Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑައިވިން ހާދިސާ

ކަނޑުއަޑީގެ ހޮހޮޅައިގައި ތިބި ހަށިތައް ނެގުމުގައި ފިންލޭންޑްގެ ޑައިވަރުންގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ހާމަ ކޮށްފި

ރާއްޖޭގެ ކަނޑުގެ ހޮހަޅައެއްގައި ހިނގި ޑައިވިން ހާދިސާގައި މަރުވި މީހުންގެ ހަށިތައް ނެގުމުގެ އޮޕަރޭޝަން، ފިންލޭންޑުގެ ޓެކްނިކަލް ޓީމަކާއި ދިވެހި ސަލާމަތީ ބާރުތައް ގުޅިގެން ކާމިޔާބުކަމާއެކު ނިންމާލައިފި. ޒަމާނީ ވަސީލަތްތަކާއެކު ތިން ދުވަހަށް ދެމިގެންދިޔަ މި ހަރަކާތުގައި ހުރިހާ ހަށިތަކެއް މިހާރު ވަނީ ކަނޑުއަޑިން ނެގިފައި ކަމަށާއި، މިޝަންގެ އެންމެ ފަހު މަރުހަލާގެ ގޮތުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މާދަމާ ކުރިއަށްދާނެ ކަމަށް ޑީއޭއެން ޔޫރަޕުން ބުނޭ.

ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 16:29
ޑޭން ޔޫރަޕުން ކޯޑިނޭޓްކޮށްގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، ހޮހޮޅައިގެ ތެރޭގައިވާ ހަށިތައް ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ހޮހަޅަތަކަށް ފީނުމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ ޓެކްނިކަލް ޑައިވިންގ ޓީމަކުން.

ޑޭން ޔޫރަޕުން ކޯޑިނޭޓްކޮށްގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، ހޮހޮޅައިގެ ތެރޭގައިވާ ހަށިތައް ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ހޮހަޅަތަކަށް ފީނުމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ ޓެކްނިކަލް ޑައިވިންގ ޓީމަކުން. | ސްކޫބާވާސް

ވ. އަތޮޅު ދެކުނު ކަނޑު ސަރަހައްދުގައި ހިނގި ޑައިވިން ހާދިސާގައި ފުރާނަ ގެއްލުނު ހުރިހާ އެންމެންގެ ހަށިތައް ހޯދުމަށް، ދިވެހިރާއްޖެއާއި އިޓަލީގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ބައިނަލްއަގުވާމީ މިޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން ޑޭން ޔޫރަޕުން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފިއެވެ.

ބުދަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ، މި ހާދިސާ ހިނގި ހޮހަޅައިގެ ތެރެއަށް ފިންލޭންޑުގެ ރިކަވަރީ ޓީމުން ކުރި ޓެކްނިކަލް ޑައިވްއަކަށްފަހު، ހަށިތައް ނެގުމުގެ މައިގަނޑު މަރުހަލާ ނިންމާލުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ފުލުހުންނާ ގުޅިގެން، މާލޭގައި ތިއްބަވާ އިޓަލީގެ ކަމާބެހޭ ފަރާތްތަކާ މެދުނުކެނޑި މުއާމަލާތް ކުރަމުންނެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ހެނދުނު ކަނޑުގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން، އެއްވެސް ދަތިކަމެއް ނެތި ރޭވުމާ އެއްގޮތަށް ޑައިވް ކުރުމުގެ ފުރުސަތު ޓީމަށް ލިބުނެވެ. ވޭތުވެދިޔަ ދުވަސްތަކެކޭވެސް އެއްފަދައިން، ތިން ޑައިވަރުން ހޮހަޅައަށް ފޭބީ ކަނޑައެޅިފައިވާ ވަކި ޒިންމާތަކަކާއެކުގައެވެ. އޭގެ ތެރޭގައި ހަށިތައް ނެގުމާއި، އޮޕަރޭޝަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން، ހާދިސާ ހިނގި ސަރަހައްދާއި ކުރިއަށްދިޔަ މަސައްކަތްތައް ފެންނާނެހެން ކަނޑުއަޑީގައި ޑޮކިއުމަންޓް ކުރުން ހިމެނެއެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ "ކްލޯޒްޑް ސާކިޓް ރީބްރީދާސް" (ސީސީއާރު) އާއި "ޑީޕީވީ" ފަދަ ޒަމާނީ ޓެކްނިކަލް ޑައިވިން ސިސްޓަމްތައް ބޭނުންކޮށްގެންނެވެ. މިއީ ކަނޑުގެ ފުން އަދި ބޯމަތި ބެދިފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ވަސީލަތްތަކެކެވެ.

މި އޮޕަރޭޝަނުގައި ޓީމުގެ ދެ މެންބަރަކަށް ހަވާލުކުރެވުނު އެންމެ މުހިންމު މަސައްކަތަކީ، ހޮހަޅައިގެ ތެރޭގައި ހުރި ހަނި މަގުތަކުގެ ތެރެއިން، ހަށިތަކަށް އިތުރު ގެއްލުމެއް ނުލިބޭނެހެން އަދި ސަލާމަތްކުރަން އުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްގެން، ބާކީ ހުރި ހަށިތައް ބޭރަށް ނެރުމެވެ. މި މަސައްކަތުގެ ތެރޭގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޓީމުން ވަނީ އެކަންކަން ކާމިޔާބުކަމާއެކު މެނޭޖްކޮށްފައެވެ. ތިންވަނަ ޑައިވަރު ވަނީ އޮޕަރޭޝަނުގެ ސަލާމަތީ ކަންކަން ބަލަހައްޓައި، ހޮހަޅައަށް ޑައިވް ކުރުމުގައި އަމަލުކުރާ ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް މުޅި މަސައްކަތް ވީޑިއޯކޮށް ރެކޯޑްކޮށްފައެވެ.

"އެންމެ ފުރަތަމަވެސް، މި ހާދިސާގައި ފުރާނަ ގެއްލުނު ޑައިވަރުންގެ އާއިލާތަކަށް އަޅުގަނޑުމެންގެ ފުން ހިތާމަ ރައްދުކުރަން. މި ހިތްދަތި ދަނޑިވަޅުގައި އެހީތެރިކަމަށް އެދުމުން އަޅުގަނޑުމެން އިޖާބަދިނީ އެހީތެރިވުމުގެ އިޚްލާޞްތެރި ނިޔަތުގައި. ތިން ދުވަހުގެ މަސައްކަތަށްފަހު، ގެއްލުނު ހުރިހާ ޑައިވަރުންގެ ހަށިތައް މިހާރު ވަނީ ނެގިފައި، އަދި އެ ހަށިތައް އެނބުރި ގައުމަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން.

ޑީއޭއެން ޔޫރަޕް، އިޓަލީ އެމްބަސީ، އެމްއެންޑީއެފް، ފުލުހުން އަދި އެހީތެރިވި ހުރިހާ ވޮލަންޓިއަރުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުންގެ އެހީތެރިކަމާ ނުލައި މިކަން ކާމިޔާބެއް ނުވީސް.

އަދި އަޅުގަނޑުމެންނަށް ހިތްވަރުދީ މެސެޖު ފޮނުވި ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." - ފިންލޭންޑުގެ ރެސްކިއު ޓީމު (ސާމީ ޕާކަރިނެން، ޖެނީ ވެސްޓަލަންޑް، ޕެޓްރިކް ގްރޮންކްވިސްޓް)

ހަށިތައް ނެގުމުގެ މައިގަނޑު މަރުހަލާ ނިމުނު ނަމަވެސް، މި މިޝަން މުޅިން ނިމުމަކަށް ނާދެއެވެ. މާދަމާގެ ވަގުތެއްގައި މި މިޝަނުގެ އެންމެ ފަހު ޑައިވް ކުރިއަށްގެންދާނެ ކަމަށް ބެލެވެއެވެ. ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް، ޑައިވަރުން އަލުން އެ ސަރަހައްދަށް ގޮސް، މަސައްކަތުގެ ތެރޭގައި ހޮހަޅަ ތެރޭގައި ބޭނުންކުރި އާލާތްތައް ނަގައި، އެ ތަނުގެ ގުދުރަތީ މާހައުލަށް ބަދަލެއް ނާންނާނެހެން ސާފުކުރާނެއެވެ. މި ހާދިސާގެ ތަހުގީގު ކުރިއަށްދާތީ، މި މަރުހަލާއަކީ ވަރަށް މުހިންމު ބައެކެވެ.

މީގެ އިތުރުން، ހޮހަޅައިގެ އިތުރު ބައިތައް ޗާޓުކޮށް ޑޮކިއުމަންޓް ކުރުމަށްވެސް ޓީމުން މަސައްކަތް ކުރާނެއެވެ. މިއީ ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ.

މުޅި މިޝަން ކުރިއަށްދިޔައިރު، ހުރިހާ ނިންމުންތަކެއް ނިންމުމުގައާއި މައުލޫމާތު ހިއްސާކުރުމުގައި އެންމެ އިސްކަމެއް ދީފައިވަނީ ދެ ކަމަކަށް ކަމަށް ޑީއޭއެން ޔޫރަޕުން ތަކުރާރުކޮށް ބުނެއެވެ. އެއީ ރިކަވަރީ ޓީމުގެ ސަލާމަތާއި، ވަކިވެދިޔަ ފަރާތްތަކާއި އެމީހުންގެ އާއިލާތަކަށް ދޭންޖެހޭ އެންމެ މަތީ ދަރަޖައިގެ އިހުތިރާމް އަދާކުރުމެވެ.

ޑޭން ޔޫރަޕްޑައިވިން ހާދިސާއިޓަލީ-ދިވެހިރާއްޖެޑައިވިންސްކޫބާ ޑައިވިން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޓަލީގެ ޑައިވަރުން ކަނޑުއަޑީގެ ހޮހަޅަ ބަލަން އުޅޭކަން ސަރުކާރަށް އެންގިފައެއް ނެތް

އިޓަލީގެ ޑައިވަރުން ކަނޑުއަޑީގެ ހޮހަޅަ ބަލަން އުޅޭކަން ސަރުކާރަށް އެންގިފައެއް ނެތް

20 މެއި 2026
ޑައިވިން ހާދިސާގައި މަރުވި މީހުންގެތެރެއިން އެންމެ ފަހު ދެ ހަށިގަނޑު ނަގައިފި

ޑައިވިން ހާދިސާގައި މަރުވި މީހުންގެތެރެއިން އެންމެ ފަހު ދެ ހަށިގަނޑު ނަގައިފި

20 މެއި 2026
ހޮހަޅައިން އިޓަލީގެ ދެ މީހެއްގެ ހަށިގަނޑު ނަގައިފި

ހޮހަޅައިން އިޓަލީގެ ދެ މީހެއްގެ ހަށިގަނޑު ނަގައިފި

19 މެއި 2026
ފަސް ފަތުރުވެރިއަކު މަރުވި ހާދިސާ ހިނގި ކަނޑުއަޑީގެ ހޮހޮޅައިގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ހާމަވެއްޖެ!

ފަސް ފަތުރުވެރިއަކު މަރުވި ހާދިސާ ހިނގި ކަނޑުއަޑީގެ ހޮހޮޅައިގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ހާމަވެއްޖެ!

18 މެއި 2026
ފިންލޭންޑުގެ ކުޅަދާނަ ޑައިވަރުންގެ ޓީމަކުން ފުން ކަނޑުގެ ހޮހޮޅައިގެ ތެރެއިން އިޓަލީގެ ޑައިވަރުންގެ ހަށިތައް ހޯދުމުގައި ތިން ގަޑިއިރު ހޭދަ ކުރި

ފިންލޭންޑުގެ ކުޅަދާނަ ޑައިވަރުންގެ ޓީމަކުން ފުން ކަނޑުގެ ހޮހޮޅައިގެ ތެރެއިން އިޓަލީގެ ޑައިވަރުންގެ ހަށިތައް ހޯދުމުގައި ތިން ގަޑިއިރު ހޭދަ ކުރި

18 މެއި 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު