Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޭވަށު ކައުންސިލް އިންތިޚާބުގެ ނަތީޖާ

ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް

13 މެއި 2026 | ބުދަ 13:28

ވޭވަށު ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު 3 ވޯޓެއް ބާތިލުކުރުމަށް ހައިކޯޓުން ނިންމުމާ ގުޅިގެން، އެ ދާއިރާގެ ނަތީޖާ އަލުން އިއުލާނުކުރަން އިލެކްޝަންސް ކޮމިޝަނަށް އަންގައިފި. މި ވޯޓުތައް ބާތިލުކުރަން ނިންމީ ކަރުދާހުގައި ހުރި ތިކިތަކެއްގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށް ބުނެ ޕީއެންސީގެ ކެންޑިޑޭޓު ހުށަހެޅި މައްސަލައަކާ ގުޅިގެން. މި ނިންމުމާއެކު ނަތީޖާއަށް އަންނަ ބަދަލުން އެ ގޮނޑި ކާމިޔާބު ކުރާނީ ޕީއެންސީގެ ކެންޑިޑޭޓް.

މަޚްތޫމް
މަޚްތޫމް | 13 މެއި 2026 | ބުދަ 13:28
ވޭވަށު ކައުންސިލު އިންތިޚާބާ ގުޅިގެން ކުރިއަށްދިޔަ އަޑުއެހުން

ވޭވަށު ކައުންސިލު އިންތިޚާބާ ގުޅިގެން ކުރިއަށްދިޔަ އަޑުއެހުން | ރާއްޖެ އެމްވީ

ވޭވަށު ކައުންސިލު މެމްބަރަކު ހޮވުމަށް ނެގުނު ވޯޓުގެ ނަތީޖާ އަލުން އިއުލާނު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަންގައިފި އެވެ.

މި މައްސަލައަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށުގައި ބެހެއްޓުނު ފޮށީގެ ނަތީޖާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައެކެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތުންނެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

Advertisement - newsAdvertisement

އެހެންކަމުން މި މައްސަލައިގައި އެމްޑީޕީގެ މަސްލަހަތު ހިމެނޭތީ އެ ޕާޓީން ވަނީ މި މައްސަލައަށް ތަދައްޚުލުވެސް ވެފަ އެވެ. އަދި މި މައްސަލައިގައި ތަދައްޚުލުވި އެމްޑީޕީން އެދިފައިވަނީ އީސީން އިއުލާނުކޮށްފައިވާ ނަތިޖާއަކީ ދާއިމީ ނަތީޖާކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލަ ދިމާވެގެން އުޅޭ ވޯޓުފޮށި ގުނިއިރުވެސް އެމްޑީޕީގެ ކެންޑިޑޭޓު 2 ވޯޓުގެ ފަރަޤަކުން ވަނީ އިންތިޚާބު ކާމިޔާބުކޮށްފަ އެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓު ޝަކުވާ ހުށަހަޅައިގެން ވޯޓު އަލުން ގުނުމުންވެސް އެމްޑީޕީގެ ކެންޑިޑޭޓު ވަނީ 2 ވޯޓުން އިންތިޚާބު ކާމިޔާބު ކޮށްފަ އެވެ.

މި މައްސަލައިގައި ހިލާފު އުފެދިފައިވަނީ ބާތިލު ވޯޓު ކަނޑައެޅުމުގައިކަމަށްވާއިރު، އީސީން އަލުން ވޯޓު ގުނި މާލަމުގައި އެ ވޯޓުތައް ސައްޙަކަމަށް ކަނޑައަޅާފައިވަނީ ކިހިނެއްކަން ސާފުކޮށް ކިޔާދީފައިވެ އެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަވެފައި ހުރީ ކުރެހުމެއް ނޫނެވެ. އެއީ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި ދެލި ފޭދިފައިވާ ކަރުދާސްކަމަށްވާތީ އީސީން ވަނީ އެ ކަރުދާސްތައް ސައްޙަކަމަށް ބަލައިގެންފައެވެ. އެއީ 3 ކަރުދާހެކެވެ.

އީސީން އެގޮތަށް ނިންމީ ވޯޓު ލުމަށް ބޭއްވިފައި އޮތީ ނޫކުލައިގެ ގަލަމަކަށްވެފައި، އެ ތިކިތައް ހުރީ ކަޅުކުލައިންކަމަށް ވުމާއި، އެ ތިކިތައް ގަލަމެއްގެ ތުނޑަށްވުރެ ކުޑަވުމުގެ ސަބަބުންނެވެ.

މައްސަލަ ހައިކޯޓުގައި ކުރިއަށްދިޔައިރު ނޮވެލްޓީން ދިން ޖަވާބުގައި ބުނެފައިވަނީ ކަރުދާސް ޕްރިންޓު ކުރުމުގެ ތެރޭގައި އެގޮތަށް ކުޑަ ތިއްކެއް ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ޝަނީޒު ވިދާޅުވީ، ވޯޓު ކަރުދާހެއްގައި ފާހަގައެއް ނުވަތަ ނިޝާނެއް އޮވެގެން ނުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، ވަކި ނިޝާނެއް ހުރުމަކީ ވޯޓުގެ ސިއްރުކަންވެސް ގެއްލޭނެ ކަމެއް ކަމަށެވެ. އަދި ވަކިވަކިން ކަރުދާސްތައް ޗެކްކޮށް، އެފަދަ ނިޝާނެއް ނެތްކަން ކަށަވަރު ކުރުމަކީ އީސީގެ ޒިންމާއެއްކަން ޝަރީއަތުން ފާހަގަކުރި އެވެ.

އެއީ ޕްރިންޓު ކުރުމުގައި ދިމާވި ކަމެއްނަމަވެސް، އޭގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭނަމަ އެއީ ސައްޙަ ވޯޓުކަމަށް ބަލައިގަނެވިގެން ނުވާނެކަންވެސް ޝަރީއަތުން ފާހަގަކުރި އެވެ. އެހެންވެ ފަނޑިޔާރު ނިންމެވީ އެމްޑީޕީއަށް ލިބިފައިވާ 3 ވޯޓު ބާތިލު ކުރުމަށެވެ.

އެ ނިންމުމަށް ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ތާއީދު ކުރެއްވި އެވެ. އޭނާއަކީ ޕީއެންސީ ޓިކެޓުގައި ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅެކެވެ.

އެހެންކަމުން މި ނިންމުމާއެކު ނަތީޖާ އަލުން ގުނުމުން ޕީއެންސީ ކެންޑިޑޭޓު ވޯޓުން ކުރިހޯދާނެ އެވެ. ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ, ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް އެވެ.

ވޭވަށްދިވެހިރާއްޖޭގެ ހައިކޯޓުޕީއެންސީއެމްޑީޕީމުޙައްމަދު ޝަނީޒްއަބްދުއްރައޫފް އިބްރާހިމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 މެއި 2026

ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!

13 މެއި 2026
ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!
13 މެއި 2026

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި

13 މެއި 2026
ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި
13 މެއި 2026

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި

13 މެއި 2026
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި
12 މެއި 2026

ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި

12 މެއި 2026
ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި
12 މެއި 2026

އިންތިޚާބުގެ ނަތީޖާއަކަށް ނުބަލާނަން، ދެމިހުންނާނީ އެމްޑީޕީގައި: މީކާއިލް

12 މެއި 2026
އިންތިޚާބުގެ ނަތީޖާއަކަށް ނުބަލާނަން، ދެމިހުންނާނީ އެމްޑީޕީގައި: މީކާއިލް
12 މެއި 2026

އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

12 މެއި 2026
އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް
11 މެއި 2026

އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

11 މެއި 2026
އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް
11 މެއި 2026

މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ

11 މެއި 2026
މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ
11 މެއި 2026

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަންގައިފި

11 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަންގައިފި
10 މެއި 2026

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި

10 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް