރާ އެއްޗަކަށް މިފަހަރު މިވީ މީރު މޭވާ އެއްކަމަށްވާ އަތަ

22 ޖޫން 2026 | ހޯމަ 08:17

ޓައިވާނުގެ "އެޓެމޯޔާ" މޭވާ ޗައިނާއަށް އެކްސްޕޯޓްކުރުން އިތުރުކުރުމަށް ބެއިޖިންގްއިން ރާވާފައިވާ ރޭވުމަކީ ދަނޑުވެރިން މަޅީގައި ޖެއްސުމަށް ކުރާ ކަމެއް ކަމަށް ބުނެ ޓައިވާނު ސަރުކާރުން އިންޒާރު ދީފި. ޓައިވާނުގެ އެގްރިކަލްޗަރ މިނިސްޓްރީން ތުހުމަތުކުރާ ގޮތުގައި ޗައިނާއިން މިފަދަ ފުރުސަތުތައް ފަހިކޮށްދެނީ ދަނޑުވެރިން އެ ގައުމުގެ މާކެޓަށް ބަރޯސާކުރުވުމަށްފަހު، ސިޔާސީ ފިއްތުންތައް ކުރިމަތިކުރުވުމުގެ ނިޔަތުގައި. ނަމަވެސް ޓައިވާނުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން މި މައްސަލަ ސިޔާސީކޮށް ދަނޑުވެރިންނަށް ބިރުދައްކަމުންދާ ކަމަށް ބުނެ ފާޑުކިޔާފައި.

ރާއްޖެ އެމްވީ | 22 ޖޫން 2026 | ހޯމަ 08:17
އަތަ

އަތަ | ގެޓީ އިމޭޖަސް

ޗައިނާއިން ޓައިވާނުގެ އަތަ އިމްޕޯޓު ކުރުން އިތުރުކުރުމަށް ރާވާފައިވާ ރޭވުމާ ގުޅިގެން، އެ ގައުމުގެ ދަނޑުވެރިންނަށް ޓައިވާނު ސަރުކާރުން އިންޒާރު ދީފިއެވެ. ހިތުގެ ބައްޓަމަށް އޮންނަ، ބޭރު ތޮށިގަނޑު ކުރަކި މި މޭވާއަކީ ޗައިނާއާއި ޓައިވާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ އާ ސަބަބަކަށް ވެދާނެ ކަމަށް ބެލެވެއެވެ.

"އެޓެމޯޔާ" ނަމަކަށް ކިޔާ މި މޭވާ އަކީ ކަސްޓަޑް އެޕަލް ނުވަތަ އަތައިގެ ތަފާތު ބާވަތްތައް މަސްހުނިކޮށްގެން  އުފައްދާފައިވާ، އެތެރެ މަޑު ހުދުކުލައެއްގައި ހުންނަ، އަދި ބޭރު ތޮށިގަނޑު ފެހިކުލައިގެ ކުރަކިކޮށް ހުންނަ މޭވާއެކެވެ. މިއީ ޓައިވާނުގެ ޓައިޓަންގް ކައުންޓީއަށް ޚާއްސަ މޭވާއެކެވެ.

ޓައިވާނުގެ އެޓެމޯޔާ އެންމެ ގިނައިން އެތެރެކުރާ ގައުމަކީ ޗައިނާއެވެ. އަދި މި މަހުގެ ކުރީކޮޅު ޗައިނާއިން ވަނީ މި މޭވާ އިތުރަށް ގަތުމަށް ވައުދުވެފައެވެ.

ނަމަވެސް، ޓައިވާނުގެ އެގްރިކަލްޗަރ މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ޗައިނާއިން ގެންގުޅޭ "މަޅީގައި ޖެއްސުމަށްފަހު މަރާލާ" ސިޔާސަތުގެ ކްލެސިކް މިސާލެއް ކަމަށެވެ. މިއީ ދަނޑުވެރިން ޗައިނާގެ މާކެޓަށް ބަރޯސާކުރުވުމަށްފަހު، މާކެޓަށް އަންނަ ބަދަލުތަކުގެ ތެރެއަށް ދަނޑުވެރިން ދޫކޮށްލުމަށް ބެއިޖިންގްއިން ކުރާ ކަމެއް ކަމަށް އެ މިނިސްޓްރީން ތުހުމަތުކުރެއެވެ.

އަމިއްލަ ވެރިކަމެއް ކުރަމުންދާ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބެއިޖިންގްއިން ދައުވާ ކުރެއެވެ. އަދި ބާރުގެ ބޭނުންކޮށްގެން ވެސް އެ ރަށް ހޯދާނެ ކަމުގެ އިންޒާރު ޗައިނާއިން ވަނީ ދީފައެވެ. ފަހަކަށް އައިސް ޗައިނާއިން ވަނީ ޓައިވާނު ކައިރީގައި އަސްކަރީ ތަމްރީނުތައް ވަރުގަދަކޮށް، އެ ރަށް ބަންދުކޮށްލާނެ ގޮތުގެ ތަމްރީނުތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

މުހައްލިލުން ބުނާ ގޮތުގައި ޗައިނާއިން ޓައިވާނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް އަސްކަރީ ނޫން އެކި އުކުޅުތައް ވެސް ބޭނުންކުރެއެވެ. މީގެ ތެރެއިން އެއް ހަތިޔާރަކީ މޭވާއެވެ.

2021 ވަނަ އަހަރު ޗައިނާއިން ވަނީ ޓައިވާނުގެ އަލަނާސި އެތެރެކުރުން މަނާކޮށްފައެވެ. މީގެ ސަބަބުން ދަނޑުވެރިންގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. މިއާއެކު، ޗައިނާގެ އިގްތިސާދީ މަޖުބޫރުކުރުވުންތަކާ ދެކޮޅަށް ޓައިވާނުގެ ރައްޔިތުން އަމިއްލައަށް އެ ގައުމުގެ އުފެއްދުންތައް ބޭނުންކުރުމުގެ ކެމްޕޭނެއް ވެސް ފެށިއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިހާރު އެޓެމޯޔާ މޭވާއަށް ވެސް ވަމުންދަނީ ހަމަ އެފަދަ ގޮތެކެވެ.

"ފުރަތަމަ ޗައިނާއިން ހެޔޮއެދޭކަން ދެއްކުމުގެ ގޮތުން ގިނަ އަދަދަކަށް އެޓެމޯޔާ ގަނެ، ދަނޑުވެރިން އެ މޭވާ ހެއްދުމަށް ހިތްވަރުދެނީ. އެއަށްފަހު، އެއްވެސް އިންޒާރެއް ދިނުމެއްނެތި އެއްފަރާތުން އެކަނި ނިންމާ ނިންމުމެއްގެ ދަށުން އެ މޭވާ އެކްސްޕޯޓްކުރުން ހުއްޓުވަނީ،" ޓައިވާނުގެ އެގްރިކަލްޗަރ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޗައިނާއިން 2021 ވަނަ އަހަރު ފަނިފަކުސަ ހުންނަ ކަމަށް ބުނެ އެޓެމޯޔާ އެތެރެކުރުން މެދުކަނޑާލިއެވެ. އޭގެ ފަހުން 2023 ވަނަ އަހަރު އަލުން އެތެރެކުރަން ފެށުމަށްފަހު، 2024 ވަނަ އަހަރު ވަނީ އެ މޭވާއިން ބޮޑު ޓެކްސްއެއް ނަގަން ފަށާފައެވެ.

މިފަދަ ފިޔަވަޅުތަކުގެ ސަބަބުން "މި ސިނާއަތަށް ބޮޑެތި ނުތަނަވަސްކަން ކުރިމަތިވެ، ދަނޑުވެރިން ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހޭ" ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ޗައިނާއިން އަމިއްލައަށް އެޓެމޯޔާ ހެއްދުން އިތުރުކުރަމުންދާ ކަމަށާއި، މިއީ ޓައިވާނުގެ ދަނޑުވެރިކަމުގެ ސިނާއަތަށް އޮތް ބިރެއް ކަމަށް ވެސް މިނިސްޓްރީން އިތުރަށް ފާހަގަކުރިއެވެ.

ޓައިވާނުގެ އެޓެމޯޔާ އެކްސްޕޯޓްކުރުމާ ގުޅޭ ބަހުސްތައް ގަދަވެފައިވަނީ، ޗައިނާގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ޒިއާމެންގައި ބޭއްވި ފޯރަމެއްގައި، ޗައިނާގެ ކުންފުނިތަކުން އެ މޭވާ އިތުރަށް ގަތުމަށް ވައުދުވުމާ ގުޅިގެންނެވެ. މިއީ ޓައިވާނުން ޗައިނާއަށް އެކްސްޕޯޓްކުރާ މަހާއި ސައިފަތް ފަދަ ތަކެތި ގަތުން އިތުރުކުރުމަށް ޗައިނާއިން ގެންގުޅޭ ފުޅާ ރޭވުމެއްގެ ބައެކެވެ.

ޓައިވާނުގެ މަރުކަޒީ ސަރުކާރުން އެ ފޯރަމްގައި ބައިވެރިވުން މަނާކޮށްފައި އޮތް ނަމަވެސް، ޓައިވާނުގެ ވިޔަފާރިވެރިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން އެ ފޯރަމްގައި ބައިވެރިވިއެވެ.

ޓައިވާނުގެ މެއިންލޭންޑް އެފެއާޒް ކައުންސިލްގެ ތަރުޖަމާނު ވަނީ، އެ ފޯރަމްގައި ބައިވެރިވި އޮފިޝަލުންގެ މައްސަލަ ތަހުގީގުކޮށްފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޓައިވާނުގެ އެގްރިކަލްޗަރ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން އިސްކަންދޭނީ "ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ތަރައްގީއަށާއި ދަނޑުވެރިންނަށް ދާއިމީ އާމްދަނީއެއް ލިބޭނެ ގޮތް ހެދުމަށް" ކަމަށެވެ. 

ޓައިޕޭގެ މޭޔަރު ޗިއަންގް ވަން-އާން ވަނީ، މެއިންލޭންޑް އެފެއާޒް ކައުންސިލުން މި މައްސަލަ ބޭނުންކޮށްގެން ޓައިވާނުގެ ދަނޑުވެރިންނަށް "ބިރުދައްކައި ނުފޫޒު ފޯރުވަމުންދާ" ކަމަށް ތުހުމަތުކުރައްވާފައެވެ.

"ޓައިވާނުގެ އެޓެމޯޔާ ފަދަ މީރު އަދި ޚާއްސަ މޭވާއެއް އުފެއްދޭނެ އެހެން އެއްވެސް ގައުމެއް މި ދުނިޔެއަކު ނެތް،" މޭޔަރު ވިދާޅުވިއެވެ.

ޗައިނާ-ތައިވާންއެޓެމޯޔާއަތަ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

06 ޖެނުއަރީ 2026

ތައިވާނުގެ މުހިންމު ވަސީލަތް ތަކަށް ޗައިނާ އިން ދޭ ސައިބާ ހަމަލާތައް އިތުރު ވެއްޖެ

06 ޖެނުއަރީ 2026
ތައިވާނުގެ މުހިންމު ވަސީލަތް ތަކަށް ޗައިނާ އިން ދޭ ސައިބާ ހަމަލާތައް އިތުރު ވެއްޖެ
01 ޖެނުއަރީ 2026

ތައިވާނާއި ޗައިނާ ގުޅާލުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ރައީސް ޝީ ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
ތައިވާނާއި ޗައިނާ ގުޅާލުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ރައީސް ޝީ ވިދާޅުވެއްޖެ
29 ޑިސެމްބަރު 2025

'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދޭ އިންޒާރެއްގެ ގޮތުގައި ތައިވާން ވަށައިގެން ޗައިނާ އިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ

29 ޑިސެމްބަރު 2025
'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދޭ އިންޒާރެއްގެ ގޮތުގައި ތައިވާން ވަށައިގެން ޗައިނާ އިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް