Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރެވެލް ބޭން

އެެމެރިކާ އަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓަށް އުތުރު ކޮރެއާ، ވެނެޒުވޭލާ އަދި ޗަޑް

25 ސެޕްޓެމްބަރު 2017 | ހޯމަ 11:12

އާ ގައުމުތައް އިތުރު ކުރީ ބައެއް ގައުމުތަކުން އެމެރިކާ އާއި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބެލުމަށް ފަހުގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 ސެޕްޓެމްބަރު 2017 | ހޯމަ 11:12
ވޮޝިންޓަންގެ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ޕަސެންޖަރުންތަކެއް

ވޮޝިންޓަންގެ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ޕަސެންޖަރުންތަކެއް

ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާކޮށްފައިވާއިރު، އެ ލިސްޓަށް އުތުރު ކޮރެއާ އާއި ވެނެޒުވޭލާ އަދި ޗަޑްގެ ރައްޔިތުން އިތުރުކޮށްފިއެވެ.

މިކަމާ ބެހޭ ގޮތުން ވައިޓް ހައުސް އިން ބުނެފައި ވަނީ މި ގައުމުތައް ލިސްޓަށް އިތުރު ކުރީ ބައެއް ބޭރު ގައުމުތަކުން އެމެރިކާ އާއި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާކުރިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު އިއުލާން ކުރައްވަމުން ވިދާޅުވީ އެމަނިކުފާނުގެ މައިގަނޑު އަމާޒަކީ އެމެރިކާ އަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ހޯދާ ދިނުން ކަމަށެވެ.

އެ ލިސްޓުގައި ކުރިން ހިމާނާފައިވާ ގައުމުތަކަކީ އިރާން، ލީބިޔާ، ސީރިޔާ، ޔަމަން އަދި ސޯމާލިއާއެވެ. އާ އަމުރުގެ ދަށުން ސޫދާން ލިސްޓުން އުނިކޮށްފައިވާއިރު އަލަށް ލިސްޓަށް އިތުރު ކުރި ގައުމުތަކަށް، އެގައުމުތަކުން މީހުން އެމެރިކާ އަށް ވަނުން މަނާ ވާނީ 18 އޮކްޓޯބަރުން ފެށިގެންނެވެ.

ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް އެތެރެވުން މަނާކުރާ ލިސްޓުގައި އެެންމެ ފުރަތަމަ ހިމެނިފައި ވަނީ މުސްލިމު ހަ ގައުމެވެ. މިކަމާ ގުޅިގެން "މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރާ" އަމުރެއްގެ ގޮތުގައި ރައީސް ޓްރަމްޕްގެ އެ އަމުރަށް، ފާޑުކިޔުންތައް އަމާޒުވަމުން ދިޔައެވެ. ރައީސް ޓްރަމްޕް ނެރުއްވި އަމުރާ ގުޅިގެން އެމެރިކާގެ ޝަރުއީ ދާއިރާއިން ވަރަށް ބޮޑަށް އެ އަމުރަށް ގޮންޖެހުންތައް ވެސް އައެވެ. އެގޮތުން ރައީސް ޓްރަމްޕް ގެ އަމުރު ސުޕްރީމް ކޯޓުގައި ފައިސަލާ ކުރެވި އަމުރުގެ ބައެއް ބައިތަކަށް އަމަލު ނުކުރެވޭނެ ކަމަށް ކަނޑައެޅިއެވެ. އަދި މިިއަންނަ އޮކްޓޯބަރުގައި އެ އަމުރު އިތުރަށް އެމެރިކާގެ ސުޕްރީމް ކޯޓުގައި ފައިސަލާ ކުރެވިގެން ދާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 މާރިޗު 2017

މުސްލިމު އެތެރެވުން މަނާކުރާ އާ ގަރާރު ހަވާއީގެ ފެޑެރަލް ޖަޖަކު ބާތިލް ކޮށްފި

16 މާރިޗު 2017
މުސްލިމު އެތެރެވުން މަނާކުރާ އާ ގަރާރު ހަވާއީގެ ފެޑެރަލް ޖަޖަކު ބާތިލް ކޮށްފި
15 މާރިޗު 2017

މޯގަން ފްރީމަން ނުފެންނާތީ އުޒްބަކިސްތާނުގައި ފިލްމެއް އެޅުވުން މަނާކޮށްފި

15 މާރިޗު 2017
މޯގަން ފްރީމަން ނުފެންނާތީ އުޒްބަކިސްތާނުގައި ފިލްމެއް އެޅުވުން މަނާކޮށްފި
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
29 ޖެނުއަރީ 2017

އެމެރިކާއަށް ވަނުން މަނާ މުސްލިމް ޤައުމު ތަކުގެ ލިސްޓަށް ޕާކިސްތާން ލަނީ

29 ޖެނުއަރީ 2017
އެމެރިކާއަށް ވަނުން މަނާ މުސްލިމް ޤައުމު ތަކުގެ ލިސްޓަށް ޕާކިސްތާން ލަނީ
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް