Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާ-ތައިވާން

ތައިވާނާއި ޗައިނާ ގުޅާލުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ރައީސް ޝީ ވިދާޅުވެއްޖެ

ތައިވާނުގެ ރައީސް ވިލިއަމް ލައި ޗިން-ތޭ އައު އަހަރުގެ ހިތާބުގައި ވިދާޅުވީ، ގައުމީ ސިޔާދަތު ދަމަހައްޓައި ދިފާއީ ބާރު ވަރުގަދަ ކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމަށް.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 05:34
ބެއިޖިންގައި 2025 ޑިސެމްބަރު 31 ވަނަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިން 2026 ވަނަ އަހަރަށް އާ އަހަރުގެ ޚިތާބު ދެއްވަނީ

ބެއިޖިންގައި 2025 ޑިސެމްބަރު 31 ވަނަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިން 2026 ވަނަ އަހަރަށް އާ އަހަރުގެ ޚިތާބު ދެއްވަނީ

ތައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި އަލުން ހަމަޖެއްސުމަކީ ("ރީޔުނިފިކޭޝަން") އެގައުމުގެ ޒަމާންވީ އަދި ބަދަލުނުވާނެ އަމާޒެއް ކަމަށާއި، އެކަން ހުއްޓުވުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ އަސްކަރިއްޔާ އިން ތައިވާން ސަރަހައްދުގައި ކުރިއަށްގެންދިޔަ ވަރުގަދަ ތަމްރީނުތަކަށް ފަހު، އައު އަހަރުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ޝީ ވިދާޅުވީ، ތައިވާން ކަނޑުއޮޅީގެ ދެފަރާތުގައި ތިބި ރައްޔިތުންނަކީ ލޭގެ ގުޅުމަކުން ގުޅިފައިވާ ބައެއް ކަމަށެވެ. "މާދަރީ ވަތަނާ އަލުން ގުޅި ލާމެހުމަކީ ޒަމާނުގެ އޮއިވަރާ އެކު އަންނަ ބަދަލެއް، އެއީ ހުއްޓުވޭނެ ކަމެއް ނޫން،" ޝީ ވިދާޅުވިއެވެ.

މީގެ އިތުރުން، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނުގެ އިސްތިއުމާރުން ތައިވާން މިނިވަންވި ދުވަސް ފާހަގަކުރުމުގެ ގޮތުން، 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު "ތައިވާން ރިކަވަރީ ޑޭ" ފާހަގަކުރަން ނިންމާފައިވާކަން ވެސް އޭނާ އިއުލާނު ކުރެއްވިއެވެ.

ޝީގެ މި ވާހަކަފުޅު އައިސްފައި ވަނީ، ތައިވާން ވަށާލައި ހިސޯރުކުރާނެ ގޮތްތަކުގެ މައްޗަށް ބިނާކޮށް ޗައިނާއިން ކުރިއަށްގެންދިޔަ ދެ ދުވަހުގެ އަސްކަރީ ތަމްރީނުތަކަށް ފަހުގައެވެ. ޗައިނާގެ އޮފިޝަލުން ސިފަކުރި ގޮތުގައި މިއީ ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކަށާއި ބޭރުގެ ނުފޫޒުތަކަށް ދިން "ވަރުގަދަ އިންޒާރެއް" ކަމަށެވެ. "ޖަސްޓިސް މިޝަން 2025" ގެ ނަމުގައި ހިންގި މި ހަރަކާތްތަކަކީ ތައިވާނުގެ ސަރަހައްދުގައި މިހާތަނަށް ހިންގި އެންމެ ބޮޑު އަސްކަރީ ތަމްރީނުތަކެވެ.

މި ތަމްރީނުތައް ބާއްވާފައިވަނީ ތައިވާނަށް 11.1 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމި ނިންމުމަށް ފަހުގައެވެ. ޗައިނާއިން ދެކޭގޮތުގައި ތައިވާނަކީ އެގައުމުގެ ސަރަހައްދީ އިމުގެ ތެރޭގައި ހިމެނޭ ބައެކެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ބާރުގެ ބޭނުންކޮށްގެން ނަމަވެސް ތައިވާން ޗައިނާގެ ދަށަށް ގެންނާނެ ކަމަށް ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް، ތައިވާނުގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީން ގަބޫލުކުރާ ގޮތުގައި އެއީ މިނިވަން ދައުލަތެކެވެ.

ތައިވާނުގެ ރައީސް ވިލިއަމް ލައި ޗިން-ތޭ އައު އަހަރުގެ ހިތާބުގައި ވިދާޅުވީ، ގައުމީ ސިޔާދަތު ދަމަހައްޓައި ދިފާއީ ބާރު ވަރުގަދަ ކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ. "ޗައިނާގެ ނުފޫޒު ގަދަކުރުމުގެ އަމާޒުތަކާ ކުރިމަތިލާއިރު، ތައިވާނުގެ ރައްޔިތުން އަމިއްލަ ނަފްސު ދިފާއުކުރުމުގެ އަޒުމް ހުރި މިންވަރު މުޅި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ބަލަމުން،" ލައި ވިދާޅުވިއެވެ.

ތައިވާނަކީ އަމިއްލަ ވެރިކަމެއް، އަސްކަރިއްޔާ އެއް، ޕާސްޕޯޓެއް އަދި ފައިސާއެއް އޮންނަ ތަނެއް ކަމުގައި ވިޔަސް، ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ތައިވާން ބަލައިގަންނަނީ އެންމެ 11 ގައުމަކާއި ވެޓިކަން ސިޓީންނެވެ. ޗައިނާއިން ބާރުއަޅަނީ ބައިނަލްއަގުވާމީ ގައުމުތަކުން ތައިވާނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައި ނުގަތުމަށެވެ.

އެމެރިކާ އިން ތައިވާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިނުގަތް ކަމުގައި ވިޔަސް، 1979 ވަނަ އަހަރުގެ "ތައިވާން ރިލޭޝަންސް އެކްޓް" ގެ ދަށުން ތައިވާނުގެ ދިފާއަށް އެހީތެރިވުމަށް އެގައުމުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، ޗައިނާއިން ތައިވާނަށް ހަމަލާދީފި ހާލަތެއްގައި އެމެރިކާގެ އަސްކަރިއްޔާއިން ސީދާ އެ ހަނގުރާމައިގެ ތެރެއަށް ވަންނާކަށް ގާނޫނީ ލާޒިމުކަމެއް އެމެރިކާއަކަށް ނެތެވެ.

އާންމު ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާގޮތުގައި ތައިވާނުގެ ގިނަ ރައްޔިތުން ބޭނުންވަނީ މިހާރު އޮތް ހާލަތު (ސްޓޭޓަސް ކޯ) ބަދަލުނުވެ ދެމިއޮތުމަށެވެ. 

ޗައިނާ-ތައިވާންޝީ ޖިންގޕިންވިލިއަމް ލައި ޗިން-ތޭއަސްކަރީ ތަމްރީން

ކޮމެންޓް

އިތުރަށް ކިޔާލަން

'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދޭ އިންޒާރެއްގެ ގޮތުގައި ތައިވާން ވަށައިގެން ޗައިނާ އިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ

'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދޭ އިންޒާރެއްގެ ގޮތުގައި ތައިވާން ވަށައިގެން ޗައިނާ އިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ

29 ޑިސެމްބަރު 2025
ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި

ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި

18 ޑިސެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
ގުޅުން ގޯސްވެ، ޖަރުމަނުގެ ފޮރިން މިނިސްޓަރު ވެޑެފުލްގެ ޗައިނާ ދަތުރު ލަސް ކޮށްފި

ގުޅުން ގޯސްވެ، ޖަރުމަނުގެ ފޮރިން މިނިސްޓަރު ވެޑެފުލްގެ ޗައިނާ ދަތުރު ލަސް ކޮށްފި

27 އޮކްޓޯބަރު 2025
ޓައިވާނުގެ ސަރުކާރު އިމާރާތްތަކުގެ ނަކަލުތަކެއް ޗައިނާގެ އަސްކަރީ ބޭސްއެއްގައި!

ޓައިވާނުގެ ސަރުކާރު އިމާރާތްތަކުގެ ނަކަލުތަކެއް ޗައިނާގެ އަސްކަރީ ބޭސްއެއްގައި!

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު