Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޭމް

މެސެންޖަރ މެދުވެރިކޮށް ގުޅުން އުފައްދައިގެން ސްކޭމް ހިންގި މޫސާ އިތުރު 10 މީހަކު ސްކޭމްގައި ޖައްސައި ފައިސާ ހޯދި

ފޭސްބުކް މެސެންޖަރާއި ވައިބަރ މެދުވެރިކޮށް ލިންކު ފޮނުވައިގެން މީހެއްގެ އަތުން 50,000 ރުފިޔާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދުގެ ބަންދަށް ކޯޓުން 30 ދުވަސް އިތުރުކޮށްފި. މި މައްސަލައިގެ ތަހުގީގުން އެނގުނު ގޮތުގައި އޭނާ ވަނީ އިތުރު 10 މީހެއްގެ އަތުން ވެސް މަކަރާއި ހީލަތުން ފައިސާ ހޯދައި އަމިއްލަ އެކައުންޓަށް ޖަމާކޮށްފަ. މިފަދަ ސްކޭމްތައް އިތުރުވަމުންދާތީ، ނުދަންނަ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ.

މަޚްތޫމް
މަޚްތޫމް | 19 މެއި 2026 | އަންގާރަ 14:38
ސްކޭމުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު.

ސްކޭމުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު. | ޕޮލިސް

ފޭސްބުކް މެސެންޖަރ މެދުވެރިކޮށް މީހުންނާ ގުޅުން އުފައްދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ މޫސާ މުހައްމަދުގެ އެކައުންޓަށް، އިތުރު 10 މީހެއްގެ އަތުން ވެސް ސްކޭމްގެ ތެރެއިން ފައިސާ ނަގާފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މޫސާ މުހައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފަ އެވެ.

މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މޫސާ މުހައްމަދު ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ފޭސްބުކް މެސެންޖަރ މެދުވެރިކޮށް މީހަކާ ގުޅުން އުފައްދާފަ އެވެ. އެއަށްފަހު ވައިބަރ މެދުވެރިކޮށް އޭނާ ވަނީ އެ މީހާއަށް ލިންކެއް ފޮނުވާފަ އެވެ. އެ ލިންކަށް ފިތާލުމާއެކު އެ މީހާގެ ފޯނު ރީސެޓުވެ، ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ވަނީ ކެނޑިފައެވެ. ފުލުހުން ބުނި ގޮތުގައި އެ ފައިސާ ޖަމާވެފައި ވަނީ ސީދާ މޫސާ މުހައްމަދުގެ ނަމުގައި ހުޅުވާފައިވާ ބެންކު އެކައުންޓަށެވެ.

މި މައްސަލައިގެ ތުހުމަތުގައި މޫސާ މުހައްމަދު ހައްޔަރުކޮށްފައި ވަނީ މެއި މަހުގެ 2 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށް ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާވަރަކަށް މި މައްސަލައިގެ ނުރައްކާތެރިކަން ބޮޑުވެ، އޭނާގެ އެކައުންޓަށް އިތުރު ބައެއްގެ ފައިސާ ޖަމާވެފައިވާކަން މިހާރު ވަނީ ފާހަގަވެފަ އެވެ.

ފުލުހުން ކޯޓުގައި ހާމަކުރި ގޮތުގައި، މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރަމައިޒްކޮށްގެން ނުވަތަ ހެކްކޮށްގެން 50,000 ރުފިޔާ ނެގި މައްސަލައިގެ އިތުރުން، ހަމަ މި ބާވަތުގެ އިތުރު 10 ހާދިސާއެއްގައި ވެސް މޫސާ މުހައްމަދުގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވެ އެވެ. އެގޮތުން އެކި މީސްމީހުންގެ އެކައުންޓުން މަކަރާއި ހީލަތުން ފައިސާ ނަގައި، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.

މިފަހަކަށް އައިސް ލިންކުތައް މެދުވެރިކޮށް ބެންކު އެކައުންޓުތަކުން ފައިސާ ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންކަމުން ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށާއި، އަމިއްލަ މައުލޫމާތާއި ބެންކިންގް ތަފްސީލުތައް ހިއްސާ ނުކުރުމަށް ފުލުހުންނާއި ބެންކުތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. މޫސާ މުހައްމަދުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މުޙައްމަދު މޫސާފޭސްބުކް މެސެންޖަރވައިބަރސައިބަރ ކްރައިމްބޭންކު އެކައުންޓު ހެކްކުރުން

އިތުރަށް ކިޔާލަން

06 މެއި 2026

ލިންކެއް މެދުވެރިކޮށް ބައިލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

06 މެއި 2026
ލިންކެއް މެދުވެރިކޮށް ބައިލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
06 ޖޫން 2025

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

06 ޖޫން 2025
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު