Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑައިވިން ހާދިސާ

ފިންލޭންޑުގެ ކުޅަދާނަ ޑައިވަރުންގެ ޓީމަކުން ފުން ކަނޑުގެ ހޮހޮޅައިގެ ތެރެއިން އިޓަލީގެ ޑައިވަރުންގެ ހަށިތައް ހޯދުމުގައި ތިން ގަޑިއިރު ހޭދަ ކުރި

ވ. އަތޮޅު ހޮހަޅައަށް ގެއްލުނު އިޓަލީގެ ހަތަރު ފީނުންތެރިން ހޯދުމަށް ފިންލޭންޑުގެ މާހިރުންގެ ޓީމަކުން ކުރި މަސައްކަތުން، އެ މީހުންގެ ހަށިގަނޑުތައް ހޮހަޅައިގެ އެންމެ ފުން ސަރަހައްދުން މިއަދު ވަނީ ފެނިފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ޑައިވަރަކު ނިޔާވުމާ ގުޅިގެން މެދުކަނޑާލާފައި އޮތް މަސައްކަތް، ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީގައި އަލުން ފަށައިގެންނެވެ. ހަށިގަނޑުތައް ނެގުމުގެ ނާޒުކު މަރުހަލާ ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދިއުމަށް މިހާރު ދަނީ ރާވަމުންނެވެ.

ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 17:38
ފިންލޭންޑުގެ ރިކަވަރީ ޑައިވަރެއް ކަމަށްވާ ސާމީ ޕާކަރިނެން.

ފިންލޭންޑުގެ ރިކަވަރީ ޑައިވަރެއް ކަމަށްވާ ސާމީ ޕާކަރިނެން. | ޑޭން ޔޫރަޕް

ވޭތުވެދިޔަ ހަތަރު ދުވަހު ވ. އަތޮޅު އަލިމަތާ ކައިރީގައިވާ "ދެކުނު ކަނޑު" ހޮހަޅައިގެ ތެރެއަށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ހަތަރު މީހުންގެ ހަށިގަނޑު، އެ ހޮހަޅައިގެ ވަރަށް ފުނުން ފިންލޭންޑްގެ ކުޅަދާނަ ޑައިވަރުންގެ ޓީމަކުން ހޯދައިފި އެވެ.

ފިންލޭންޑުގެ ރީބްރީދަރ ޑައިވަރުންގެ ޓީމަކުން ހޯމަ ދުވަހު ހެނދުނު 8:30 ހާއިރު ފެށި މި ނުރައްކާތެރި އޮޕަރޭޝަންގައި، ހޮހަޅައިގެ އެންމެ ފުން ސަރަހައްދުތަކަށް ވަދެ ތިން ގަޑިއިރެއްހާއިރު ހޭދަކޮށްފައިވެއެވެ. ފިންލޭންޑުގެ މި ތިން ޑައިވަރުން ވ. އަތޮޅަށް އައީ އާދިއްތަ ދުވަހު (17 މޭ) ގައެވެ. އަދި ހޯމަ ދުވަހު ހެނދުނު ފެށި ޑައިވްއަށް ބޭނުންވާ ތައްޔާރީތައް އެމީހުން ވަނީ އާދިއްތަ ދުވަހު ފުރިހަމަކޮށްފައެވެ.

Advertisement - newsAdvertisement

ފިންލޭންޑުގެ ޑައިވް ޓީމު ރާއްޖެ ފޮނުވި ޑޭން ޔޫރަޕުން (DAN Europe) ބުނި ގޮތުގައި، ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ފުރަތަމަ އޮޕަރޭޝަންގައި، ކަނޑުއަޑީގެ އެ ހޮހަޅައިގެ ނިޒާމު ބަލައި ފާސްކޮށް، އެތަނުގެ ތިމާވެށީގެ ހާލަތާއި އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ގޮތްތައް ވަނީ ދިރާސާކޮށްފައެވެ. އަދި މިހާތަނަށް ނުފެނި ތިބި ހަތަރު މީހުންގެ ހަށިގަނޑު އޮތް ތަން ދެނެގަނެ، ހަށިގަނޑުތައް ނެގުމުގެ މަސައްކަތުގެ ދެން އޮތް މަރުހަލާތައް ރޭވުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ވެސް ވަނީ އެއްކޮށްފައެވެ.

ޕެޓްރިކް ގްރޮންކްވިސްޓް
ޕެޓްރިކް ގްރޮންކްވިސްޓް

މި ހޯދުމުގެ މަސައްކަތް އަލުން ފަށާފައި މިވަނީ، މޭ މަހުގެ 15 ވަނަ ދުވަހު އެމްއެންޑީއެފްގެ ޑައިވަރު ސާޖަންޓް މޭޖަރ މުހައްމަދު މަހުދީ، ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ގެ ސަބަބުން ނިޔާވުމާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހުއެވެ.

ފިންލޭންޑުގެ ޑައިވަރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަރލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް މި ޑައިވް ޕްލޭން އެކުލަވާލާފައިވަނީ އެމްއެންޑީއެފް އާއި މާލޭގައި ތިބި އިޓަލީގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެންނެވެ. މި ޓީމުން ބޭނުންކޮށްފައިވަނީ ކްލޯޒްޑް-ސާކިޓް ރީބްރީދަރތަކާއި، ބާރުގަދަ ޑީޕީވީތަކުގެ އިތުރުން، ފުރާނައަށް ނުރައްކާނުވާނެ ފަދަ އެންމެ މަތީ ފެންވަރުގެ ރައްކާތެރިކަމުގެ ވަސީލަތްތަކެވެ. ޑޭން ޔޫރަޕުން ސިފަކުރި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އޮޕަރޭޝަނަލް ސަލާމަތީ މިންގަނޑުތައް އިންތިހާއަށް މަތީ ދަރަޖައަކަށް ހިފަހައްޓައިގެންނެވެ.

ފިންލޭންޑްގެ ޑައިވަރުންގެ ޓީމު - ސާމީ ޕާކަރިނެން، ޕެޓްރިކް ގްރޮންކްވިސްޓް އަދި ޖެނީ ވެސްޓަރލަންޑް.
ފިންލޭންޑްގެ ޑައިވަރުންގެ ޓީމު - ސާމީ ޕާކަރިނެން، ޕެޓްރިކް ގްރޮންކްވިސްޓް އަދި ޖެނީ ވެސްޓަރލަންޑް.

"ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނީ ހަށިގަނޑުތައް ނެގުމުގެ ނާޒުކު މަރުހަލާތައް،" ޑޭން ޔޫރަޕުން ހާމަކޮށްފައިވެއެވެ.

ހޯމަ ދުވަހު ހަށިގަނޑުތައް ފެނުނު ހަތަރު މީހުންނަކީ ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް އާއި، ރިސާޗް އެސިސްޓަންޓް މުރިއަލް އޮޑެނީނޯ އަދި ގްރެޖުއޭޓް ފެޑެރިކޯ ގުއަލްޓިއޭރީއެވެ. މި ގްރޫޕް ގެއްލުނު ދުވަހު، ސަފާރީގެ އޮޕަރޭޝަންސް މެނޭޖަރ އަދި ޑައިވިންގ އިންސްޓްރަކްޓަރ ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު ވަނީ ހޮހަޅައިގެ ދޮރުމަތިން ފެނިފައެވެ.

ހޮހަޅައިގެ ތެރެއިން މި ހަތަރު ހަށިގަނޑު ފެނުނު ސީދާ ތަނާއި، ފެނުނު ފުންމިނާއި، ހަށިގަނޑުތައް ހުރި ތަންތަނާއި، އަދި ކެމެރާ ނުވަތަ ޑައިވް ކޮމްޕިއުޓަރު ފަދަ ތަކެތި ފެނުނު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މޮންޓެފަލްކޯންގެ ފިރިމީހާ ބުނި ގޮތުގައި، ހާދިސާގައި މަރުވި އޭނާގެ އަނބިމީހާ ޑައިވިންގައި އަބަދުވެސް ގޯޕްރޯ ކެމެރާއެއް ގެންގުޅެއެވެ. މީގެކުރިން އެމްއެންޑީއެފްގެ ޑައިވަރުން ކުރި މަސައްކަތުން ދެވުނީ 55 އާއި 65 މީޓަރުގެ ފުން މި ހޮހަޅައިގެ ތިން ބައިގެ ތެރެއިން ދެވަނަ ބަޔާ ހަމައަށެވެ. އެހެންކަމުން، ފިންލޭންޑުގެ ޓީމަށް ހަށިގަނޑުތައް ފެނިފައިވަނީ ހޮހަޅައިގެ އެންމެ އެތެރޭގައިވާ ތިންވަނަ ބައިން ކަމަށް ބެލެވެއެވެ. ޑޭން ޔޫރަޕުން ބުނީ މިފަދަ ނުރައްކާތެރި ހާލަތްތަކުގައި މީހުން ސަލާމަތްކުރުމާއި ހަށިގަނޑުތައް ނެގުމުގެ ތަޖުރިބާހުރި މާހިރުން ހޯދާފައިވާނެ ކަމަށެވެ. އަދި މި ޓީމުން ވަނީ ވަރަށް ކުރު ނޯޓިސްއެއްގައި ރާއްޖެ އައިސް، ނުރައްކާތެރި މި އޮޕަރޭޝަންގައި ބައިވެރިވެފައެވެ.

ޕާކަރިނެން އާއި ވެސްޓަރލަންޑަކީ 2014 ވަނަ އަހަރު ނޯވޭގެ ޕްލޫރާ ހޮހަޅައިގައި ހިނގި ހާދިސާއާ ގުޅިގެން ތައްޔާރުކުރި "ޑައިވިންގ އިންޓު ދަ އަންނޯން" ފިލްމުގައި ހިމެނޭ މަޝްހޫރު މިޝަންގައި ބައިވެރިވި ދެމީހުންނެވެ. މީގެ އިތުރުން 2014 ވަނަ އަހަރު މެކްސިކޯގެ ހޮހަޅައަކުން ހަށިގަނޑު ނެގުމުގެ މުހިންމު އޮޕަރޭޝަނެއްގައި ވެސް އެމީހުން ބައިވެރިވިއެވެ. ގްރޮންކްވިސްޓަކީ ވެސް ނޯވޭގެ ޕްލޫރާ ހޮހަޅައިގެ މިޝަންގައި ބައިވެރިވި މީހެކެވެ.

"މިއަދުގެ މި ނަތީޖާއަކީ އާދަޔާ ހިލާފު ތައްޔާރީތަކާއި، ފަންނީ މޮޅުކަމާއި، އަދި ނަމޫނާ ޓީމުވޯކެއްގެ ނަތީޖާ،" ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ ވިދާޅުވިއެވެ.

ދެކުނު ކަނޑުޑޭން ޔޫރަޕްސާމީ ޕާކަރިނެންމޮނިކާ މޮންޓެފަލްކޯންލައުރާ މަރޯނީސްކޫބާ ޑައިވިންއިޓަލީ-ދިވެހިރާއްޖެޑައިވިން

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު

ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު

18 މެއި 2026
ޑައިވިން ހާދިސާގައި މަރުވި އިޓަލީ ޕްރޮފެސަރުގެ އެންމެ ފަހު ބަސް ހާމަވެއްޖެ

ޑައިވިން ހާދިސާގައި މަރުވި އިޓަލީ ޕްރޮފެސަރުގެ އެންމެ ފަހު ބަސް ހާމަވެއްޖެ

16 މެއި 2026
ސްޓާފް ސާޖެންޓް މަހުދީގެ ކަށު ނަމާދު މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައި

ސްޓާފް ސާޖެންޓް މަހުދީގެ ކަށު ނަމާދު މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައި

16 މެއި 2026
އިޓަލީގެ ޑައިވަރުން ހޯދަން އުޅުނު ސިފައިންގެ މީހަކު ނިޔާވެއްޖެ

އިޓަލީގެ ޑައިވަރުން ހޯދަން އުޅުނު ސިފައިންގެ މީހަކު ނިޔާވެއްޖެ

16 މެއި 2026
ރާއްޖޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ މައްސަލައިގައި އިޓަލީގެ ޕްރޮސެކިއުޓަރުން ތަހުގީގު ފަށައިފި

ރާއްޖޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ މައްސަލައިގައި އިޓަލީގެ ޕްރޮސެކިއުޓަރުން ތަހުގީގު ފަށައިފި

16 މެއި 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު