Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓްރާންސްޕޭރެންސީ މޯލްޑިވްސް

ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް: ޓްރާންސްޕޭރެންސީ

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާން ޖަލަށްލުމާ ގުޅިގެން، އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައި. މި ނިންމުމަކީ އަދުލުވެރި ޝަރީއަތެއްގެ ފުރުސަތު ނުދީ، ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކުރުމަށް ހިންގި އަމަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރޭ. މި މައްސަލައިގައި ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ބިރެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 މެއި 2026 | ބުދަ 09:00
ޖަލަށްލި އަދަދުގެ ދެ ނޫސްވެރިން، ލީވާން އަލީ ނާސިރާއި، ޝަހުޒާން މުހައްމަދު ކްރިމިނަލް ކޯޓު ސަރަހައްދުގައި މަޑު ކޮށްލައިގެން.

ޖަލަށްލި އަދަދުގެ ދެ ނޫސްވެރިން، ލީވާން އަލީ ނާސިރާއި، ޝަހުޒާން މުހައްމަދު ކްރިމިނަލް ކޯޓު ސަރަހައްދުގައި މަޑު ކޮށްލައިގެން. | އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ. 

އަދަދުގެ ދެ ނޫސްވެރިން ކމުގައިވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން 12 މެއި 2026 ގައި ޖަލަށް ލުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ޓްރާންސްޕޭރެންސީ އިން ބުނީ،  އެ ދެ ނޫސްވެރިން ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ފުރުސަތެއް ދީފައި ނުވާކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނީ، އަދުލުވެރި ޝަރީއަތެއް ކުރިއަށް ގެންދިއުމާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކެއް އުފެދޭ ކަމަށެވެ. 

Advertisement - newsAdvertisement

މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ޖަވާބުދާރީ ކުރުވުމަށް އޮންނަ ބާރު ކެނޑިގެންދާ ކަމަށާއި، މިއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާއެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ. 

ކްރިމިނަލް ކޯޓުން، ނޫސްވެރިޔާ ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ އަދަދު ނޫހުގައި ލިޔުނު ޚަބަރަކާއި ގުޅިގެންނެވެ. އަދި ޝަހުޒާން 15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ރައީސް މުއިއްޒުއާ ސުވާލުކުރި މައްސަލައަކާ ގުޅިގެންނެވެ.

މި ދެ ނޫސްވެރިން ޖަލަށް ލުމާއި ގުޅިގެން ރާއްޖެ އާއި ބޭރުގެ ގިނަ ޖަމިއްޔާތަކާއި، ސިޔާސީ ޕާޓީތަކުންގެ އިތުރުން ކުރީގެ ރައީސުންނާއި، ސިޔާސީ އިސް ބޭފުޅުން އަދި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ މިކަމުގެ ކަންބޮޑުވުންފާޅު ކޮށް އެ ދެ ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް މިސަރުކާރުން ދިން ވަރަށް ވަރުގަދަ ހަމަލާއެއް ކަމަށާއި، ރައްޔިތުންނަށް ބިރު ދެއްކުމަށްޓަކައި ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ޓްރާންސްޕޭރެންސީ މޯލްޑިވްސްލީވާން އަލީ ނާސިރުމުޙައްމަދު ޝަހުޒާންކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރަށް ޖަލަށް!

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރަށް ޖަލަށް!

13 މެއި 2026
އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް

އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް

13 މެއި 2026
ދޫ ބަންދު ކުރުމަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކުރެވުނު ކަމެއް ނޫން: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

ދޫ ބަންދު ކުރުމަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކުރެވުނު ކަމެއް ނޫން: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

13 މެއި 2026
ކޯޓުތަކުގެ ޤާނޫނު އޮތް ގޮތުން ގެގް އޯޑަރ ފަދަ އަމުރުތައް ނެރުމުގެ ބާރު ކްރިމިނަލް ކޯޓަކަށް ނެތް!

ކޯޓުތަކުގެ ޤާނޫނު އޮތް ގޮތުން ގެގް އޯޑަރ ފަދަ އަމުރުތައް ނެރުމުގެ ބާރު ކްރިމިނަލް ކޯޓަކަށް ނެތް!

13 މެއި 2026
ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި

ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި

12 މެއި 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު