Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި ކުޅުންތެރިޔަކަށް ނޭމާ!

ދުވާލަކަށް 100،000 ޕައުންޑް މުސާރައިގެ ގޮތުގައި ނޭމާއަށް ލިބެމުންދޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 25 ސެޕްޓެމްބަރު 2017 | ހޯމަ 05:51
ނޭމާ

ނޭމާ

ދާދި ފަހުން ސްޕެއިންގެ ބާސެލޯނާއިން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ދުނިޔޭގެ ރެކޯޑް އަގެއް ކަމުގައިވާ 222 މިލިއަން ޕައުންޑުގެ އަގަށް ބަދަލުވި ނޭމާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި ކުޅުންތެރިޔާ ކަމަށް ފުޓްބޯލް ލީކްސްއިން ބުނެފިއެވެ.

މަސްހޫރު ކުޅިވަރު ވެބްސައިޓެއް ކަމުގައިވާ ފުޓްބޯލް ލީކްސްއިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ނޭމާ ނުދިޔޭގެ ދެވަނައަށް އެންމެ މުއްސަނދި ކުޅުންތެރިޔާއަށް ވެފައިވަނީ ޕީއެސްޖީން މުސާރައިގެ ގޮތުގައި މަހަކު 3 މިލިއަން ޕައުންޑުގެ މަގުން އަހަރަކު 36.8 މިލިއަން ޕައުންޑް ނޭމާއަށް ލިބޭކަމަށް ބުނެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެންމެ މުއްސަނދި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނާގައި އޮތީ ޗައިނާގެ ސުޕަލީގުގެ ސަންހާއީއަށް ކުޅެމުންއަންނަ އާޖެންޓީނާގެ ފޯވާޑް ކާލޮސް ޓެވޭޒް ކަމަށާއި ޓެވޭޒް އަށް އަހަރަކު 38.4 މިލިއަން ލިބޭ ކަމަށެވެ. އެހެން ކަމުން މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު އާމްދަނީއެއް ލިބޭ، އެންމެ މުއްސަނދި ކުޅުންތެރިޔާގެ ގޮތުގައި ޓެވޭޒް ވެފައިވާއިރު އޭނާއާ އެންމެ ގާތުން ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިއަކީ ނޭމާކަމަށެވެ. އެގޮތުން ނޭމާއަށް އަހަރަކު 36.8 މިލިއަން ޕައުންޑު ލިބޭކަމަށް މި ރިޕޯޓްގައި ބުނެފައިވެެއެވެ.

އެހެން ކަމުން ނޭމާ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނަދި ކުޅުންތެރިޔާ ކަމަށް މި ރިޕޯޓްގައި ބުނެފައިވެއެވެ.

ފުޓްބޯޅަ ލީކްސްއިން އާންމުކުރި މި ރިޕޯޓްގައި ބުނެފައިވަނީ ޕީއެސްޖީން ނޭމާއަށް ދޭ މުސާރަ މިއަދާއި ހަމައަށް އޮތީ ސިއްރުކޮށްފައި ކަމަށާއި އެހެން ނަމަވެސް މިހާރު އެކަން ވަނީ އާންމުވެފައި ކަމަށެވެ. އެގޮތުން ޕީއެސްޖީން ނޭމާއަށް ދޭ މުސާރައަށް ބަލާއިރު، މިނެޓަކު 66 ޕައުންޑުގެ ރޭޓުން ގަޑިއަކު 4000 ޕައުންޑު ލިބޭކަމަށާއި، އެގޮތުން ދުވާލަކަށް 100،000 ޕައުންޑް މުސާރައިގެ ގޮތުގައި ނޭމާއަށް ލިބެމުންދާކަމަށެވެ.

އަދި ދުވާލަކު ލިބޭ މުސާރައަށް ބަލާއިރު މަހެއްގެ މައްޗަށް 3 މިލިއަންގެ ރޭޓުން އަހަރަކު 36.8 މިލިއަން ޕައުންޑް ނޭމާއަށް ލިބޭކަމަށް ވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.

" ދުނިޔޭގައި މިވަގުތު ތިބި އެންމެ މުއްސަނދި ކުޅުންތެރިންގެ ލިސްޓުގެ ދެވަނާގައި އޮތީ ނޭމާ، ނޭމާއަށް މިނެޓަކު 66 ޕައުންޑް ލިބޭ، އެއީ ގަޑިއަކު 4000 ޕައުންޑް، މިރޭޓުން ބަލާއިރު ދުވާލަކަށް 100،000 ޕައުންޑް ލިބޭ، އަދި މިރޭޓުން މަހަކު 3 މިލިއަން ޕައުންޑްގެ ރޭޓުން އަހަރަކު ނޭމާއަށް ލިބޭ މުސާރައިގެ އަދަދު 36.8 މިލިއަނަށް އަރާ. " ފުޓްބޯލް ލީކްސްގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް

03 އެޕްރީލު 2017
މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
01 އެޕްރީލު 2017

މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ

01 އެޕްރީލު 2017
މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
27 ފެބުރުއަރީ 2017

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު