Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގއ. ވިލިނގިލި

ރައީސް ޔާމީން ވިލިނގިއްޔަށް ވަޑައިގަތީ، ކައުންސިލަށް އޮޅުވާލުމަށް ފަހު: ކައުންސިލް

27 ސެޕްޓެމްބަރު 2017 | ބުދަ 14:11

ރައީސް ޔާމީން ވަޑައިގަންނަވަނީ ރަސްމީ ދަތުރެއްގައި ކަމަށް ހޯމް މިނިސްޓްރީން ބުނި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 27 ސެޕްޓެމްބަރު 2017 | ބުދަ 14:11
ވިލިނގިލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ވިލިނގިލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ގއ. ވިލިނގިއްޔަށް ވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގައި ކަމަށް ވިދާޅުވެ ކައުންސިލަށް އޮޅުވާލުމަށް ފަހު ކަމަށް ކައުންސިލުން ބުނެފި އެވެ.

ވިލިނގިލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ވިދާޅުވީ، ރައީސް ޔާމީން ވަޑައިގެންނެވުމުގެ ކުރިން ހޯމް މިނިސްޓްރީން ކައުންސިލަށް ގުޅާ، ރައީސް އަބްދުﷲ ޔާމީން އެ ރަށް ވަޑައިގަންނަވަނީ ރަސްމީ ހައިސިއްޔަތުން ކަމަށާއި، އެ މަނިކުފާނުގެ ދަތުރުފުޅުގެ ހުރިހާ ކަމެއް ކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔުމަށް އެންގި ކަމަށެވެ. އެ އެންގުމާ އެކު ވިލިނގިލީގެ ހުރިހާ ދާއިރާތަކުގެ ބޭފުޅުން އެއްކޮށް، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ހުރިހާ މަސައްކަތަކާއި، ދަތުރުފުޅުގެ ހުރިހާ މަސައްކަތެއް ބަހާލިކަމަށެވެ. މުސްތަފާ ވިދާޅުވީ އެ އިންތިޒާމްތައް ކައުންސިލުން ހަމަޖައްސާފައިވަނިކޮށް، ޖެހިގެން އައި ދުވަހު ވިލިނގިއްޔަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި ކަންތައްތައް ކުރަމުންގެންދިޔަކަން ފާހަގަކުރެވުނު ކަމަށެވެ.

Advertisement - newsAdvertisement

މުސްތަފާ ވިދާޅުވީ، ރައީސްގެ ދަތުރުފުޅާ ގުޅިގެން ޖަލްސާ ބާއްވާނެ ތަންތަނާއި، އެއްޗެހި ތައްޔާރުކުރަމުންގެންދަނިކޮށް، ރައީސް ޔާމީންގެ ޖަގަހައިން ވެސް އެކަންތައްތައް ކުރިއަށް ގެންގޮސް، އެ ފަރާތް ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރަމުންގެންދިޔަ މަންޒަރުފެނިގެންދިޔަ ކަމަށެވެ. އަދި ރައީސް ޔާމީންގެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްކަން ކައުންސިލަށް އަންގާފައި ވަނިކޮށް، ކުއްލިއަކަށް އެމަނިކުފާނުގެ ދަތުރަކީ ނުރަސްމީ ދަތުރުފުޅެއްކަން ކައުންސިލަށް އެނގުނު ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

"އެއާއެކު އަޅުގަނޑުމެންނަށް އިވިގެންދިޔައީ، ޖަލްސާ ބޭއްވުމަށް އަޅުގަނޑުމެން ހަމަޖެއްސި ތައުލީމީ މަރުކަޒުގައި ޖަލްސާ ވެސް ނުބޭއްވޭނެ ކަމާއި، ސައި ފޮދު ބާއްވަން ހަމަޖެއްސިތަނުގައި ސައި ފޮދު ވެސް ނުބޭއްވޭނެކަން" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި ރައީސް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައިކަން ރައީސްގެ ވާހަކަފުޅުން ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގެންނެވި ކަމަށެވެ. އަދި ކައުންސިލް ލައްވާ ރައީސަށް މަރުހަބާ ދެންނެވުމުގެ މަސައްކަތްތައް ހޯމް މިނިސްޓްރީކުރުވީ ކައުންސިލަށް އޮޅުވާލުމަށް ފަހުގައި ކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި ރައީސަށް މަރުހަބާ ދެންނެވުމަށް ސްކޫލް ކުންދިންނާއި، ދައުލަތުގެ މުއައްސަސާތަކުގެ ބޭފުޅުން ނެރުނީ ވެސް އޮޅުވާލައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި ދެއްކުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް ސުކޫލްގެ މަތީ ގްރޭޑްތަކުގެ ކުދިންނާއި، ޓީޗަރުން ސާކިއުލާއެއް މެދުވެރިކޮށް މަރުހަބާ ދެންނެވުމަށް ގެންދިޔަ ގެންދިޔުން އެއީ ސިވިލް ސާރވިސް ޤާނޫނާ ހިލާފަށް ކުރި ކަމެއް. އަދި ހާއްސަކޮށް ސްކޫލް ކުއްޖެއް ސިޔާސީ ޖަލްސާއެއްގައި ޤުރުއާން ކިޔެވުމަށް ގެންދިޔަ ގެންދިއުން ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރަން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ގއ. އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު ފުއާދު ވެސް ވިދާޅުވީ ވިލިނގިލި އަތޮޅު ކައުންސިލަށް ރައީސް ޔާމީން ވަޑައިގަންނަވާކަން އެނގުނީ ހޯމް މިނިސްޓްރީގެ ތިން ބޭފުޅަކު އަތޮޅު ކައުންސިލާ ބައްދަލުކޮށް އެ މައުލޫމާތު ހިއްސާކުރުމުން ކަމަށެވެ. އަދި އެ މައުލޫމާތު ވަގުތުން ކައުންސިލްތަކާ ހިއްސާކުރިކަމަށާއި، ނަމަވެސް ހޯމް މިނިސްޓްރިގެ ބޭފުޅުން ފަހުން، ރައީސް ޔާމީން ވަޑައިގަންނަވަނީ ޕީޕީއެމްގެ ކެމްޕޭން ދަތުރެއްގައި ކަމަށް ވިދާޅުވި އެވެ. ފުއާދު ވިދާޅުވީ ތިން އިންތިހާބަކުން ބަލިވެފައިވާ ބޭފުޅަކު ތަބަކަކަށްލާފައި ވިލިނިގިލި ދާއިރާގެ ގޮނޑި އަރުވާނެ ކަމަށް ބުނި ނަމަވެސް ދާއިރާގެ ރައްޔިތުން ގަބޫލުކުރާގޮތުގައި އަދިވެސް ދާއިރާގެ މެމްބަރަކީ ސައުދު ހުސެއިން ކަމަށެވެ. އަދި ސައުދު ހުސެއިންނަކީ މެމްބަރެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑަނާޅާހާ ހިނދަކު އެ ދާއިރާގެ އިންތިހާބެއް ބޭއްވުމަށް ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

"އަޅުގަނޑުމެންނަށް ޝެޑިއުލް ލިބުނުއިރު ހަމައެކަނި ރަސްމީ ކަމެއްގެ ގޮތުން ކުރެއްވުމަށް ހަމަޖެހިފައި އޮތީ ވިލިނގިލީ މިސްކިތެއް ހުޅުވުން އެކަނި،" އަތޮޅު ކައުންސިލްގެ މެމްބަރު ފުއާދު ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ބުނީ، ރައީސް ޔާމީން ވަޑައިގަންނަވާތީ ފުލުހުން މެދުވެރިކޮށް އެކިގޮތްގޮތުން އެ ފަރާތްތަކަށް ބިރުދެއްކި ކަމަށެވެ. އަދި ޖަގަހަ ބަންދުކުރުމަށް ވެސް އެންގި ކަމަށާއި، އެކަމުގައި ކޯޓު އަމުރެއް ވެސް ފުލުހުން ބޭނުންކޮށްފައިނުވާ ކަމަށެވެ. އަދި ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް ތަފާތުކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަގުމަތީގައި ދެމި ފޮތިތަކާއި ބެނާތައް ނެގީ ވެސް ފުލުހުން ނޫން ކަމަށާއި ރައީސް ޔާމީންގެ ސަޕޯޓަރުން ކަމަށް ކައުންސިލުން ބުންޏެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް