Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ށ ފޯކައިދޫ

ފޯކައިދޫ ފުލުސް އިންޗާޖުގެ ސައިކަލުގައި ރޯކޮށްލުން: މިއީ ފުލުސް އޮފިސަރަަށް އަމާޒުކޮށްގެން ގަސްތުގައި ހިންގާފައިވާ އަމަލެއް

ށ. ފޯކައިދޫ ޕޮލިސް އިންޗާޖުގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށާއި، މިއީ އެ އޮފިސަރަށް އަމާޒުކޮށް ގަސްތުގައި ދީފައިވާ ހަމަލާއެއް ކަމަށް ފުލުހުން ވަނީ ބުނެފައި. މި ހާދިސާގައި ސައިކަލު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު، ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް ބިރުދެއްކުމަށް ހިންގާ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެ. އެހެންކަމުން، މި އަމަލު ހިންގި ފަރާތްތައް ހޯދައި ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 1 މެއި 2026 | ހުކުރު 10:43
ށ. ފޯކައިދޫ ފުލުސް އިންޗާޖުގެ ސައިކަލުގައި ރޯކޮށްލުމުން ގެއްލުން ލިބިފައި.

ށ. ފޯކައިދޫ ފުލުސް އިންޗާޖުގެ ސައިކަލުގައި ރޯކޮށްލުމުން ގެއްލުން ލިބިފައި. | ރާއްޖެ އެމްވީ

ފޯކައިދޫ ފުލުސް އިންޗާޖުގެ ސައިކަލުގައި ރޯކޮށްލީ ގަސްތުގައި އޭނާއަށް އަމާޒުކޮށްގެން  ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ 2026 އެޕްރީލް 27 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަންހާއިރު ށ. ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ ކަމަށް ތުހުމުތުކުރެވޭ މައްސަލައިގައި، އެ ހާދިސާގެ ތަހުގީގުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ ފުލުސް އޮފިސަރަށް އާމާޒުކޮށްގެން ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި މި ހާދިސާގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާ އިރު، އެ ގޭގެ ގޭޓު ހިމެނޭހެން ގޭގެ ބައެއް ސަަރަހައްދުތަކަށް ގެއްލުން ވެފައިވެ އެވެ. 

Advertisement - newsAdvertisement

ފުލުހުން ބުނީ މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. މި އަމަލު ހިންގި ފަރާތް ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ބިދު ދެއްކުމުގެ މިފަދަ އަމަލުތައް ދިވެހި ފުލުހުންގެ ހިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ދެކޭ ކަމަށް ބުނެފައިވެ އެވެ. 

ފުލުހުން ބުނީ ކުށްކުރާ ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބިރު ދެއްކުމަށް ހިންގާ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން، ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށެވެ. އަދި ފުލުހުންނަށް އަނިިޔާކުރުމާއި ބަދަލު ހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަމާ މެދު، ފަސްޖެހުމެއް ނެތި ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

ފުލުހުން ބުނީ ގާނޫނު ނަގަހައްޓައި، ފުލުުންގެ ރައްކާތެރިކަން ކަށަވަރުކޮށް އަމާންކަން ގާއިމުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތް ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށް ބުނެފައިވެ އެވެ. 

މި ސައިކަލުގައި ރޯކޮށްލީ 27 އެޕްރީލް ވަނަ ދުވަހުގެ ރޭގަނޑު 10:30 ގަ އެވެ. ރޯކުރީ ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަން އިންޗާޖުގެ ގޮތުގައި މަސައްކަތްކުރާ ފުލުހެއް ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައިހުރި އޭނާގެ ސައިކަލުގަ އެވެ. 

ށ ފޯކައިދޫދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

21 އެޕްރީލު 2026
2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް

2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް

03 އެޕްރީލު 2026
ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން

ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން

05 މާރިޗު 2026
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް

18 ފެބުރުއަރީ 2026
ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިޙް ފޯކައިދޫގައި ދޮރުން ދޮރަަށް

ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިޙް ފޯކައިދޫގައި ދޮރުން ދޮރަަށް

08 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު