Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

މޮރާޓާގެ އަސްލު ކުޅުން އެބަފެނޭ : ކޮންޓޭ

25 ސެޕްޓެމްބަރު 2017 | ހޯމަ 07:21

މޮރާޓާ ވަނީ މިހާތަނަށް 6 ގޯލް ޖަހާފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 25 ސެޕްޓެމްބަރު 2017 | ހޯމަ 07:21
މޮރާޓާ

މޮރާޓާ

ސްޕެއިންގެ ރެއާލް މެޑްރިޑުން ޗެލްސީއަށް ބަދަލުވި ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާގެ އަސްލު ކުޅުން މިހާރު ފެންނަމުން އެބަދާކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

މޮރާޓާއާ ބެހޭގޮތުން ވާހަކަ ދައްކަމުން ކޮންޓޭ ބުނީ ކޮންމެ ކުޅުންތެރިއަކަށް ވެސް ތަފާތު ލީގެއްގައި ކުޅެމުންދާއިރު އަސްލު ކުޅުމަށް ވާސިލުވާން ދުވަސްތަކެއް ނަގާނެ ކަމަށާއި މޮރާޓާއަށްވެސް ދިމާވެފައިވަނީ އެފަދަ ގޮތެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު މޮރާޓާގެ އަސްލު ކުޅުން ފެންނަމުންދާ ކަމަށްވެސް ކޮންޓޭ ބުންޏެވެ.

ކޮންޓޭ އިތުރަށް ވާހަކަ ދައްކަމުން ބުނީ މޮރާޓާ އަކީ ދުނިޔޭގެ ފެންވަރުގައި ކާމިޔާބީތައް ހޯދޭނެ ފެންވަރުގެ ހުނަރެއް ލިބިފައިވާ މޮޅު ކުޅުންތެރިއެއް ކަމަށާއި އެކަން އޭނާ ސާބިތުކޮށްދެމުން އެބަދާ ކަމަށެވެ.

" ތަފާތު ލީގެއްގައި ކުޅެން ޖެހުމުން ބަދަލުތަކެއް އަންނާނެ. އެއީ ހަމަ ކޮންމެ ކުޅުންތެރިއަކަށް ވެސް ދިމާވާނެ ކަމެއް. އެހެން ނަމަވެސް މިހާރު މޮރާޓާގެ އަސްލުކުޅުން މަޑުމަޑުން ފެންނަމުން އެބަދޭ." ކޮންޓޭ ބުންޏެވެ.

ސްޕްއެއިންގެ ޗެމްޕިއަން ރިއަލްމެޑްރިޑުން ޕްރިމިއާ ލީގުގެ ޗެމްޕިއަން ޗެލްސީއަށް 80 މިލިއަން ޕައުންޑަށް ބަދަލުވި އަލްވާރޯ މޮރާޓާ ޗެލްސީގައި ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ އެންމެ ފަހުން ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި 3 ގޯލް ޖަހާ ހެޓްރިކް ވެސް ފުރިހަމަ ކޮށްފައެވެ.

ލޯން އެއްބަސް ވުމުގެ ދަށުން 2014 ވަނަ އަހަރު އިޓަލީގެ ޗެމްޕިއަން ޖުވެންޓަސްއަށް ވެސް ކުޅެފައިވާ އުމުރުން 24 އަހަރުގެ މޮރާޓާ ވަނީ މިހާތަނަށް ލީގުގައި ކުޅުނު 6 މެޗުގައި 6 ގޯލް ޖަހާފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް