Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ މޫސުން

މި ފެށޭ މާރިޗު މަހު ވާރޭ ވެހުން މަދުވެ، ހޫނު ގަދަވާނެ: މެޓް އޮފީސް

27 ފެބުރުއަރީ 2026 | ހުކުރު 14:32

މެޓް އިން ބުނި ގޮތުގައި މި ލަފާކުރުންތަކަކީ ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާގެ "ލީޑް ސެންޓަރ" އިން އެކުލަވާލާފައިވާ 11 މޮޑެލްއެއްގެ އެހީގައި ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 27 ފެބުރުއަރީ 2026 | ހުކުރު 14:32
ސިނަމާލެ ބްރިޖު ކައިރިން ނަގާފައިވާ ފޮޓޯއެއް: މާރިޗު މަހު ރާއްޖެ އަށް ވާރޭ ވެހުން މަދުވެ ހޫނު ގަދަ ވާނެކަމަށް މެޓް އޮފީހުން ލަފާކުރޭ

ސިނަމާލެ ބްރިޖު ކައިރިން ނަގާފައިވާ ފޮޓޯއެއް: މާރިޗު މަހު ރާއްޖެ އަށް ވާރޭ ވެހުން މަދުވެ ހޫނު ގަދަ ވާނެކަމަށް މެޓް އޮފީހުން ލަފާކުރޭ | ހުސެއިން ފިޔާޒް މޫސާ

ކުރިއަށް އޮތް މާރިޗު މަހަކީ ރާއްޖޭގެ ބޮޑު ބަޔަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ މަދުން ވާރޭވެހޭނެ މަހެއް ކަމަށާއި، ރާއްޖޭގެ ހޫނުމިން ވެސް އާންމު މިންގަނޑަށް ވުރެ މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ. އެ އިދާރާއިން ހުކުރު ދުވަހު ނެރުނު މޫސުމީ ލަފާގައިވާ ގޮތުން، އަންނަ މަހަކީ ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ މަހެކެވެ.

މެޓް އޮފީހުން އާންމުކުރި "މޯލްޑިވްސް މަންތްލީ ކްލައިމެޓް އައުޓްލުކް" ރިޕޯޓުގައި ބުނެފައިވަނީ، އަންނަ މަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވެސް އެ ދުވަސްވަރު ވާރޭވެހޭ މިންވަރަށް ކަމަށެވެ. ނަމަވެސް، މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް ވެހޭ މިންވަރަށް ވުރެ ބޮޑުތަން މަދުންނެވެ.

Advertisement - newsAdvertisement

މި ލަފާކުރުންތަކަކީ ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާގެ "ލީޑް ސެންޓަރ" އިން އެކުލަވާލާފައިވާ 11 މޮޑެލްއެއްގެ އެހީގައި ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކެއް ކަމަށް މެޓް އޮފީހުން ބުނެ އެވެ. މޫސުމަށް އަސަރުކުރާ ބޮޑެތި ކަންކަމަށާއި ދިވެހިރާއްޖޭގެ މޫސުމީ ހާލަތަށް ރިއާޔަތްކޮށް، މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވާރޭ މަދުވާނެ ކަމަށް ބެލެވެނީ މައިގަނޑު ގޮތެއްގައި މޮޑެލްތަކުން ދައްކާ ސިގްނަލްތަކުގެ އަލީގަ އެވެ.

ފިނިހޫނުމިނަށް ބަލާއިރު، މާރިޗު މަހު މުޅި ރާއްޖޭގައި ވެސް ފިނިހޫނުމިން އާންމު މިންވަރަށް ވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ ތެރޭގައި ދުވާލުގެ އެންމެ މަތީ ފިނިހޫނުމިނާއި ރޭގަނޑުގެ އެންމެ ދަށް ފިނިހޫނުމިން ވެސް ހިމެނެ އެވެ. ނަމަވެސް، ށ. އަތޮޅުން ފެށިގެން ކ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކުގައި ފިނިހޫނުމިން އާންމު މިންވަރަށް ވުރެ މަތިވުމުގެ ފުރުސަތު ނިސްބަތުން ކުޑަ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، ސަރަހައްދީ ވިލާގަނޑުގެ ހަރަކާތްތައް ނުވަތަ މެޑެން-ޖޫލިއަން އޮސިލޭޝަން (އެމްޖޭއޯ) މިވަގުތު އަރަބި ކަނޑާއި ރާއްޖެ ހިމެނޭ ސަރަހައްދުގައި ވަނީ ބަލިކަށިވެފައެވެ. އެހެން ނަމަވެސް، މާރިޗު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި މެރިޓައިމް ކޮންޓިނެންޓް ސަރަހައްދުގައި މި ހަރަކާތްތައް ވަރުގަދަވުން އެކަށީގެންވާ ކަމަށް ލަފާކުރެވެ އެވެ.

މި ހުރިހާ މައުލޫމާތުތަކަށް ރިއާޔަތްކޮށް މެޓް އޮފީހުން ބުނަނީ، އަންނަ މަހަކީ ރާއްޖެއަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ ހަނަފަސް، އަދި ހޫނުގަދަ މަހަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. 

މާރިޗުމޫސުމާބެހޭ ގައުމީ އިދާރާވާރޭ ވެހުން މަދުވުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

09 ފެބުރުއަރީ 2026
ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް