Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާ-ތައިވާން

ތައިވާނުގެ މުހިންމު ވަސީލަތް ތަކަށް ޗައިނާ އިން ދޭ ސައިބާ ހަމަލާތައް އިތުރު ވެއްޖެ

އެ އިދާރާ އިން އާދިއްތަ ދުވަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 2025 ވަނަ އަހަރު ދުވާލަކު އެވްރެޖުކޮށް 2.63 މިލިއަން ސައިބާ ހަމަލާ ތައިވާނަށް އަމާޒު ވެފައިވޭ. މިއީ މިފަދަ ތަފާސް ހިސާބުތައް އާންމު ކުރަން ފެށި 2023 ވަނަ އަހަރާ އަޅާ ބަލާއިރު، 113 އިންސައްތަ އިތުރު އަދަދެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 09:06
ހޫޑީއެއް އަޅައިގެން ހުރި މީހަކު ލެޕްޓޮޕް ހިފައިގެން ހުންނަ މަންޒަރެއް ކުރަހާފައި

ހޫޑީއެއް އަޅައިގެން ހުރި މީހަކު ލެޕްޓޮޕް ހިފައިގެން ހުންނަ މަންޒަރެއް ކުރަހާފައި | ރޮއިޓަސް

ތައިވާނުގެ ހޮސްޕިޓަލު ތަކާއި ބޭންކުތައް ހިމެނޭހެން، އެ ގައުމުގެ މުހިންމު އުމްރާނީ ވަސީލަތް ތަކަށް ޗައިނާ އިން ދޭ ސައިބާ ހަމަލާތައް އިތުރުވެއްޖެ އެވެ.

އެގޮތުން 2025 ވަނަ އަހަރު، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު، ހަ އިންސައްތަ އިތުރު ވެފައިވާ ކަމަށް ތައިވާނުގެ ނޭޝަނަލް ސެކިއުރިޓީ ބިއުރޯ އިން ހާމަކޮށްފައިވެ އެވެ. 

އެ އިދާރާ އިން އާދިއްތަ ދުވަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 2025 ވަނަ އަހަރު ދުވާލަކު އެވްރެޖުކޮށް 2.63 މިލިއަން ސައިބާ ހަމަލާ ތައިވާނަށް އަމާޒު ވެފައިވެ އެވެ. މިއީ މިފަދަ ތަފާސް ހިސާބުތައް އާންމު ކުރަން ފެށި 2023 ވަނަ އަހަރާ އަޅާ ބަލާއިރު، 113 އިންސައްތަ އިތުރު އަދަދެކެވެ. އެންމެ ބޮޑަށް ހަމަލާތައް އިތުރު ވެފައި ވަނީ ހަކަތަ ފޯރުކޮށްދޭ ނިޒާމު ތަކަށާއި، ކުއްލި ނުރައްކަލުގެ ހާލަތް ތަކުގައި އެހީތެރިވާ އިދާރާ ތަކުގެ އިތުރުން ހޮސްޕިޓަލު ތަކަށެވެ.

ތައިވާނުން ބުނާ ގޮތުގައި މިއީ އެ ގައުމުގެ ސަރުކާރުގެ ހިންގުން ހުއްޓުވާލުމަށާއި، އިޖުތިމާއީ ނިޒާމު ގަޑު ބަޑު ކޮށްލުމަށް ޗައިނާ އިން ގަސްދުގައި ހިންގާ "ހައިބްރިޑް ވޯފެއާ"، ނުވަތަ އެކި ގޮތް ގޮތުން ދޭ ހަމަލާ ތަކެކެވެ. މިގޮތުން ޗައިނާގެ އަސްކަރީ ތަމްރީނުތަކާ ދިމާކޮށް މިފަދަ ސައިބަާ ހަމަލާތައް ވަރުގަދަ ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އެގޮތުން، ޗައިނާ އިން ތައިވާން ކައިރީގައި ހިންގި 40 އަސްކަރީ ހަރަކާތުގެ ތެރެއިން 23 ފަހަރެއްގެ މަތިން ސައިބާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައި އެވެ. މީގެ އިތުރުން ސިޔާސީ ގޮތުން ހައްސާސް ދަނޑި ވަޅުތަކުގައި، ކޮމްޕިއުޓަރު ސިސްޓަމްތައް ހެކު ކުރުން ޗައިނާ އިން އިތުރު ކުރާ ކަމަށް ތައިވާނުން ތުހުމަތު ކުރެ އެވެ.

ތައިވާނުގެ ސެމީ ކޮންޑަކްޓާ ސިނާއަތުގެ މަރުކަޒު ތަކަށް ނުވަތަ "ސައިންސް ޕާކު ތަކަށް" ވެސް ބޮޑެތި ހަމަލާ ތަކެއް އަމާޒު ވެފައިވެ އެވެ. މިކަމުގެ މަގުސަދަކީ ތައިވާނުގެ ކުރި އަރާފައިވާ ޓެކްނޮލޮޖީ ވަގަށް ނަގައި، އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ޓެކްނޮލޮޖީގެ ވާދަވެރިކަމުގައި ޗައިނާ އަށް ކުރިއެރުން ހޯދުން ކަމަށް ތައިވާނުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޗައިނާ އިން އަބަދު ވެސް މިފަދަ ހަމަލާ ތަކުގައި ބައިވެރިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރެ އެވެ. ނަމަވެސް ތައިވާނަކީ އެ ގައުމުގެ ބައެއް ކަމަށް ދައުވާ ކުރާ ޗައިނާ އިން ބުނަމުން ދަނީ ބޭނުން ވެއްޖެ ހާލަތެއްގައި، ބާރުގެ ބޭނުން ކޮށްގެން ވެސް ތައިވާން އެގައުމުގެ ދަށަށް ގެންނާނެ ކަމަށެވެ. ތައިވާނުން ބުނަނީ އެ ގައުމުގެ މުސްތަގުބަލު ނިންމާނީ އެ ގައުމުގެ ރައްޔިތުން ކަމަށެވެ.

ސައިބަރ ހަމަލާނޭޝަނަލް ސެކިއުރިޓީ ބިއުރޯޗައިނާ-ތައިވާން

ކޮމެންޓް

އިތުރަށް ކިޔާލަން

ތައިވާނާއި ޗައިނާ ގުޅާލުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ރައީސް ޝީ ވިދާޅުވެއްޖެ

ތައިވާނާއި ޗައިނާ ގުޅާލުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ރައީސް ޝީ ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދޭ އިންޒާރެއްގެ ގޮތުގައި ތައިވާން ވަށައިގެން ޗައިނާ އިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ

'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދޭ އިންޒާރެއްގެ ގޮތުގައި ތައިވާން ވަށައިގެން ޗައިނާ އިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ

29 ޑިސެމްބަރު 2025
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު