Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން

ކިތަންމެ ރުޅިއަޔަސް ރައީސް ޔާމީން ހަމަ މޮޅީއެވެ؟

ބޭނުންވާ ކަންކަން ހާސިލްކުރެއްވުމަށް ބޭނުންކުރަންވީ ހަތިޔާރު ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2017 | ބުދަ 11:13
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ހެޓިލަރާ މެދު ބައެއް މީހުން ބުނެ އުޅޭ ވާހަކައެއް އޮވެއެވެ. އެއީ ބާރުތައް އޭނާގެ މުށުތެރެއަށް ލުމަށް ކުރި މަސައްކަތަކީ މޮޅު މަސައްކަތެއް ކަމެވެ. ނުބައިކަމުގައި އޭނާ އަށް ވުރެ ވަކި މޮޅު މީހެއް ދައްކަބަލާށެވެ. ދުނިޔޭގެ މަޝްހޫރު ބޮޑެތި ބޭންކްތަކުން ކޮށްފައިވާ މޮޅެތި ވައްކަންތަކަށް ބަލާށެވެ. އެކަމާ ބެހޭ ގޮތުން އުފައްދާފައިވާ ފިލްމްތަކަށް ބަލާށެވެ. "އިޓާލިއަން ޖޮބް" އާއި "އޯޝަންސް އިލެވެން" ސީރީސް ފަދަ ފިލްމްތަކުގައި ކޮށްފައިވާ ވައްކަންތައް ކޮށްފައި ވަނީ މޮޅަށެވެ. އެއީ ތައުރީފް ހައްގު އަދި ޝައުގުވެރި ކަންތައްތަކެކެވެ. އެފަދަ ވައްކަންތައް ކުރާ އަދި އެފަދަ ނުބައި ކަންކަން ކުރާ މީހުންނަކީ އެ މީހުންގެ ރޮނގުގައި އަރާ ތިބި ބައެކެވެ. އެއީ ނުބައި ބައެއްގެ ގޮތުގައި ސިފަކުރިޔަސް އެވަރުގެ ބޮޑެތި ކަންކަން ކުރެވޭނީ ވަރަށް ރޭވުންތެރި ހުނަރުން ފުރިގެންވާ މީހުންނަށެވެ.

އެއްވެސް ހާލެއްގައި މިއުޅެނީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނަކީ އެފަދަ ފަރާތްތަކާ އެއްފަދަ ކުރާކަށް ނޫނެވެ. އަދި ރައީސް ޔާމީނަކީ އެފަދަ ނުބައި މީހެކޭ ވެސް ބުނަނީކީ ނޫނެވެ. އަދި އެފަދަ ކަންކަން ކުރުމަކީ ރަނގަޅު ކަމެކޭ ވެސް ބުނަނީކީ ނޫނެވެ. ނަމަވެސް މި ފާއިތުވި ހަތަރުވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ވައްކަންތަކާއި ސަރުކާރުގެ ތެރެއިން ހިނގައިދިޔަ ބޮޑެތި ކޮރަޕްޝަންގެ ކަންތައްތައް އެއީ އާދައިގެ ބަޔަކަށް ފަސޭހައިން ކުރެވޭނެ ކަންކަމެއް ނޫނެވެ.

ރައީސް ޔާމީނާ މެދު އިދިކޮޅު ފަރާތްތަކުން ކޮންމެ ގޮތަކަށް ގަބޫލުކުރިއެއް ކަމަކު އަޅުގަނޑުގެ ނަޒަރުގައި އެއީ މޮޅު މޭސްތިރިއެކެވެ. އެމަނިކުފާނު ހާސިލްކުރައްވަން ބޭނުންފުޅުވާ ކަންކަން ހާސިލްކުރެއްވުމަށްޓަކައި އެކަމަށް ބޭނުންކުރާނެ ހަތިޔާރު އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެ ގޮތުން އެތައް ބައެއްގެ ތެރެއިން ސީދާ އެކަމަށް އެންމެ އެކަށީގެންވަނީ ކާކުކަން ދެނެގަތުމަށް ރައީސް ޔާމީނަކީ ވަރަށް ގާބިލް ބޭފުޅެކެވެ. އަދި އެކަމެއް ހާސިލްވުމުން އެ މީހަކު "ޓާމިނޭޓް" ކޮށްލުމަކީ ވެސް އެމަނިކުފާނުގެ ހާއްސަ ސިފައެކެވެ.

އާދައިގެ މީހެއްގެ ގޮތުގައި ހުއްޓައި ހުނިޖަހާލާފއި އަހްމަދު އަދީބު ނަގައި ނައިބު ރައީސްކަމަށް ގެންނެވި ގޮތަކީ ވެސް ހަމަ އަޖައިބެއް ކަހަލަ ކަމެކެވެ. ތަފްސީލްތަކަށް ނުދިޔަޔަސް އެކަންކަން ވެގެންދިޔަ ގޮތާއި އެކަންކަން ހާސިލްވުމުން އަދީބަށް ވެގެން ދިޔަ ގޮތަކީ އިބުރަތެކެވެ. އެމްއެމްޕީއާރުސީން އެތައް މިލިއަން ޑޮލަރެއް ވަގަށް ނަގައި ބަޔަކު ބޭނުންކުރަމުން ދިޔަ އިރު ވެސް ރައީސް ޔާމީންގެ ބާރުތަކަށް ކުޑަވެސް ގުޑުމެއް ނާރާނޭހެން ކަންކަން ރޭއްވެވީ ހަމަ އަސްލަށް ވެސް އެކަމުގައި އެމަނިކުފާނު ވަރުގެ ދެވަނަ މީހަކު ނެތް ފަދައިންނެވެ. އެކަންކަމުގައި އެ އުޅުއްވި ބޭފުޅުންނަކީ ވެސް އެމަނިކުފާނު ހޮއްވަވާފައިވާ ބޭފުޅުންނެވެ. އެފަދަ ފަރާތްތައް އެމަނިކުފާނު އެ ހޯއްދަވަނީ ކިހިނެއް ހެއްޔެވެ؟ އެއީ ހަމަ އަސްލަށް ވެސް ރައީސް ޔާމީނުގެ ވިސްނުންފުޅު ތޫނުކަމުގެ ހެއްކެކެވެ.

އޭގެ ކުރިން ރައްޔިތުންގެ ކުރިމަތީގައި މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ހޯއްދެވި ކާމިޔާބީތަކާ އެކު ވެސް ސަރުކާރު ދެމެހެއްޓުމުގެ މޭސްތިރިއަކަށް އެމަނިކުފާނު ބޭނުންކުރެއްވި ހަމަ ރައީސް ޔާމީނު ވިސްނުންފުޅު ތޫނުކަމުންނެވެ. ވަގުތު ޖެހުމުން ނާޒިމް އަށް ވެގެން ދިޔަ ގޮތް ވެސް ތާރީހްގައި އެވަނީ ބިންވަޅު ނެގިފައެވެ.

ގާނޫނުއަސާސީ އަށް ބަދަލުގެނައުމަށް އިދިކޮޅު ފަރާތްތައް ގޯނިފުލަށް ލީގޮތް ވެސް އެއީ ހަމަ އަޖައިބުކުރުވަނިވި ކަންތައްތަކެކެވެ. އިދިކޮޅު ފަރާތްތަކުގެ ބަލިފައި ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިނިވަންކަން ބޭނުންކުރައްވައިގެން އިދިކޮޅު ފަރާތްތައް ކުޑަކަކޫ މައްޗަށް ތިރިކޮށް ގާނޫނުއަސާސީ އަށް ބަދަލު ގެންނަ ވަރަށް މަޖިލީހުގެ ތެރެއިން ވޯޓު ހަމަކުރި ގޮތަކީ ފަހުގެ ތާރީހުގައި ދަރިވަރުންނަށް ކިޔައިދިނުމަށް ޓެކްސްޓް ފޮތްތަކުގައި ވެސް ހިމަނަންޖެހޭ ފަދަ ކަންކަމެވެ.

މި ލިސްޓް ވަރަށް ދިގެވެ. ބޭނުންކަމެއް ހާސިލްކުރެއްވުމަށްޓަކައި ރައީސް ޔާމީން ގެންގުޅުއްވާ އުކުޅުތައް މިހާތަނަށް 100 ޕަސެންޓް ކާމިޔާބެވެ. ބައެއްގެ ނުރުހުމާއި މަލާމާތާއި ފާޑުކިޔުންތައް ކިތަންމެ ވަރަކަށް އަމާޒުވިޔަސް އެމަނިކުފާނު ގޮތުގައި އެ ހުންނަވަނީ ހަގީގަތުގައި ވެސް ހަމަ މޮޅުވީމެވެ. މިވެނި ކަމެއް ކުރަން އެންމެ ރަނގަޅު މީހަކީ ނުވަތަ އެންމެ ރަނގަޅު ޕަޕެޓަކީ ކޮބައިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވައެވެ. ތައުލީމާއި ތަމްރީނާއި ކިތަންމެ ވަރަކަށް ހާސިލްކޮށްގެން ތިއްބަސް ސީދާ އެމަނިކުފާނު ވިދާޅުވި ގޮތަށް، ކުރައްވާ ކޮންމެ އިޝާރާތަކަށް ޕަޕެޓުތަކެއްގޮަތަށް ހަރަކާތްތެރިވާނެ ވަޒީރުން އެމަނިކުފާނު އެ ހޯއްދަވަނީ ހަމަ އެކަމަށް މޮޅުވީމައެވެ. މީހުން ދެނެގަތުމުގައި އަޖައިބެއް ފަދަ ހުނަރެއް ލިބިވަޑައިގެންފައި ވީމައެވެ. ވަޒީރުންނާއި ކޮމިޝަންތަކާއި ކުންފުނިތަކުގެ ވެރިންނަށް ބަލާލުމުން އެކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އިދިކޮޅު މީހުން ކިތަންމެ ފާޑެއް ކިޔެއް ކަމަކު ހަގީގަތުގައި ވެސް ރައީސް ޔާމީނަކީ މީހުން ދެނެގަތުމުގައި މޮޅު އެކްސްޕާޓެކެވެ. އަރާހުންނެވި ބޭފުޅެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު