Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްދޫ މަޝްރޫއު

ހއ ދިއްދޫ: އިންތިޚާބާ ދިމާކޮށް އާ މަޝްރޫއުތައް ހަވާލުކުރި ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

9 މެއި 2026 | ހޮނިހިރު 15:28

ހއ. ދިއްދޫގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާތީ އެ ރަށުގެ ރައްޔިތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން އެބަދޭ. މީގެ ތެރޭގައި ފުޓްސެލް ދަނޑާއި، ހޮސްޕިޓަލް އަދި ފާލަމުގެ މަސައްކަތް ހިމެނޭއިރު، އިންތިޚާބާ ދިމާކޮށް އާ މަޝްރޫއުތައް ހަވާލުކުރި ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށް ރަށު މީހުން ބުނޭ. މަޝްރޫއުތަކަށް މުވައްޒަފުން ނެގުމަށްފަހު މަސައްކަތްތައް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ އޮތް އެންމެ ބޮޑު ޝަކުވާ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މެއި 2026 | ހޮނިހިރު 15:28
ހއ ދިއްދޫގައި މަޝްރޫއުތައް ހުއްޓިފައި

ހއ ދިއްދޫގައި މަޝްރޫއުތައް ހުއްޓިފައި | ރާއްޖެ އެމްވީ

ހއ ދިއްދޫގައި މަޝްރޫއުތައް ހުއްޓިފައި ހުއްޓައި އިންތިޚާބަށް އެއް ދުވަހަށް ވެފައިވަނިކޮށްވެސް މަޝްރޫއުތައް ޙަވާލުކުރިކަމަށް އެ ރަށު މީހުން ބުނެފިއެވެ.

ދިއްދޫގެ ތަރައްޤީގެ މަޝްރޫއުތަކަށް ބަލާއިރު، އިންތިޚާބާ ދިމާކޮށް ގިނަ ކަންތައްތަކެއް ކޮށްދޭނެކަމަށް ސަރުކާރުން ބުނަމުން ދިޔަނަމަވެސް، އެކަންކަން އެގޮތަށް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން އެތައް ރައްޔިތުންނެއް ވަނީ ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

އެރަށުން ރާއްޖެޓީވީއާ ވާހަކަ ދެއްކި ފަރާތްތަކުން ކިޔަދިން ގޮތުގައި އެރަށުގައި އެމްޓީސީސީ މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ފުޓްސެލް ދަނޑުގެ މަސައްކަތްވެސް ހިމެނޭއިރު، މިހާތަނަށް އެ މަސައްކަތް ހުއްޓިފައިވާތާ 6 މަސް ވެފައިވާކަމަށް އެ ފަރާތްތަކުން ކިޔާދިނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ މަސައްކަތްތައް ހުއްޓިފައި ހުއްޓައި ވެސް އިންތިޚާބާ ދިމާކޮށް އެއަށްވުރެ ބޮޑެތި މަޝްރޫއުތައް ސަރުކާރުން ވަނީ ޙަވާލުކޮށްފައެވެ. އެގޮތުން އިންތިޚާބަށް 1 ދުވަހަށް ވެފައިވަނިކޮށްވެސް މަޝްރޫއުތައް ޙަވާލުކޮށްފައިވެއެވެ.

ދިއްދޫގެ ހޮސްޕިޓަލަށް ބަލާއިރުވެސް ޙާލަތު އޮތީ އެހެންނެވެ. އެގޮތުން ސިމެންތި ބަސްތާތައް ފޮނުވާފައިވާކަމަށް ބުނިނަމަވެސް، މަސައްކަތެއް ކުރިއަށްދާތަނެއް ނުފެންނަކަމަށް ރަށު މީހުން ކިޔާދެއެވެ.

މީގެ އިތުރުން، އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ފާލަމުގެ މަސައްކަތް ކުރިއަށްދާކަމަށް ބުނެފައިވާތާވެސް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެކަންކަން ހުއްޓިފައިވާތީ އެތައް ރައްޔިތުންނެއް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ނިމިދިޔަ އިންތިޚާބާ ދިމާކޮށް މިފަދަ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން އެކި ރަށްރަށުގައި ފެށިއެވެ. އަދި އެ މަޝްރޫއުތަކަށް މުވައްޒަފުން ނެގިނަމަވެސް، މިއަދާ ހަމައަށްވެސް މަސައްކަތެއް ކުރިއަކަށް ނުދެއެވެ.

ހއ. ދިއްދޫހާލު ކިހިނެއްތަރައްޤީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

ބިން ކަނޑައަޅާ ދިނުމުން ވެސް އައުޓްޑޯ ޖިމުގެ މަސައްކަތް ސަރުކާރަކަށް ނުވި: ވަހީދު

28 އެޕްރީލު 2026
ބިން ކަނޑައަޅާ ދިނުމުން ވެސް އައުޓްޑޯ ޖިމުގެ މަސައްކަތް ސަރުކާރަކަށް ނުވި: ވަހީދު
19 މާރިޗު 2026

މި ސަރުކާރުން އޮތީ އައްޑޫސިޓީ ވީރާނާވާން ދޫކޮށްލާފައި، ދިރުމެއް ގެނެސްދިނީ ހަމައެކަނި އެމްޑީޕީ ކައުންސިލަރުން: ޝާހިދު

19 މާރިޗު 2026
މި ސަރުކާރުން އޮތީ އައްޑޫސިޓީ ވީރާނާވާން ދޫކޮށްލާފައި، ދިރުމެއް ގެނެސްދިނީ ހަމައެކަނި އެމްޑީޕީ ކައުންސިލަރުން: ޝާހިދު
10 ފެބުރުއަރީ 2026

މާލެ އަތޮޅު ދެކުނުބުރި މުޅިން ކިސަޑު ވެއްޖެ

10 ފެބުރުއަރީ 2026
މާލެ އަތޮޅު ދެކުނުބުރި މުޅިން ކިސަޑު ވެއްޖެ
13 ޖެނުއަރީ 2026

ހާލު ކިހިނެއް: "ނޮޅިވަރަމުގައި އެޅި ބިންގާ ގެއްދިޔައީ ނޮޅިވަރަމްފަރަށް، މުއިއްޒު ކޮށްދެއްވި ކަމެއް މިރަށަކު ނެތް"

13 ޖެނުއަރީ 2026
ހާލު ކިހިނެއް: "ނޮޅިވަރަމުގައި އެޅި ބިންގާ ގެއްދިޔައީ ނޮޅިވަރަމްފަރަށް، މުއިއްޒު ކޮށްދެއްވި ކަމެއް މިރަށަކު ނެތް"
06 ޖެނުއަރީ 2026

ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"

06 ޖެނުއަރީ 2026
ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"
01 ޖެނުއަރީ 2026

މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް

01 ޖެނުއަރީ 2026
މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
16 ނޮވެމްބަރު 2025

ޓެކްނޮލޮޖީއާއެކު ތަނަވަސްކަން ހޯދުމުގެ ވިސްނުން ރައްޔިތުންގެ އެބަހުރި، ނަމަވެސް މި ސަރުކާރުގެ ނެތް: މެންބަރު އަމީން ފައިސަލް

16 ނޮވެމްބަރު 2025
ޓެކްނޮލޮޖީއާއެކު ތަނަވަސްކަން ހޯދުމުގެ ވިސްނުން ރައްޔިތުންގެ އެބަހުރި، ނަމަވެސް މި ސަރުކާރުގެ ނެތް: މެންބަރު އަމީން ފައިސަލް
31 އޮކްޓޯބަރު 2025

ރައީސް ޞާލިހު ރައީސް މުއިއްޒު އަށް: ރަށްރަށަށް ދަތުރުކުރަމުންދަނީ 1 ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް ހިފައިގެން، ދެން ކޮން ތަރައްގީއެއްތޯ ގެނެވޭނީ؟

31 އޮކްޓޯބަރު 2025
ރައީސް ޞާލިހު ރައީސް މުއިއްޒު އަށް: ރަށްރަށަށް ދަތުރުކުރަމުންދަނީ 1 ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް ހިފައިގެން، ދެން ކޮން ތަރައްގީއެއްތޯ ގެނެވޭނީ؟
06 އޮކްޓޯބަރު 2025

އދ. ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

06 އޮކްޓޯބަރު 2025
އދ. ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް