Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފީއަލީ އަލިފާނުގެ ހާދިސާ

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ވަފުދެއް އެ ރަށު ކައުންސިލާ ބައްދަލުކޮށްފި

13 އެޕްރީލު 2026 | ހޯމަ 18:15

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ މަތީ ފަންތީގެ ވަފުދަކުން އެ ރަށު ކައުންސިލާ ބައްދަލުކޮށްފި. މި ބައްދަލުވުމުގައި، މާލެއިން ދިޔަ ހާއްސަ ޓީމަކުން މައްސަލަ ބަލަމުންދާކަން ފާހަގަކޮށް، ރައްކާތެރިކަން އިތުރުކުރުމަށް މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާކޮށްފަ. ކައުންސިލުން ވަނީ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ތަހުގީގު އަވަސްކުރުމަށް އެދިފަ.

މަޚްތޫމް
މަޚްތޫމް | 13 އެޕްރީލު 2026 | ހޯމަ 18:15
ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަހުގީގާއި، އެކަމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން ފުލުހުން ކައުންސިލާއި ބައްދަލުކުރުން.

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަހުގީގާއި، އެކަމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން ފުލުހުން ކައުންސިލާއި ބައްދަލުކުރުން. | ޕޮލިސް

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަހުގީގާއި، އެކަމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ވަފުދެއް ފ. ފީއަލީ ކައުންސިލާ ބައްދަލުކޮށްފި އެވެ.

2026 އޭޕްރީލް 11 ވަނަ ދުވަހު ފީއަލީ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އިސްކޮށް ބައިވެރިވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒުހާނެވެ. މި ބައްދަލުވުމުގައި ފުލުހުންގެ އިސް ބައެއް ބޭފުޅުންނާއި ފީއަލީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ފުލުހުން ވަނީ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، މި މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފަ އެވެ. އެގޮތުން ރަށުގައި ތިބި ފުލުހުންގެ އިތުރުން މާލެއިން ދިޔަ ހާއްސަ ތަހުގީގު ޓީމަކުން މިހާރުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރި އެވެ.

މީގެއިތުރުން، މިފަދަ ހާދިސާތަކާ ގުޅިގެން އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފުލުހުން ފާހަގަކުރި އެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް މަދުކުރުމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލި އެވެ.

ހާދިސާ ހިނގި ވަގުތު ފީއަލީގެ ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ. ހާއްސަކޮށް، ހާދިސާ ކޮންޓްރޯލް ކުރުމުގައާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ރައްޔިތުން ދެއްކި ނަމޫނާ ފުލުހުން ފާހަގަކުރި އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފީއަލީ ކައުންސިލުން ވަނީ، ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި އެހެނިހެން އިދާރާތަކުން ހަރަކާތްތެރިވެ، ހާދިސާ އިތުރަށް ގޯސްވިޔަނުދީ ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ތައުރީފުކޮށްފަ އެވެ.

ކައުންސިލުން ވަނީ މި ހާދިސާގެ ސަބަބުން އުޅަނދުފަހަރަށާއި ރަށުގެ އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރާ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމުގެ މުހިންމުކަން ވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރަމުންދާނެ ކަމަށާއި، އަދި ހާދިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިތުރު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

ފީއަލިއަލިފާނުގެ ހާދިސާޕޮލިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 އެޕްރީލު 2026

ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

13 އެޕްރީލު 2026
ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
12 އެޕްރީލު 2026

ނަލަހިޔާ ރެޒިޑެންސް އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި

12 އެޕްރީލު 2026
ނަލަހިޔާ ރެޒިޑެންސް އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި
12 އެޕްރީލު 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

12 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!
12 އެޕްރީލު 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވެ އައިސްޕްލާންޓް އަނދާ ހުލިވުން: ލިބުނު ގެއްލުން ބަލަން މިނިސްޓްރީގެ ޓީމެއް އެ ރަށުގައި.

12 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވެ އައިސްޕްލާންޓް އަނދާ ހުލިވުން: ލިބުނު ގެއްލުން ބަލަން މިނިސްޓްރީގެ ޓީމެއް އެ ރަށުގައި.
09 އެޕްރީލު 2026

ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!

09 އެޕްރީލު 2026
ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!
08 އެޕްރީލު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފި

08 އެޕްރީލު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފި
06 އެޕްރީލު 2026

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

06 އެޕްރީލު 2026
އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި
04 އެޕްރީލު 2026

ހުޅުމާލެ ފޭސް-3ގެ ކުރީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ

04 އެޕްރީލު 2026
ހުޅުމާލެ ފޭސް-3ގެ ކުރީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ
03 އެޕްރީލު 2026

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ އެއް ހިނގީ ކަރަންޓު ޝޯޓޭޖަކުން ކަމަށް ބެލެވޭ: ކައުންސިލް

03 އެޕްރީލު 2026
ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ އެއް ހިނގީ ކަރަންޓު ޝޯޓޭޖަކުން ކަމަށް ބެލެވޭ: ކައުންސިލް
30 މާރިޗު 2026

ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!

30 މާރިޗު 2026
ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް