Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2025 | ހޯމަ 19:36
ރާއްޖެޓީވީގެ ލީގަލް ކޮންސަލްޓަންޓް ގާނޫނީ ވަކީލު މުހައްމަދު ނިޝާން
ރާއްޖެޓީވީގެ ލީގަލް ކޮންސަލްޓަންޓް ގާނޫނީ ވަކީލު މުހައްމަދު ނިޝާން
ރާއްޖެއެމްވީ
ރާއްޖެ ޓީވީ
މީޑިއާ ކޮންޓްރޯލްކުރުމަށް ހުށަހެޅިފައިވާ ބިލުގައި ނޫސްވެރިންގެ އަސާސީ ޙައްޤުތައް ހިމާޔަތްކުރެވިފައި ނުވޭ - ރާއްޖެޓީވީ
މީޑިއާ ކޮމިޝަނަށް ދީފައިވާ މުޠުލަޤު ބާރުތަކުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅިދާނެކަމުގެ ބިރު އެބައޮތް
މީޑިއާ ބިލުގައި ނޫސްވެރިންގެ އަސާސީ ހައްޤުތައް ހިމާޔަތް ކުރެވިފައި ނުވޭ
މީޑިއާ ގާނޫނުގެ ސަބަބުން އެއް މައްސަލައެއްގައި އެކި ދިމަދިމާލުން ގިނަ ދައުވާތަކާ ކުރިމަތިލާންޖެހޭނެ

މީޑިއާ ކޮންޓްރޯލްކުރުމަށް ހުށަހެޅިފައިވާ ބިލުގައި ނޫސްވެރިންގެ އަސާސީ ޙައްޤުތައް ހިމާޔަތްކުރެވިފައި ނުވާކަމަށާއި، އިސްލާހުކޮށްގެން އާހިރު ނަތީޖާއެއް ބިލުން ނުނެރެވޭނެ ކަމަށް ރާއްޖެޓީވީގެ ފަރާތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ފާހަގަކޮށްފިއެވެ.

މީޑިއާތައް ތަޅުއަޅުވާ ނޫސްވެރިން ޖަލަށްލެވޭ ގޮތަށް އޮތް މީޑިއާ ބިލާއި ގުޅޭގޮތުން ހޯމަ ދުވަހު މަޖިލީހުގެ މިިނިވަންމުއައްސަސާތަކުގެ ކޮމިޓީއަށް މީޑިއާތަކަށް ދައުވަތު ދެވުނެވެ. އެގޮތުން ރާއްޖެޓީވީގެ ފަރާތުން ބައިވެރިވި ލީގަލް ކޮންސަލްޓަންޓް ގާނޫނީ ވަކީލު މުހައްމަދު ނިޝާން ވަނީ ބިލު ބޭރުކޮށްލުމަށް ގޮވާލާފައެވެ. ނިޝާންގެ ވާހަކައިގައި ވިދާޅުވީ ގާނޫނުން އުފެދޭ ކޮމިޝަނުން ނޫސްވެރިއާކާ ދެކޮޅަށް އަބުރުގެ ދައުވާ ކުރެވޭ ކަމަށާއި، އެހެން އޮވެމެ އަނެއްކާވެސް ސިވިލް ކޯޓަށް އެއް މައްސަލައެއްގައި އެހެން މީހަކު އަބުރުގެ ދައުވާއެއް ވައްދައިފި ނަމަ ދެކަމެއް ދެ ދިމާލަކުން އަންނަ ކަމަށެވެ.

ނިޝާން ވިދާޅުވީ ރާއްޖޭގައި އަބުރާ ބެހޭ ގާނޫނެއް ނޯންނަ ކަމަށާއި، ވަކިކުރެވިފައި ހުރި ގާނޫނުތަކުން ދީފައި ހުރި ބާރުތައް މީޑިއާ ގާނޫނަށް ވެއްދުމުގެ ނަތީޖާއަކަށް ވެގެންދާނީ އެކި ދިމަދިމާލުން އެއްކަމެއްގައި އެތައް ދައުވާތަކެއް އެތައް ތުހުމަތުތަކާއެކު ކުރިމަތިލާންޖެހޭ ހިސާބަށް އަނބުރާ ގުޅިގެން އުފަންވެގެން އަންނާނެ ކަމަށެވެ.

މި މުއައްސަސާ ވުޖޫދުވެގެން އައީމަ، ކުރިން ހިނގާފައިވާކަމެއް އެ މައްސަލައަށް 1 އަހަރު ނުވާނަމަ ބެލުމުގެ އިހްތިޔާު ދީފައި އެބައޮތް ި ބިލުން. އެކަން އެބަ ފުށުއަރާ، ދިވެހި ޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ ފަންސާސްނުވަ ވަނަ މާއްދާއަށް. އެއީ އެކަމެއް އެ މީހާ ކުރިއިރުގައި، އެއީ ޝަރުޢީ، ގާނޫނީ، ރުކުންތުން އެ ކަމެއް މަނާކުރެވިފައި ނުވާ ކޮންމެ ކަމަކީ، އޭގެ ޒާތުގައި އެ މީހަކަށް ކުރެވޭ ކަމެއްވެއްޖެއްޔާ ވެސް ޝަރީޢަތުގައިވެސް ކަނޑައަޅާފައި އެކަމެއްގެ އަސްލު ގޮތަކީ ހުއްދަވުން މާނާކުރުމުގެ ދަލީލެއް އޮންނާނީ ދެއްވާފައި. އެހެންވީމަ މާނާކުރުމުގެ ދަލީލެއް އެއީ ޤާނޫނުން ދަލީލެއް ގޮތުގައި އެނގޭތޯ މަނާކުރެވިފަ، މަނާކުރެވޭނީ އެކަން މި ޤާނޫނުން މަނާކުރެވޭ ކަމެއްދެމޭ ބަޔާންކުރާ ޤާނޫނުގެ ތެރެއިން.

ލީގަލް ކޮންސަލްޓަންޓް ގާނޫނީ ވަކީލު މުހައްމަދު ނިޝާން

ނިޝާން ވިދާޅުވީ ގާނޫނު ގެންނަން ޖެހުނު މަގުސަދު ވަރަށް ރީތިކޮށް ބަލާގާތްތެރި ބަސްތަކެއް ލިޔެފައިވީނަމަވެސް، ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ އުސޫލުތަކުގައި 28 ވަނަ މާއްދާ ފުޅާ ދާއިރާއެއްގައި ތަންފީޒުކުރުމުގެ ވާހަކަ ހިމަނާފައިވާ ކަމަށެވެ. ނިޝާން ވިދާޅުވީ އެހެން އެގޮތަށް ބަޔާންކޮށްފައި އޮތްނަމަވެސް އޭގެ ފަހުން އަންނަ މާއްދާތަކުން އަސާސީ ހައްގުތައް ހަނިކުރެވޭނެ ގޮތަށް ގާނޫނު މާނަކުރެވޭ ކަމަށެވެ.

ދިވެހިރާއްޖޭގެ މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނެއް ވެސް އެ ގާނޫނުގައި ގާނޫނެއް، ގަވާއިދެއް، ގާނޫނަކުން އުސޫލެއް ސާކިއުލާއެއް، މިއަކު ނިންމާ ނިންމުމެއް މާނަ ކުރަން ޖެހިއްޖެ ކަމަށް ވާނަމަ މާނަ ކުރަންވާނީ އެ މަޤްޞަދު ހާސިލުވާ ގޮތަށް. ރާއްޖެއިން ސޮއިކޮށްފައި ވާނެ ދެ މުޢާހަދާއަށް. އެއް މުޢާހަދާއަކީ އައި.ސީ.ސީ.ޕީ.އާރު އިންޓަރވޭޝަނަލް ކޯވެނަންތް އޮން ސިވިލް އެންޑް ޕްރެޓިކަލް ރައިޓްސް. ސިޔާސީ ޙައްޤުތަކައް ބައްލަވާ މުޢާހަދާ. އެ ކޮވަނެންޓްސްގެ ނަވާރަ ވަނަ މާއްދާ އޮންނާނެ މި ވާހަކަ ދައްކާފައި. އަނެއް މުޢާހަދާއަކީ ޔޫ.ޑީ.އެޗް.އާރު ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް، އިންސާނީ ޙައްޤުގެ މުއާހަދާ. މި މުޢާހަދާގައި ހަމަ ނަވާރަ ވަނަ މާއްދާއެއް، މި ވާހަކަ ދައްކާނެ ރައިޓްސްއަކުން ދެ މުޢާހަދާއެއް. އެހެންވީމާ، މި ޤާނޫނުން ފާސްވެއްޖެއްޔާ މި ދެ މުޢާހަދާ އެބަ ތާރުޒުވުންއާދޭ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދުއިސައްތަ ފަސްދޮޅަސްއައް ވަނަ މާއްދާ އެބަ ތާރުުޒުވުން އާދޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މި ބުނިގޮތަށް މާނަކޮށްގެން، މި ބުނި މާއްދާތައް، މި ގޮތަށް އައިސްފިއްޔާ މި ދެންނެވި ދެ މުއާހަދާ ތައާރުޒުވެގެން އަންނާނީ އުސޫލެއްގެ ގޮތުން މިކަން ތަރުޖަމާ ކުރާނެ ގާނޫނީ ހާލަތެއް ނެތް.

ލީގަލް ކޮންސަލްޓަންޓް ގާނޫނީ ވަކީލު މުހައްމަދު ނިޝާން

ނިޝާން ވިދާޅުވީ މި ގާނޫނު ވުޖޫދަށް ގެނެވެނީ ތިން ގާނޫނެއް އެއްކޮށްލައިގެން ކަމަށެވެ. އެއީ ނޫސްވެރިކަމުގެ ނޫސް މަޖައްލާތަކުގެ ގާނޫނު ކަމަށާއި، އަނެއް ގާނޫނަކީ މީޑިއާ ކައުންސިލުގެ ގާނޫނު އަދި ބްރޯޑްކާސްޓިންގެ ގާނޫނު ކަމަށެވެ. ނިޝާން ވިދާޅުވީ ބްރޯޑްކާސްޓިންގެ ބައެއް މާއްދާތައް ބާތިލްކޮށްފައި ހުރި އިރު ދުްތޫރީ ގޮތުން ކަމެއް ދިމާވެގެން މައްސަލައެއް ތިލަވެގެން އަންނަ ހާލަތުގައި ރިއާޔަތްކުރަންޖެހޭނީ ގާނޫނުގެ ކޮން މާއްދާއަކަށް ކަމެއް ތަރުތީބުކުރާނެ ގޮތެއް ނެތް ކަމަށެވެ.

ނިޝާން ވިދާޅުވީ ދެ ގާނޫނެއް އެއްކޮށްލާފައިވާއިރު މީޑިއާ ބިލުގައި އެއް މިއެއް އެނގެން ނެތް ކަމަށެވެ. އަދި ދެގާނޫނުގެ މާއްދާތައް ހުރި އިރު ދެވާހަކައެއް ދައްކާ އެއް މާއްދާތަކެއް އެބަހުރި ކަމަށާއި، އެ އުސޫލުން ބަލާނަމަވެސް ބިލުގައި ތައާރަޒުވާ ގިނަ ކަންކަން އެބަހުރިކަމަށް ނިޝާން ވިދާޅުވިއެވެ.

- ކޮމެންޓް