Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްދޫ ކައުންސިލު

ދިއްދޫ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ބުނާ މައްސަލަ އެލްޖީއޭއަށް ހުށަހަޅައިފި

24 ސެޕްޓެމްބަރު 2017 | އާދީއްތަ 04:32

އަތޮޅު ކައުންސިލުން ޓީމެއް އަައިސް މައްސަލަ ބަލަންވީ

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް | 24 ސެޕްޓެމްބަރު 2017 | އާދީއްތަ 04:32
ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާސިމް މެޑަމް ފާތުން އާއި ސަލާން ކުރައްވަނީ

ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާސިމް މެޑަމް ފާތުން އާއި ސަލާން ކުރައްވަނީ

ހއ. ދިއްދޫ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ބުނުމަކީ ދޮގެއް ކަމަށާއި އެހެންވެ، އެ މައްސަލަ ބަލައި ދިނުމަށް އެ ކައުންސިލުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފި އެވެ.

ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމް ވިދާޅުވީ އެފަދަ ކަމެއް ނުހިނގާ އިރު އެވަރުގެ ދޮގު ތުހުމަތެއް ކޮށްގެން ނުވާނެ ކަމަށެވެ. އެލްޖީއޭގެ އިތުރުން އަތޮޅު ކައުންސިލުން ވެސް މި މައްސަލަ ބެއްލެވުމަށް އޭނާ ގޮވާލެއްވި އެވެ.

ދިއްދޫ ކައުންސިލުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ނުލިބޭ ކަމަށް ސަރުކާރުގެ އެކިފެންވަރުގެ ވެރިން ވިދާޅުވާން ފެއްޓެވީ އެރަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ހައުސިންގ މިނިސްޓްރީން އާންމު ކުރި އިރު ހުރި މައްސަލަތަކާ ގުޅިގެން ކައުންސިލުން ފާޑުކިޔަން ފެށުމުންނެވެ.

ހާޝިމް ވިދާޅުވީ ދާދިފަހުން އެރަށަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބުރާހިމް ދީދީ ވެސް ވަޑައިގެންނެވި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ސަރުކާރުގެ ވަޒީރުން ތިއްބެވި ބައްދަލުވުމެއްގައި ފްލެޓް ލިބުނު ކަމަށް ބުނެ އިއުލާން ކުރި ލިސްޓްގައި ހުރި މައްސަލަތަކުގެ ވާހަކަ ތަކުރާރުކޮށް ދެއްކެވުމުން ވެސް ޖަވާބު ދެއްވައިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް އެބައްދަލުވުމުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ފާޅުކަން ބޮޑުގޮތެއްގައި ކައުންސިލަށް ފާޑުވިދާޅުވެ ދިއްދޫ ކައުންސިލަކީ ސަރުކާރަށް އެއްބާރުލުން ދޭ ކައުންސިލެއް ނޫން ނަމަވެސް ދެން ޖެހޭނީ އެއްބާރުލުން ދޭން ކަމަށް ވިދާޅުވެފައިވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.

އަލީ ހާޝިމް ވިދާޅުވީ އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފާހަގަ ކުރެއްވި ގޮތުގައި އެބޭފުޅުން ދިއްދޫއަށް ކުރެއްވި ދަތުރުފުޅަކީ 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށާ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ބައި އިލެކްޝަންނަށް ތައްޔާރުވުމަށް ކުރެއްވި ދަތުރެކެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް