Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ބުދަ ދުވަހުގެ ހެނދުނު 7:20 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ އެ ސްކޫލުގެ ލައިބްރަރީ ހުންނަ ސަރަހައްދުގައި. ހާދިސާއާ ގުޅިގެން ދަރިވަރުންގެ ސަލާމަތަށް އިސްކަންދީ، ވަގުތުން ސްކޫލު ހުސްކުރުމުގެ މަސައްކަތް ކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 29 އެޕްރީލު 2026 | ބުދަ 04:12
އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. | ރާއްޖެއެމްވީ

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. 

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު ހޯމަ ދުވަހުގެ ހެނދުނު 08:20 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު 08:56 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

Advertisement - newsAdvertisement

އަލިފާނު ރޯވެފައިވަނީ ލައިބްރަރީ ހުންނަ ސަރަހައްދުގައި ކަމަށާއި، އެވަގުތު ސްކޫލު ހުސް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ދަރިވަރުންނާއި، ޓީޗަރުން ސްކޫލުގެ ބޭރަށް ނުކުންނަނީ
އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ދަރިވަރުންނާއި، ޓީޗަރުން ސްކޫލުގެ ބޭރަށް ނުކުންނަނީ

ފޮޓޯތަކުން ފެންނަ ގޮތުގައި ރޯވެފައިވާ ސަރަހައްދުގެ ގޯޅި އާއި ސީލިންގަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި އެތަނުގައި ހުރި އޭސީގެ އައުޓުޑޯ ޔުނިޓްތައް ހިމެނޭ ގޮތަށް އެހެނިހެން އެއްޗެހިތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ. 

އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގެ އެވެ.

އައްްޑޫ ސިޓީފޭދޫ ސްކޫލްއެމްއެންޑީއެފްއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ 5 ސިޓީގައި ދަރުސްދެއްވަނީ

27 އެޕްރީލު 2026
ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ 5 ސިޓީގައި ދަރުސްދެއްވަނީ
24 އެޕްރީލު 2026

ޝަރަފުއްދީން ސްކޫލްގައި އަންހެން ކުއްޖަކަށް ބުލީކުރުން: ލޭސް ގަނޑަކުން ކުއްޖާގެ ކަރަށް ވާންކޮށް ބިރު ދެއްކި!

24 އެޕްރީލު 2026
ޝަރަފުއްދީން ސްކޫލްގައި އަންހެން ކުއްޖަކަށް ބުލީކުރުން: ލޭސް ގަނޑަކުން ކުއްޖާގެ ކަރަށް ވާންކޮށް ބިރު ދެއްކި!
22 އެޕްރީލު 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ ހާލު ސީރިއަސް، އަދިވެސް އޮތީ ވެންޓިލޭޓަރުގައި!

22 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ ހާލު ސީރިއަސް، އަދިވެސް އޮތީ ވެންޓިލޭޓަރުގައި!
19 އެޕްރީލު 2026

ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ސޯބެ

19 އެޕްރީލު 2026
ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ސޯބެ
19 އެޕްރީލު 2026

އައްޑޫގައި އެފްއެސްއެމް. މެދުވެރިކޮށް ތެޔޮ އަގުހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އައްޑޫސިޓީ ކައުންސިލުން ގޮވާލައިފި

19 އެޕްރީލު 2026
އައްޑޫގައި އެފްއެސްއެމް. މެދުވެރިކޮށް ތެޔޮ އަގުހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އައްޑޫސިޓީ ކައުންސިލުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު