Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން

އިންޑިއާގައި 40000 އެއްހާ ރޮހިންޖާ މުސްލިމުން އުޅޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 05:42
ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުން

ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުން

ބަންގްލަދޭޝް އާއި ގުޅިފައިވާ އިންޑިއާގެ އިރުމަތީ ބޯޑަރު ހުރަސްކޮށް އަންނަ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް، އެބައި މީހުން އިންޑިއާ އަށް އެތެރެވުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ބޭނުން ކުރަމުންދާ ކަމަށް އޮފިޝަލުން ހުކުރު ދުވަހު ބުނެފިއެވެ.

އިންޑިއާގެ ބޯޑަރު ސަރަހައްދު ގައި ހަރަކާތްތެރިވާ ސަލާމަތީ އޮފިޝަލުން ބޭނުން ވަނީ އިންޑިއާގައި ދިރިއުޅެމުންދާ 40،000 އެއްހާ ރޮހިންޖާ މުސްލިމުން ގައުމުން، ސަލާމަތީ ސަބަބުތަކަކަށްޓަކައި ބޭރު ކުރަން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޯޑާ ސެކިޔުރިޓީ ފޯސް (ބީއެސްއެފް) ގެ ސީނިއާ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ އިންޑިއާގެ ސަލާމަތީ ޚިދުމަތްތަކުން އެއްވެސް ރޮހިންޖާ މުސްލިމަކަށް އަނިޔާ އެއް ދޭން ނުވަތަ ހައްޔަރު ކުރަން ބޭނުން ނުވާ ކަަމަށާއި އެހެން ނަމަވެސް އިންޑިއާގެ ފަސްގަނޑަށް ރޮހިންޖާ މުސްލިމުން އައުމަަށް ދެކޮޅު ހަދާ ކަމަށެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުން ވެ ސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ވުމަށް މިހާތަނަށް 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

ރޮހިންޖާ މުސްލިމުންނަށް ރައްކާތެރިކަން ދިނުމަށްޓަކައި އދ. އިން ސުޕަވައިޒް ކުރާ ސޭފް ޒޯންތަކެއް މިޔަންމާގައި ގާއިމު ކުރުމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ދާދިފަހުން ވަނީ ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު