Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާ-ތައިވާން

'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދޭ އިންޒާރެއްގެ ގޮތުގައި ތައިވާން ވަށައިގެން ޗައިނާ އިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ

ޗައިނާއިން ތައިވާން ވަށައިގެން ކުރިއަށްގެންދަނީ މުހިންމު ސަރަހައްދުތައް ހިފުމަށް ކަންކުރާނެ ގޮތް ދައްކުވައިދޭ އަސްކަރީ ތަމްރީނުތަކެއް. މިއީ އެމެރިކާއިން ތައިވާނަށް 11 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އިއުލާނުކުރިތާ ދުވަސްކޮޅެއް ފަހުން ކުރިއަށްގެންދާ ތަމްރީނެއް. ތައިވާނުން ވަނީ މި ތަމްރީނުތަކަށް ފާޑުކިޔާފައި.

ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 17:03
ޗައިނާގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ޝާއިއުކުރިއިރު ވީޑީއޯ އެއް ގައި ތައިވާން ކަނޑުގައި ހަނގުރާމަމަތީ މަނަވަރުތައް ޑިޕްލޮއި ކުރަމުންދާ މަންޒަރު ފެނޭ.

ޗައިނާގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ޝާއިއުކުރިއިރު ވީޑީއޯ އެއް ގައި ތައިވާން ކަނޑުގައި ހަނގުރާމަމަތީ މަނަވަރުތައް ޑިޕްލޮއި ކުރަމުންދާ މަންޒަރު ފެނޭ.

ތައިވާން ވަށައިގެން ޗައިނާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކަކީ 'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދޭ އިންޒާރެއް ކަމަށް ޗައިނާ އިން ބުނެފި އެވެ.

ޗައިނާއިން ދަނީ ތައިވާންގެ މުހިންމު ސަރަހައްދުތައް ހިފުމަށް ކަންކުރާނެ ގޮތް ދައްކުވައިދޭ އަސްކަރީ ތަމްރީނުތަކެއް ތައިވާން ވަށައިގެން ކުރިއަށްގެންދަމުންނެވެ. މިއީ އެ ގައުމުން 'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދެވޭ އިންޒާރެއް ކަމަށް ޗައިނާއިން ބުނެއެވެ.

ޗައިނާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، މި ތަމްރީނުތަކުގައި އެ ގައުމުގެ ބިމުގެ ބާރާއި، ކަނޑުގެ ބާރާއި، ވައިގެ ބާރާއި، ރޮކެޓް ބާރުން ބައިވެރިވެފައިވެއެވެ. މި ތަމްރީނުތަކުގެ ތެރޭގައި ހަގީގީ ބަޑީގެ ތަމްރީނުތައް ވެސް ހިމެނެއެވެ.

"ޖަސްޓިސް މިޝަން 2025" ގެ ކޯޑްނޭމް ދީފައިވާ މި ތަމްރީނުތައް ކުރިއަށްގެންދަނީ، އެމެރިކާއިން ތައިވާނަށް 11 ބިލިއަން ޑޮލަރުގެ ގެ ހަތިޔާރު ޕެކޭޖެއް ވިއްކުމަށް އިއުލާނުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. އެމެރިކާގެ މި ނިންމުމަށް ބެއިޖިންގ އިން ވަނީ ވަރަށް ބޮޑަށް އިހުތިޖާޖުކޮށްފައެވެ. އަދި އެކަމުގެ ރައްދެއްގެ ގޮތުން އެމެރިކާގެ ދިފާޢީ ކުންފުނިތަކަށް ޗައިނާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

މި އަހަރު ތައިވާނުން އެ ގައުމުގެ ދިފާޢީ ކެޕޭބިލިޓީސް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ވެސް ބެއިޖިންގ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޗައިނާއިން ދައުވާކުރަނީ ތައިވާނަކީ އެ ގައުމުގެ ސަރަހައްދެއް ކަމަށެވެ.

ތައިވާންގެ ރިޔާސީ އޮފީހުން ވަނީ ޗައިނާގެ މި ތަމްރީނުތަކަށް ފާޑުކިޔާފައެވެ.

ތައިވާންގެ ދިފާޢީ ވުޒާރާއިން ބުނީ، ހޯމަ ދުވަހު ޗައިނާގެ 89 އަސްކަރީ މަތިންދާބޯޓާއި 28 ހަނގުރާމަމަތީ ބޯޓާއި ކޯސްޓްގާޑް ބޯޓު ތައިވާން ކައިރިން ފާހަގަވެފައިވާ ކަމަށެވެ.

އަދި އެ ވުޒާރާއިން ވަކި ބަޔާނެއްގައި ބުނީ، މި ހާލަތާ ގުޅިގެން ކަންކަން ބެލުމުގެ ގޮތުން ތައިވާނުގެ މިސައިލް ސިސްޓަމްތަކާއި އަސްކަރީ ބާރުތައް ބޭނުންކޮށްފައިވާ ކަމަށާއި، ތައިވާން ދިފާޢުކޮށް، އެ ގައުމުގެ ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ހުރިހާ ފަރާތްތަކެއް "ހައި އެލާޓް" ގައި ތިބި ކަމަށެވެ.

މި ހަފުތާގައި ކުރިއަށްދާ އަސްކަރީ ތަމްރީނުތަކަކީ، އޮކްޓޯބަރު މަހު އީސްޓަން ތިއޭޓަރ ކޮމާންޑްގެ އާ ޗީފްގެ މަގާމާ ހަވާލުވި ޔަންގް ޒިބިންގެ ބެލުމުގެ ދަށުން ބާއްވާ ފުރަތަމަ ތަމްރީނުތަކެވެ.

ތައިވާނުން ވެސް އަމިއްލަ އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދެއެވެ. އެއީ ހަމަލާއަކަށް ރައްޔިތުން ތައްޔާރަށް ބޭތިއްބުމަށާއި، ބެއިޖިންގ އަށް އެ ގައުމުގެ ދިފާޢީ ބާރުތައް ދެއްކުމުގެ ގޮތުންނެވެ. މި އަހަރު ބޭއްވި "ހަން ކުއަންގ" ތަމްރީނުތައް 10 ދުވަހަށް ދެމިގެން ދިޔައިރު، އެއީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އަދި އެންމެ ދިގު ތަމްރީނުތަކެވެ.

ރައީސް ލައި މަގާމާ ހަވާލުވި ފަހުން، ބެއިޖިންގ އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު، ދިފާޢީ ޚަރަދު އިތުރުކުރުމަށާއި، ތައިވާންގެ ދިފާޢީ ކެޕޭބިލިޓީސް މަތިކުރުމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އޮކްޓޯބަރު މަހު ތައިވާންގެ ރައީސް ވަނީ "އަދުއްވުންގެ ހަމަލާތަކުން" ރައްކާތެރިވުމަށްޓަކައި، ވައިގެ ދިފާޢީ ނިޒާމެއް ބިނާކުރުމަށް އިއުލާނުކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނު ސީދާ ޗައިނާގެ ނަން ވިދާޅެއް ނުވެއެވެ.

އަސްކަރީ ތަމްރީންރައީސް ލައިބެއިޖިންގތައިވާންޗައިނާ-ތައިވާން

ކޮމެންޓް

އިތުރަށް ކިޔާލަން

ތައިވާނަށް 7.0 ގެ ބާރު މިނުގެ ބިންހެލުމެއް އަތުވެއްޖެ

ތައިވާނަށް 7.0 ގެ ބާރު މިނުގެ ބިންހެލުމެއް އަތުވެއްޖެ

28 ޑިސެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު