Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރައްގީ މަޑުޖެހުން

ރައީސް ޞާލިހު ރައީސް މުއިއްޒު އަށް: ރަށްރަށަށް ދަތުރުކުރަމުންދަނީ 1 ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް ހިފައިގެން، ދެން ކޮން ތަރައްގީއެއްތޯ ގެނެވޭނީ؟

ރައީސް ޞާލިހު ވިދާޅުވީ މާލޭގެ އުނދަގޫތައް ހައްލުކުރެވޭނީ ރަށްރަށާއި ސަރަހައްދުތަކުގައި ސެންޓަރުތައް ހަދައިގެން ހިދުމަތްދީގެން ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2025 | ހުކުރު 08:51
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު "ހޯރަފުށީ ދުވަސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު "ހޯރަފުށީ ދުވަސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ވަރުބަލިކަމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދަތުރުފުޅު ކުރައްވަނީ 1 ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް ހިފައިގެން ކަމަށާއި، ގެނެވޭނީ ކޮން ތަރައްގީއެއްތޯ ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރައީސް މުއިއްޒުއަށް ފާޑުވިދާޅުވެއްޖެ އެވެ.

"ހޯރަފުށީ ދުވަސް" ޖަލްސާގައި ވާހަކަފުޅުއްދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މާލެ ކައިރީގައި ފަތުރުވެރިކަން ތަރައްގީވެ އޭގެ ނަތީޖާއަކަށް ވެގެންދިޔައީ މާލެ ތަރައްގީ ވެގެންދިޔަ ކަމަށެވެ. އަދި އެއާއެކު ހުރިހާ ހިދުމަތެއް ހޯދަން އަންނަން ޖެހުނީ މާލެ އަށް ކަމަށާއި، މިއަދު މާލެއަށް ދިމާވެފައިވާ އުނދަގުލަކީ ވެސް އެއީ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެެވެ. ރައީސް ޞާލިހު ވިދާޅުވީ މިކަން ހައްލު ކުރެވޭނީ މާލެ އެކަނި ތަރައްގީ ކޮށްގެން ނޫން ކަމަށާއި، ރަށްރަށާއި ހާއްސަކޮށް އެކި ސަރަހައްދުތަކުގައި ސެންޓަރުތައް ހަދައިގެން ހިދުމަތް ދީގެން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީގެ ޕްލޭނަކީ އެކީ ރޭވުންތެރިކަމާއިއެކު ފައިސާ ވެސް ހޯދައިގެން ކަމަށެވެ. އަދި މަސައްކަތްތައް ފެށި، ވިސްނުމެއް ގެންގުޅެ ކުރެހުންތައް ކުރެހި ފައިސާ ހޯދައިގެން އެކަން ކުރުމުން ހޯރަފުށީ އެއަރޕޯޓު ވެސް މަގުތަކުގެ ފޭސް އެކެއްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ނަމަވެސް ހިތާމައަކީ މިއަދު ހޯރަފުށީގައި ފަށާފައި ހުރި ބައެއް މަސައްކަތްތައް ހުއްޓިފައިވާ ކަމެވެ. ސަބަބަކީ ރޭވުންތެރިކަމެއް ޕްލޭނެއް މިއަދު ވެރިކަމުގައި ތިބި ބޭފުޅުންގެ ނެތުން ކަމަށެވެ.

މިއަދު 2026 ވަނަ އަހަަރުގެ ބަޖެޓު އެ ހުށަހެޅީ. 64 ބިލިއަން ރުފިޔާ. 2024 އާއި 2025 ނިމިގެން މިދަނީ 55 ބިލިއަނާއި 56 ބިލިއަނުގެ ބަޖެޓެއް ހުސްވަމުން އެދަނީ. ކޮންކަމެއްތޯ ރާއްޖެއަށް ކުރެވިފައިވަނީ. ތަރައްގީގެ ކޮން މަޝްރޫއެއްތޯ ފެށިފައިވަނީ. ހޯރަފުށީގެ ވާހަކަ ތިބޭފުޅުން ތިދެއްކެވީ. އަޅުގަނޑު ދާ ކޮންމެ ރަށަކުން އެ ޝަކުވާ އާދޭ. މި ދައްކަނީ މަދު އަދަދެއްގެ ފައިސާގެ ވާހަކައެއް ނޫން. ތަފްސީލެއް ހާމައެއް ނުކުރޭ. ބަޖެޓެއް ހުށަހަޅާ އިރު ކަން ކުރާނެ ގޮތެއް ތަފްސީލެއް ނުދެއްވާ. ދެން ކިހިނެއްތޯ ކަމެއް ކުރާނީ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ވަރުބަލިކަމެއް ނެތި ރާއްޖެގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާތަން. 1 ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއަކުން. އެނޫން ކަމެއް ނުފެނޭ. ދެން ކޮން ތަރައްގީއެއްތޯ ގެނެވޭނީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ މިއީ މިއަދު ރާއްޖޭގެ ހާލަތު އޮތް ގޮތް ކަމަށެވެ.

ކުރީގެ ރައީސް ސާލިޙުއެމްޑީޕީތަރައްޤީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު