Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން

ބިދޭސީއެއްގެ ކަރަށް ހަމަލާދިން މިހާ 7 ދުވަހަށް ބަންދު ކޮށްފި

މާލޭގެ ކަރަންކާ މަގުގައި ބަންގްލަދޭޝްގެ މީހެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ 28 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 7 ދުވަސް ޖަހައިފި. މި ހާދިސާގައި އަނިޔާވި 38 އަހަރުގެ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 އެޕްރީލު 2026 | އާދީއްތަ 11:15
ކަރަންކާ މަގުގައި ހުރި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ)

ކަރަންކާ މަގުގައި ހުރި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) | މޯލްޑިވްސް ޕޮލިސް ސާރވިސް

ކަރަންކާ މަގުގައި ހުރި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތަކު ހައްރު ކޮށް، ބަންދުގެ މުއްދަތު ޖަހައިފި އެވެ. 

ފުލުހުން ބުނީ 2026 އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު މާލެ، ކަރަންކާ މަގުގައި ހުރި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވާ ކަމަށެވެ. 

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 2026 އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 ހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. 

ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެމީހާ އަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓައި ކަމަށާއި، އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށް ކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. މި ހަމަލާގައި އެ މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަން ފުލުހުން ވަނީ ފާހަގަ ކޮށްފަ އެވެ. 

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސްމަގުމަތީ މާރާމާރީ

އިތުރަށް ކިޔާލަން

19 އެޕްރީލު 2026

ނަލަހިޔާގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ވަގަށް ނެގި މައްސަލައިގައި 5 ވަނަ މީހާ ހައްޔަރުކޮށް، ބައި ލައްކަ ރުފިޔާ ހޯދައިފި

19 އެޕްރީލު 2026
ނަލަހިޔާގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ވަގަށް ނެގި މައްސަލައިގައި 5 ވަނަ މީހާ ހައްޔަރުކޮށް، ބައި ލައްކަ ރުފިޔާ ހޯދައިފި
17 އެޕްރީލު 2026

އެމްޑީޕީ ގެ ސިލްސިލާ މުޒާހަރާ: ބައިވެރިންނަށް ފުލުހުން ހުރަސް އެޅިއިރު، ގެންގުޅުނު މެގަފޯނަށް ވެސް ގެއްލުން ދިން!

17 އެޕްރީލު 2026
އެމްޑީޕީ ގެ ސިލްސިލާ މުޒާހަރާ: ބައިވެރިންނަށް ފުލުހުން ހުރަސް އެޅިއިރު، ގެންގުޅުނު މެގަފޯނަށް ވެސް ގެއްލުން ދިން!
17 އެޕްރީލު 2026

މަސްތުވާތަކެތި ގެންގުޅެ، ޖުވާކުޅޭ ކަމުގެ ތުހުމަތުގައި 38 ބިދޭސީން ހައްޔަރު ކޮށްފި

17 އެޕްރީލު 2026
މަސްތުވާތަކެތި ގެންގުޅެ، ޖުވާކުޅޭ ކަމުގެ ތުހުމަތުގައި 38 ބިދޭސީން ހައްޔަރު ކޮށްފި
16 އެޕްރީލު 2026

ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި

16 އެޕްރީލު 2026
ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި
10 އެޕްރީލު 2026

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

10 އެޕްރީލު 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު