Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު ބަންދުކުރީ ފަނިފަކުސާގެ މައްސަލަ ބޮޑުވެ، ޚިދުމަތް ހޯދި ކުދީންތަކަކަށް ސިއްހީ ގޮތުން މައްސަލަތަކެއް ކުރިމަތިވެގެން!

މާލެ ސަރަހައްދުގައި ގާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުގައި ފަނިފަކުސާގެ މައްސަލަ ބޮޑުވެ، ޚިދުމަތް ހޯދި ކުދީންނާއި މުވައްޒަފުންނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވުމާ ގުޅިގެން އެތަން ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައި. މި މައްސަލަ ހައްލުކުރުމަށް އެ ސެންޓަރުން ދެމުންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާއިރު، ވެކްސިންގެ ޚިދުމަތް މިހާރު ލިބޭނީ ދަމަނަވެށިން. މިދިޔަ ނޮވެންބަރު މަހު ހުޅުވި މިސެންޓަރަކީ އާންމު ބަލިތަކަށް ފަރުވާދިނުމާއި، ކުޑަކުދިންގެ ސިއްހަތާއި ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ޚިދުމަތްތަކެއް ދިނުމަށް ގާއިމުކުރި ތަނެއް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2026 | ބުދަ 08:33
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު މިދިޔަ ހޯމަ ދުވަހު ވަނީ ދެ ދުވަހަށް ބަންދުކޮށްފައި.

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު މިދިޔަ ހޯމަ ދުވަހު ވަނީ ދެ ދުވަހަށް ބަންދުކޮށްފައި. | ރާއްޖެއެމްވީ

އާއްމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ގާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު (ޔޫ.ޕީ.އެޗް.ސީ) ދެ ދުވަހަށް ބަންދުކުރީ ފަނިފަކުސާގެ މައްސަލަ ބޮޑުވެ، ޚިދުމަތް ހޯދި ކުދީންތަކަކަށް ސިއްހީ ގޮތުން މައްސަލަތަކެއް ކުރިމަތިވެގެންކަން އެނގިއްޖެ އެވެ. 

މިދިޔަ ހޯމަ ދުވަހު އެ ސެންޓަރު ހިންގަމުންދާ އައިޖީއެމްއެޗުން ބުނީ، މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި ޔޫ.ޕީ.އެޗް.ސީ 22 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި އެ ސެންޓަރުން ދެމުން ގެންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އައިޖީއެމްއެޗްގެ ޖީ.އޯ.ޕީ.ޑީ އަށް ބަދަލު ކޮށްފައިވާ ކަަމަށެވެ. އަދި ވެކްސިން ޖެހުމުގެ ޚިދުމަތް ދަމަނަވެށިން ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. 

Advertisement - newsAdvertisement

ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫ.ޕީ.އެޗް.ސީ ބަންދުކުރީ ފަނިތަކެއް އެސެންޓަރުގައި އަޅައި، އެތަނުގައި ޚިދުމަތް ދިނުމަށް ދަތިވެގެންނެވެ. އަދި ކުޑަކުދީންގެ ގައިގައި ފަނި ޖެހި، ފިއްނަގައި، ސިއްހީ ގޮތުން މައްސަލަތަކެއް ކުރިމަތިވި ކަމަށް މައުލޫމާތު ލިބެ އެވެ. 

މީގެ އިތުރުން އެސެންޓަރު ހުޅުވުމުގެ ކުރިން ވެސް ފަންގަސް ޖަހައި ފަނިފަކުސާގެ މައްސަލަ ވަރަށް ބޮޑަށް ހުރިކަން އައިޖީއެމްއެޗަށް އެނގޭ ކަމަށާއި، ނަމަވެސް އެތަން އަވަސް އަރުވާލާފައި ހުޅުވީ ހައްލެއް ނުހޯދާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ފަހުން ވެސް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ނުކުރާ ކަމަށާއި، ބަންދުކުރީ ކުދީންތަކެއްގެ އިތުރުން މުވައްޒަފުންނަށް ވެސް ގެއްލުންވެ އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

މިސެންޓަރު ރައީސް ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވީ ބޮޑު ރަސްމިއްޔާތެއްގައި 19 ނޮވެންބަރު 2025 ގަ އެވެ. 

މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ.

އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެ އެވެ.

އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެ އެވެ. ހަމައެއާއެކު ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެ އެވެ.

އައިޖީއެމްއެޗްއަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓް މުގުރު ބޭނުން ކުރުމުން މުޒާހަރާގެ ބައިވެރިއެއް ފިޓްޖެހުނު ކަމަށް އެމްޑީޕީން ބުނި ނަމަވެސް ބާރުގެ ބޭނުން ނުކުރާ ކަމަށް ފުލުހުން ބުނެފި

ކަރަންޓް މުގުރު ބޭނުން ކުރުމުން މުޒާހަރާގެ ބައިވެރިއެއް ފިޓްޖެހުނު ކަމަށް އެމްޑީޕީން ބުނި ނަމަވެސް ބާރުގެ ބޭނުން ނުކުރާ ކަމަށް ފުލުހުން ބުނެފި

22 އެޕްރީލު 2026
އެމްޑީޕީ ކުއްލި ހަރަކާތް: ފުލުހުންގެ ކަރަންޓް މުގުރުން ބައިވެރިއެއް ގައިގައި ޖެހުމުން ފިޓް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެނީ

އެމްޑީޕީ ކުއްލި ހަރަކާތް: ފުލުހުންގެ ކަރަންޓް މުގުރުން ބައިވެރިއެއް ގައިގައި ޖެހުމުން ފިޓް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެނީ

21 އެޕްރީލު 2026
މިސްކިތަށް ވަދެ މުދަލަށް ގެއްލުން ދިން މީހާ ބަންދު ކުރުން: އެނާ ބުނީ މި އަމަލު މީގެ ކުރިން ވެސް ކުރި ކަމަށާއި، އެކަމާއި ދެރަ ނުވާ ކަމަށް

މިސްކިތަށް ވަދެ މުދަލަށް ގެއްލުން ދިން މީހާ ބަންދު ކުރުން: އެނާ ބުނީ މި އަމަލު މީގެ ކުރިން ވެސް ކުރި ކަމަށާއި، އެކަމާއި ދެރަ ނުވާ ކަމަށް

17 އެޕްރީލު 2026
ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި ނަވްޝާދުގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން، އަދިވެސް އާއިލާއަށް ވާނުވާ ނާންގާ

ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި ނަވްޝާދުގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން، އަދިވެސް އާއިލާއަށް ވާނުވާ ނާންގާ

15 އެޕްރީލު 2026
ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

13 އެޕްރީލު 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު