Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހިޓްލަރުގެ ގެ

ހިޓްލަރުގެ ގެ ފުލުހުންގެ އިންސާނީ ހައްގުތަކާ ބެހޭ ތަމްރީނުތަކަށް ބޭނުން ކުރަން ނިންމައިފި

މި ގެ ހުންނަނީ ޖަރުމަނު ބޯޑަރު ކައިރީގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 މެއި 2023 | ބުދަ 02:12
އެޑޮލްފް ހިޓްލަރުގެ ގެ

އެޑޮލްފް ހިޓްލަރުގެ ގެ

އޮސްޓްރިއާގައި ހުންނަ އެޑޮލްފް ހިޓްލަރުގެ ގެއެއް ފުލުހުންގެ އިންސާނީ ހައްގުތަކާ ބެހޭ ތަމްރީނުތަކަށް ބޭނުން ކުރުމަށް ނިންމައިފިއެވެ.

ޖަރުމަނު ބޯޑަރު ކައިރީގައި އޮންނަ ބްރައުނައުއަމް އިންގައި ހުންނަ އެ އިމާރާތް ސަރުކާރުން ގަތީ ގިނަ ދުވަސްތަކެއް ވަންދެން އުފެދުނު މައްސަލަތަކަކަށް ފަހު 2016 ވަނަ އަހަރު ކޮމްޕަލްސަރީ ޕާޗޭސް އަމުރެއްގެ ދަށުންނެވެ.

އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް މިވަނީ ބެލެވިފައެވެ. އޮސްޓްރިއާގެ ބައެއް މީހުން ބޭނުންވަނީ އެ ގެ ތަޅާލުމަށެވެ. އަދި އަނެއް ބަޔަކު ބުނަނީ އެ ގެ އަކީ ސުލްހަވެރިކަމުގެ ގެއެއްގެ ގޮތުގައި ނުވަތަ ޗެރިޓީއެއްގެ ތަނެއްގެ ގޮތުގައި ބޭނުން ކުރަން ޖެހޭ ތަނެއް ކަމަށެވެ.

ހިޓްލަރު އުފަންވީ 1889 ވަނަ އަހަރު އޮސްޓްރިއާގައެެވެ. ހިޓްލަރު އުފަންވި ގޭގައި އޭނާ ހޭދަކުރީ އެންމެ ތިން އަހަރު ކަމަށްވީ ނަމަވެސް، އޭނާގެ ނާޒީ ފިކުރަށް ތާއިދު ކުރާ މީހުން އަދިވެސް އޭނާއަށް އިހުތިރާމު ކުރުމުގެ ގޮތުން އެ ގެ ކައިރިއަށް އެއްވެއެވެ.

ޖަރުމަނުގައި 1933އިން 1945އަށް އޮތް ހިޓްލަރުގެ އަނިޔާވެރި ވެރިކަމުގައި އޭނާ ޕޮލެންޑަށް އެރުން ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ސަބަބަކަށްވި އެވެ. އެހަނގުރާމައިގައި 85 މިލިއަނާ ގާތްކުރާ ވަރުގެ އަދަދަކަށް މީހުން މަރުވި ކަމަށް ބެލެވެ އެވެ.

އޮސްޓްރިއާ

އިތުރަށް ކިޔާލަން

04 ޖުލައި 2024

ނަތީޖާ ޤަބޫލު ކުރަން ރަންގްނިކް އަށް އުނދަގޫވެފައި!

04 ޖުލައި 2024
ނަތީޖާ ޤަބޫލު ކުރަން ރަންގްނިކް އަށް އުނދަގޫވެފައި!
03 ޖުލައި 2024

އޮސްޓްރިއާ ކަޓުވާލައި، ތުރުކީ ކުއާޓާ ފައިނަލަށް

03 ޖުލައި 2024
އޮސްޓްރިއާ ކަޓުވާލައި، ތުރުކީ ކުއާޓާ ފައިނަލަށް
23 ނޮވެމްބަރު 2023

އޮސްޓްރިއާ އަތުން ވެސް ޖަރުމަނަށް ލަދުވެތި ބައްޔެއް!

23 ނޮވެމްބަރު 2023
އޮސްޓްރިއާ އަތުން ވެސް ޖަރުމަނަށް ލަދުވެތި ބައްޔެއް!
22 ނޮވެމްބަރު 2021

ކޮވިޑްގެ އައު ސަރޖާއެކު އޮސްޓްރިއާ ހަތަރު ވަނަ ލޮކްޑައުންއަކަށް

22 ނޮވެމްބަރު 2021
ކޮވިޑްގެ އައު ސަރޖާއެކު އޮސްޓްރިއާ ހަތަރު ވަނަ ލޮކްޑައުންއަކަށް
06 ނޮވެމްބަރު 2021

އޮސްޓްރިއާގައި ކޮވިޑް ކޭސްތައް އިތުރުވަމުންދިޔުމާއެކު ވެކްސިން ނުޖަހާ މީހުން ރެސްޓޯރެންޓްތަކަށް ވަނުން މަނާކޮށްފި

06 ނޮވެމްބަރު 2021
އޮސްޓްރިއާގައި ކޮވިޑް ކޭސްތައް އިތުރުވަމުންދިޔުމާއެކު ވެކްސިން ނުޖަހާ މީހުން ރެސްޓޯރެންޓްތަކަށް ވަނުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު