Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

އޮސްޓްރިއާ ކަޓުވާލައި، ތުރުކީ ކުއާޓާ ފައިނަލަށް

އެންމެ ފަހުން ތުރުކީން މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅުނީ 2008 ވަނަ އަހަރު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖުލައި 2024 | ބުދަ 04:27
މެޗުގައި ލަނޑު ޖެހުމަށްފަހު ތުރުކީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ތުރުކީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި އޮސްޓްރިއާގެ މައްޗަށް ކުރި ހޯދައި، ތުރުކީން މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު، އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗު ތުރުކީން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ތުރުކީން ލަނޑު ޖަހައި ލީޑު ނެގިއިރު، ދެ ވަނަ ހާާފުގައި ވަނީ ލީޑު ފުޅާ ކޮށްފަ އެވެ. އޮސްޓްރިއާ އިން ވެސް ވަނީ ދެ ވަނަ ހާފުގައި ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ މިނެޓުގައި ތުރުކީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އޮސްޓްރިއާގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގައި ލިބުނު ބޯޅަ ގޯލަށް ފޮނުވާލައިގެން މެރީހް ޑެމިރާލް ޖެހި ލަނޑަކީ، ޔޫރޯގެ ނޮކް އައުޓް ބުރުގެ މެޗެއްގައި ޖެހި އެންމެ އަވަސް ލަނޑެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ތުރުކީން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. މެޗުގެ 59 ވަނަ މިނެޓުގައި ތުރުކީގެ އާޑާ ގުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެ ވަނަ ލަނޑު ޖެހީ ވެސް، ޑެމިރާލް އެވެ. އޭގެ ފަހުން 66 ވަނަ މިނެޓުގައި އޮސްޓްރިއާ އިން ލަނޑެއް ޖަހައި އުންމީދެއް ހޯދި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މައިކަލް ގްރެގޮރިޓްޒް އެވެ. އޭނާ އެ ލަނޑު ޖެހީ ސްޓެފަން ޕޮޝް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އޮސްޓްރިއާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ.

ތުރުކީން މުބާރާތުގެ ކުއާޓާ ފައިނަލްގައި ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. އެންމެ ފަހުން ތުރުކީން މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅުނީ 2008 ވަނަ އަހަރު އެވެ. އެ އަހަރު ތުރުކީން ވަނީ ކުއާޓާ ފައިނަލް މެޗު ކާމިޔާބުކޮށް، ސެމީ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ. ނަަމަވެސް ސެމީ ފައިނަލުން ބަލިވެ ވަނީ ކަޓައިފަ އެވެ.

ޔޫރޯ 2024 (ޖަރުމަނު)އޮސްޓްރިއާތުރުކީ ޤައުމީ ފުޓުބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު