Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިންސީ ގޯނާގެ މައްސަލަ

ދަރިއަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ ވަނަވަރު ހާމަކޮށްފި

އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ލ. ފޮނަދޫ، ޗިޅިޔާގެ، ޝަކީބް ޔޫސުފް (49އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފި. އުމުރުން 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ފަށާފައިވާއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހާފަ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ވެސް ދަނީ އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން.

މަޚްތޫމް
މަޚްތޫމް | 10 ޖޫން 2026 | ބުދަ 11:33
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްގެން ގެންދަނީ - ފައިލް

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްގެން ގެންދަނީ - ފައިލް | ޕޮލިސް

އަންހެން ދަރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުސް އޮފިސަރުގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. 

އެ ފުލުސް އޮފިސަރަކީ ލ.ފޮނަދޫ، ޗިޅިޔާގެ، ޝަކީބް ޔޫސުފް (49 އަހަރު) ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

Advertisement - newsAdvertisement

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ 2026 ޖޫން 1 ވަނަ ދުވަހު އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ފުލުހެއްގެ މައްޗަށެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށްގެންދާއިރު، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ބަލަމުންނެވެ.

މި މައްސަލައިގެ ތުހުމަތުގައި ޝަކީބް ޔޫސުފް ހައްޔަރުކޮށްފައިވަނީ 2026 ޖޫން 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރި އެ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއިން އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ ވަނީ އޭނާއަށް ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމަށް އޭނާ ގެ ގާތް ބައެއް މީހުންގެ ގާތުގައި ބުނެފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައެވެ.

ޝަކީބް ޔޫސުފްދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންޕްރޮފެޝަނަލް ސްޓޭންޑް ކޮމާންޑް

އިތުރަށް ކިޔާލަން

07 ޖޫން 2026

ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް އައްޔަންކުރައްވައިފި

07 ޖޫން 2026
ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް  އައްޔަންކުރައްވައިފި
06 ޖޫން 2026

ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!

06 ޖޫން 2026
ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!
03 ޖޫން 2026

ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރި ގޮތް ގޯސް، ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު

03 ޖޫން 2026
ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރި ގޮތް ގޯސް، ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު
02 ޖޫން 2026

14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!

02 ޖޫން 2026
14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!
01 ޖޫން 2026

ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

01 ޖޫން 2026
ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު