Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޑީކޭ

އެއްބަސްވުމާ އެއްގޮތައް އާސަންދަ ކުންފުނިން ފައިސާއެއް ނުދޭ: އޭޑިކޭ

އާސަންދައިން ދޫކުރާ ބޭހަށް ފައިސާ ނުދޭތީ ދަތިތަކާ ކުރިމަތިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 14:36
އޭޑީކޭ ހޮސްޕިޓަލް-- އޭޑީކޭ ކުންފުންޏަށް އާސައިން ދޫކުރަން ޖެހޭ ފައިސާ ގަވައިދާ އެއްގޮތައް ދޫނުކުރާ ކަމަށް އެ ކުންފުނިން ބުނޭ

އޭޑީކޭ ހޮސްޕިޓަލް-- އޭޑީކޭ ކުންފުންޏަށް އާސައިން ދޫކުރަން ޖެހޭ ފައިސާ ގަވައިދާ އެއްގޮތައް ދޫނުކުރާ ކަމަށް އެ ކުންފުނިން ބުނޭ

އާސަންދަ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތައް އޭޑިކޭގެ ފާމަސީތަކުގެ ބިލްތަކަށް ފައިސާ ދޫ ނުކުރާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ހިންގަމުން އަންނަ އޭޑިކޭ ކުންފުނިން ބުނެފި އެވެ.

އޭޑީކޭ އިން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭޑީކޭގެ ފާމަސީތަކުން އާސަންދައިގެ ދަށުން ވިއްކާ ބޭސްތަކަށް އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މުއްދަތު ހަމަވެގެން އެތައް މަސްތަކެއް ފާއިތުވެގެންދާއިރު ވެސް އެތައް ބިލަކަށް ފައިސާ ނުދެއްކި ވާކަމަށެވެ. އެ ކުންފުނިން ބުނެފައި ވަނީ އާސަންދައިން ނަގާ ބޭސްތަކަށް އާސަންދަ ކުންފުނިން ދޭން ޖެހޭ ފައިސާ ދިނުމުގައި 90 ދުވަހުގެ ކްރެޑިޓް ފަހި ކޮށްދީފައި ވެސް ވާ ކަމަށެވެ. އެހެން ނަމަވެސް އެ މުއްދަތު ފަހަނަ އަޅާ ދާއިރު ވެސް އެ ފައިސާ ދައްކަމުން ނުދާތީ ބޮޑެތި ދަތިތަކާ އެ ކުންފުނިން ކުރިމަތިލާން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން އޭޑިކޭއިން ބުނެފައި ވަނީ އާސަންދަ ކުންފުނިން މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާމަސީތަކުން ބޭސް ވިއްކުމާ ގުޅޭ ގޮތުން ދިން މައުލޫމާތާ ގުޅިގެން ރާއްޖޭގައި ބޭސް ވިއްކާ ފަރާތްތަކުން ނުބައްދަލު އަގުތަކުގައި ބޭސް ވިއްކަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ހަގީގަތާ ހިލާފު ބަދުނާމުތައް އަޅުވަމުންދާ ކަމަށެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭސް ވިއްކުމުގެ ވިޔަފާރި ކުރަމުންދާ އެއް ކުންފުނި، އޭޑިކޭ އިން ބުނީ އެ ކުންފުނީގެ ބޭސްފިހާރަތަކުން ބޭސް ވިއްކަނީ 13 އޯގަސްޓް 2015 ގައި އާސަންދަ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތައް ކަނޑައެޅުނު އަގުތަކަށް ކަމަށެވެ.

"މި އެއްބަސްވުމުގައި އާސަންދައިން ކަވަރު ކޮށްދޭ ބޭސްތަކުގެ ތަފްސީލް ލިސްޓާއި، އަދި މި ފަދަ ބޭސްތައް ވިއްކޭނެ އަގުތައް، ވަނީ ވަރަށް ސާފުކޮން ކަނޑައެޅިފައެވެ. ހަމަ އެހެންމެ މި އެއްބަސްވެވުނުއިރު އާސަންދަ އެދުމުގެ މަތިން އަސަންދައިގެ ދަށުން ވިއްކޭ ބޭސްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް ވެސް އޭޑީކޭއިން ވަނީ ހަމަޖައްސައިދީފަ އެވެ. މި އެގްރިމެންޓްގައި ސޮއި ކުރެވުނު ތާރީހުގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގޭ އިންފްލޭޝަނަށާއި ބާޒާރުގެ އަގުތަކަށް އަންނަމުންދިޔަ ބަދަލުތަކާ އެކު ވެސް އާސަންދައިގެ ދަށުން މި ކުންފުނިން ވިއްކަމުންދާ އެއްވެސް ބޭހެއްގެ އަގަކަށް ބަދަލެއް ގެނެސްފައިނުވާނެ އެވެ."

އޭގެ އިތުރުން ރާއްޖޭގައި ބޭސްވިއްކޭ އަގުތަކަކީ މޯލްޑިވްސް ފޫޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާ އަޅާ އަގުތަކެއްކަން ވެސް އޭޑިކޭއިން ފާހަގަ ކޮށްފައިވެ އެވެ. އަދި އެ އުސޫލުތަކާ ހިލާފަށް އޭޑިކޭގެ އެއްވެސް ފާމަސީއަކުން ބޭސް ވިއްކަމުން ނުދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި

12 މެއި 2017
އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި
11 މެއި 2017

އާސަންދަ ހިދުމަތް އަދިވެސް އޭޑީކޭއިން ނުލިބޭ!

11 މެއި 2017
އާސަންދަ ހިދުމަތް އަދިވެސް އޭޑީކޭއިން ނުލިބޭ!
09 މެއި 2017

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ
08 މެއި 2017

ޕްރައިވެޓް ތަންތަނަކަށް އަދިވެސް އާސަންދަ ނުލިބޭ:ޑރ. ޑީޑީ

08 މެއި 2017
ޕްރައިވެޓް ތަންތަނަކަށް އަދިވެސް އާސަންދަ ނުލިބޭ:ޑރ. ޑީޑީ
08 މެއި 2017

ކުރިއެކޭ އެއްގޮތަށް އާސަންދަގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމައިފި

08 މެއި 2017
ކުރިއެކޭ އެއްގޮތަށް އާސަންދަގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމައިފި
07 މެއި 2017

ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

07 މެއި 2017
ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި
07 މެއި 2017

ސިއްޚީ ޚިދުމަތް ދޭ ސަރުކާރުގެ މަރުކަޒުތައް ފިޔަވައި އެހެން ހުރިހާ ތަނަކުން އާސަންދަ ކަނޑާލައިފި

07 މެއި 2017
 ސިއްޚީ ޚިދުމަތް ދޭ ސަރުކާރުގެ މަރުކަޒުތައް ފިޔަވައި އެހެން ހުރިހާ ތަނަކުން އާސަންދަ ކަނޑާލައިފި
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު