Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

މުސްލިމު އެތެރެވުން މަނާކުރާ އާ ގަރާރު ހަވާއީގެ ފެޑެރަލް ޖަޖަކު ބާތިލް ކޮށްފި

މުސްލިމު މެޖޯރިޓީ 7 ޤައުމެއް ހިމެނޭ ގޮތަށް އެންމެ ފުރަަތަމަ ރައިީސް ޓްރަމްޕް ގާރާރެއް ނެރުއްވީ މިދިޔަ ޖެނުއަރީ 27 ގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 16 މާރިޗު 2017 | ބުރާސްފަތި 11:57
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

ބައެއް މުސްލިމު މެޖޯރިޓީ އޮންނަ ގައުމުތަކުން އެމެރިކާ އަށް އެރުން މަނާކޮށް ދެވަަނަ ފަހަރަށް ރައީސް ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރު ފެޑެރަލް ޖަޖަކު ބާތިލްކޮށްފިއެވެ.

ރައީސް ޓްރަމްޕް ކުރިން ނެރުއްވި މިފަދަ ރިޔާސީ ގަރާރަށްވެސް، އެމެރިކާގެ ޝަރުއީ ދާއިރާގެ ފާރާތުން ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރަމަތިލާން ޖެހިފައެވެ. އާ ގަރާރެއް ބަދަލުތަކާއެކު ނެރުއްވަން ޖެހުނީވެސް ގޮންޖެހުންތަކާ ހެދިއެވެ.

ދެވަަނ ފަހަރަށް ރައީސް ޓްރަމްޕް ނެރުއްވި، ބައެއް މުސްލިމު މެޖޯރިޓީ އޮންނަ ގައުމުތަކުން އެމެރިކާ އަށް އެރުން މަނާކުރާ ގާާރާރަކީ ބާތިލު ގަރާރެއް ކަމަށް ނިންމެވީ ހަވާއީގެ ފެޑެރަލް ޖަޖެއް ކަމަަށްވާ ޑެރިކް ވޮޓްސަންއެވެ.

މުސްލިމު މެޖޯރިޓީ 7 ޤައުމެއް ހިމެނޭ ގޮތަށް އެންމެ ފުރަަތަމަ ރައިީސް ޓްރަމްޕް ގާރާރެއް ނެރުއްވީ މިދިޔަ ޖެނުއަރީ 27 ގައެވެ. އެ ގާރުގައި އިރާގާއި، އިރާނާއި، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުން މީހުން އެމެރިކާއަށް އެެތެރެވުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް އެންމެ ފަހުން ރައީސް ޓްރަމްޕް ނެރުއްވި ގަރާރުގައި އިރާގު ނުހިމެނެއެވެ. 90 ދުވަހުގެ މުއްދަތަކަށް އަމަލު ކުރުމަށް ހަމަޖައްސާފައިވާ މި އަމުރުގައި 120 ދުވަހުގެ މުއްދަތަކަށް އެމެރިކާއަށް ރެފިއުޖީން އެތެރެވުންވެސް މަނާކޮށްފައިވާއިރު، މި އަމުރަށް އަމަލުކުރަން ފަށަން އޮތީ މިއަދު (16 މާރޗް) އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ވިސާދިނުމުގައި އިތުރު ސަލާމަތީ ފިޔަވަޅުތަކެއް އެޅުމަށް ޝަރުތުކޮށް، އިރާގު މި ލިސްޓުން އުނިކޮށްފައިވަނީ، ހަނގުރާމަވެރި އައިސިސް ޖަމާއަތާއި ކުރިމަތިލުމުގައި އިރާގުން އެމެރިކާއަށްދޭ އެއްބަރުލުމުގެ ސަބަބުން، ޕެންޓަގަން އާއި ސްޓޭޓް ޑިޕާޓްމަންޓުން ރައީސް ޓްރަމްޕަށް ޕްރެޝަރ ކުރުމުންނެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު