Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސްގެ ޝަރީޢަތް

ފާރިސްގެ ޝަރީޢަތް: ރިޝްވަތު ދިން ކަމަށް ބުނާ ދުވަހެއް ފުލުހުންނަކަށް ނުހޯދުނު!

25 ސެޕްޓެމްބަރު 2017 | ހޯމަ 11:34

ދައުވާ ސާބިތުކުރަން ނުވަ ހެއްކެއް ވަނީ ހުށަހަޅާފައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 25 ސެޕްޓެމްބަރު 2017 | ހޯމަ 11:34
ޝަރީޢަތަށް ފަހު ފާރިސް މާފުއްޓަށް ގެންދަނީ

ޝަރީޢަތަށް ފަހު ފާރިސް މާފުއްޓަށް ގެންދަނީ

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ސާބިތު ކުރުމަށް ފާރިސްއާ ދެކޮޅަށް ދައުލަތުން ނުވަ ހެއްކެއް ހުށަހަޅައިފިއެވެ.

ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) ގެ ދަށުން ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވާއިރު އެ މާއްދާގައި ބުނެފައި ވަނީ އެނގިހުރެ ދައުލަތުގެ މުވައްޒަފަކަށް މަންފާއެއް ދިނުން ނުވަތަ ދިނުމަށް ހުށަހެޅުމާއި، އެ މަންފާއަކީ ގާނޫނުގައި ހުއްދަ ކޮށްފައިނުވާ އަދި ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން ނުވަތަ ތިމާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި އޮތް އެއްޗަކަށް ވެއްޖެ ނަމަ އެކަން ކުރާ މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގެ އަޑުއެހުމުގައި މައްސަލައާ ގުޅޭ ދައުވާ އިއްވުމަށް ފަހު ދައުލަތުގެ ވަކީލް ވިދާޅުވީ ފާރިސްގެ މައްޗަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދީފައިވާތީ ކަމަށެވެ. އެގޮތުން ފާރިސް ރިޝްވަތު ދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރެވޭނީ 42 މެންބަރުން ސޮޔާއެކު ހުށަހެޅުމުން ކަމަށް މަޖިލީހުގެ ގަވައިދު ބަދަލުކުރި ފަހުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުވާ އިއްވުމުން ފާރިސް ވިދާޅުވީ، އޭނާއަށް ދައުވާ ސާފުނުވާ ކަމަށެވެ. އޭނާ ކުރި ކުށެއް ނުވަތަ ކުށަކަށް ވަނީ އޭނާގެ ކޮން އަމަލެއް ކަމެއް ދައުލަތުން ސާފުނުކޮށްދޭ ކަމަށެވެ. އަދި ރިޝްވަތު ދިން ކަމަށް ދައުލަތުން ބުނާއިރު ރިޝްވަތު ދިން ދުވަހެއް ވަގުތެއް އަދި ރިޝްވަތު ދިނީ ކޮންތަނަކު ހުރެ ކާކަށް ދައުލަތައް ބުނެދެވިފައި ނުވާ ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާ އެއްވެސް ޖިނާއީ ކުށެއް ކޮށްފައި ނުވާނެތީ ދައުވާއަށް އިންކާރުކުރާ ކަމަށެވެ

ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ފާރިސްއަށް ދިފާއު ތައްޔާތުކުރަން އެނގޭނީ އޭނާ ކުށްކުރި އިރާއި އެކަމުގެ ތަފްސީލްތައް އެނގިގެން ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ، ދައުވާގެ ސީގާގައި ފާރިސް ރިޝްވަތު ދިން ދުވަސް ބުނެފައި ނުވަނީ އެ ދުވަސް ފުލުހުންގެ ތަހުގީގަށް ހޯދިފައިނުވާތީ ކަމަށެވެ. ނަމަވެސް އެކަން ހިނގައިދިޔަ ގޮތާއި ހުށެހެޅި ފައިސާގެ އަދަދު ފަދަ ތަފްސީލްތައް ހެކި ބަސް ނަގާއިރު ލިބިގެންދާނެ ކަމަށެވެ.

ދައުލަތުގެ ވަކީލްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ސީގާގައި ހާދިސާ ހިނގާދިޔަ ތާރީހާއި ވަގުތާއި ތަން އޮންނަންޖެހޭނެ ކަމަށެވެ. އެ މައުލޫމާތުތައް ނެތުމަކީ ދުއުވާ ފުރިހަމަނުވުން ކަމަށް ފާރިސްގެ ވަކީލް ވިދާޅުވިއެވެ.

ހަމައެހެންމެ ހާދިސާ ހިނގި ދުވަސް ތަހުގީގަށް ހޯދިފައިނުވާ ކަމަށް ދައުލަތުން ބުނާ ކަމަށްވާ ނަމަ އެއީ ފުރިހަމަ ތަހުގީގެއް ނުކުރެވި އޮތުން ކަމަށް މައުމޫނު ހަމީދު ފާހަގަކުރެއްވިއެވެ. މީހެއްގެ މައްޗަށް ދައުވާކުރާއިރު ތަހުގީގު ފުރިހަމަވެފައިވޭތޯ ޕީޖީން ކަށަވަރުކުރަންޖެހޭނެ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ

މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ސިއްރު ހެކިވެރިއެއް ވެސް ހިމެނެ އެވެ. ދައުލަތުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އެއީ ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ މަޖިލިސް މެންބަރެވެ. އެގޮތުން އެ މެމްބަރު ދެއްވާފައިވާ ބަޔާން ވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އޭގެ އިތުރުން ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލާ ފާސްކުރުމަށް ދިޔަ ތިން ފުލުހެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސޮއިކުރި މެންބަރުންގެ ލިސްޓް ހިމެނޭ އޭފޯ ސައިޒްގެ ކަރުދާހެއް އެ އެޕާޓްމެންޓްގެ ތެރެއިން ފެނިފައިވާކަން ސާބިތުކޮށްދިނުމަށެވެ.

ހަމައެހެންމެ އެ މައްސަލާގައި ހައްޔަރުކޮށް މިހާރު ދޫކޮށްލާފައިވާ އަހުމަދު ޝާފިއުގެ ފޯނުގެ ފޮރިންސިކް ރިޕޯޓާއި އެ ފޯނުން ފެނުނު ބައެއް މަސެޖްތަކާއި އަދި ޝާފިއު އެހެން މީހަކާ އެކު ވާހަކަ ދައްކާފައިވާ އޯޑިއޯގެ އިތުރުން އެ އޯޑިއޯގެ އެނަލެސިސް ރިޕޯޓް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

ޝަރީޢަތުގެ މަޖީލިުހުގައި ފާރިސްގެ ފަރާތުން ވަނީ އޭނާ މިނިވަން ކުރުމަށް ވެސް ހުށަހަޅާފައެވެ. އެގޮތުން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ މި މައްސަލައާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށް މިހާރު ދޫކޮށްލާފައިވާ އަހުމަދު ޝާފިއުގެ ބަންދުގެ މައްސަލާގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަލާއިރު މިހާރުން މިހާރަށް ފާރިސް ވެސް މިނިވަން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފާރިސްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރަޝްވަތު ދިނުމުގެ ދައުވާއަކީ ޖިނާއީ ބޮޑު ކުށެއް ނޫން ކަމަށާއި އެހެން ކަމުން ޖިނާއީ ބޮޑެތި ކުށްތައް ނޫން ކުށްތަކުގައި އެންމެ ގިނަ ދުވަހަށް ވެސް މީހަކު ބަންދު ކޮށްފައި ބެހެއްޓޭނީ 15 ދުވަހުގެ މުއްދަތަށް ހައިކޯޓުގެ ހުކުމުން އެނގޭ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ ޝާފިއު މައްސަލަ އާއި ފާރިސްގެ މައްސަލައިގެ ހާލަތު ތަފާތު ކަމަށެވެ. ޝާފިއު ދޫކޮށްލީ އޭނާއާ ދެކޮޅަށް ހެކި ނެތުމުން ކަމަށެވެ. ނަމަވެސް ފާރިސް ބަންދުކޮށްފައި ވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރުމުން ގާނޫނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށެވެ. ޝާފިއުއާ ދެކޮޅަށް ހެކި ނެތުމުން އެ މައްސަަލައަކީ ދައުވާނުކޮށް އަނބުރާ ފުލުހަށް ފޮނުވާފައިވާ މައްސަލައެއްކަން ވެސް ވަކީލް ފާހަގަކުރެއްވި އެވެ.

ގާޒީ ނިންމެވީ ފާރިސް ބަންދުން ދޫކޮށްލަން ނިންމަން ޖެހޭނެ ހާލަތެއް ނެތް ކަމަށެވެ. އެހެން ކަމުން އޭނާގެ ބަންދުގައި ހުރީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ކަނޑައެޅި އެވެ. އަދި ފާރިސް ބަންދުން މިނިަވަން ކޮށްފި ނަމަ މައްސަލައިގެ ހެކިންނަށް ނުފޫޒް ފޯރުވައި، ހިެކި ނައްތާލައި އަދި ފާރިސް ދޫކޮށްލުމަކީ މުޖުތަމަޢުއަށް ނުރައްކާތެރި ކަމެއް ކަމަށް ފެންނާތީ ފާރިސް މިނިވަން ކުރެވެން ނެތް ކަމށް ގާޒީ ކެނޑައެޅުއްވިއެވެ.

މިައްސަލައިގެ ދިފާއުގައި ފާރިސްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތަކާއި ހެކި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ދީފައެވެ. އަދި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ އަންނަ މަހުގެ 24 ވަނަ ދުވަހު ކަމަށާއި އަދި އެ ދުވަހު އޮންނާނީ ދެފަރާތުން ހުށަހަޅާ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް