Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ކޮންޓްރޯލްކުރާ ގާނޫނު

މިނިވަން މީޑިއާ ދެމެހެއްޓުމަށް ޔޫކޭއިން ރާއްޖެއަށް ގޮވާލައިފި

19 ސެޕްޓެމްބަރު 2025 | ހުކުރު 14:11

އިގިރޭސިވިލާތުން މިނިވަން މީޑިއާ ދެމެހެއްޓުމަށް ދިވެހިސަރުކާރަށް ގޮވާލައިފައި މިވަނީ ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އޮތް ބިލު، ރައީސް މުއިއްޒު ތަސްދީގު ކުރައްވާފައިވަނިކޮށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 19 ސެޕްޓެމްބަރު 2025 | ހުކުރު 14:11
ރައީސް މުއިއްޒާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކް ލޯ

ރައީސް މުއިއްޒާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކް ލޯ

މިނިވަން އަދި ޒިންމާދާރު މީޑިއާ ދެމެހެއްޓުމަށް ރާއްޖެއިން ވެފައިވާ އިޤްރާރުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިގިރޭސިވިލާތުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

އިގިރޭސިވިލާތުން މިފަދައިން ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އޮތް ބިލު، ރައީސް މުއިއްޒު ބުރާސްފަތި ދުވަހު ތަސްދީގު ކުރައްވާފައިވަނިކޮށެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާ އިނިގިރޭސިވިލާތުންވެސް ސޮއި ކޮށްފައިވާ ސަމޯއާ އެއްބަސްވުމުގައި، ޑިމޮކްރަސީއެއްގައި މިނިވަން މުސްތަޤިއްލު މިނިވަން މީޑިއާގެ މުހިންމުކަން ފާހަގަކޮށް، އެކަން ކަށަވަރުކުރުމަށް އެއްބަސްވެފައިވާނޭކަމަށެވެ. އެކުގައި ވެފައިވާ މިފަދަ އެއްބަސްވުންތަކަށް އިޙްތިރާމްކޮށް، އެ އެއްބަސްވުންތައް ނެގެހެއްޓުމަށް ގޮވާލާކަމަށް ހައިކޮމިޝަންގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެމެރިކާއިންވެސް ވަނީ ދިވެހިސަރުކާރަށް ގޮވާލާފައެވެ. އެމެރިކާ އެމްބަސީ އިން ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖެ އާއި އެހެނިހެން ޤައުމުތަކުގައިވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް، ސަރުކާރާ ދެކޮޅު ފަރާތްތަކާއި ތަފާތު ޚިޔާލު ފާޅުކުރާ ފަރާތްތަކުގެ އަޑު އިވުމުގެ ފުރުޞަތު އޮންނަން ވާނެކަމަށް ބާރު އަޅައިފައިވެއެވެ.

ބައިނަލްއަގްވާމީ އެކި ފަރާތްތްކުން ދިވެހިރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް ގޮވާލަމުން މިދަނީ، ރައީސް މުއިއްޒުގެ ސަރުކާރުން އަޑީގައި އޮވެގެން މަޖިލީހަށް ހުށަހަޅާ، ސަރުކާރަށް ނިސްބަތްވާ މަޖްލިސް މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތާއެކު، ދިވެހިރާއްޖޭގެ މިނިވަން މީޑިޔާ ކަފުންކޮށް ވަޅުލާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށް، ރައީސް މުއިއްޒު ތަސްދީގު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިބިލު ފާސްކޮށްފައިވަނީ މަޖިލީސް ފެށިނީއްސުރެ ޖަލްސާ ނިމެންދެން މި ބިލު ފާސްނުކުރުމަށް ގޮވާލާ މަޖްލިސް ދޮށުގައި ގިނަ އަދަދެއްއްގެ ނޫސްވެރިންނާއި އާއްމު ރައްޔިތުން މުޒާހަރާ ކުރަމުންދަނިކޮށެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައެވެ. ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީ، ހަށިގަނޑުން ލޭ އޮހޮރުވާލާފައިވެއެވެ.

މި ބިލު ތަސްދީގު ކުރުމާއެކު ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް ޒަމާނެއް ފަހަތައް ޖެހޭނެ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ގޮތުގައި މިއީ ވަރުގަދަ ޚުދުމުހުތާރު ވެރިކަމެއް އުފައްދަވަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ތަސްތީގު ކުރި ބިލެކެވެ. މި ގާނޫނުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް އެތައްގޮތަކުން ހަނިވާނެކަމަށް ގާނޫނީ ގޮތުން ތަޖުރިބާކާރު ފަރާތްތަކުންވެސް ފާހަގަ ކުރައްވާފައިވެއެވެ.

އިނގިރޭސިވިލާތްކޮމަންވެލްތުމިނިވަން މީޑިއާސަމާއެމެރިކާ-ދިވެހިރާއްޖެނޫސްވެރިކަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ
24 ނޮވެމްބަރު 2025

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

24 ނޮވެމްބަރު 2025
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ
31 އޮކްޓޯބަރު 2025

ޓެކްސް އިތުރު ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވަން ސްޓާމާ ފަސް ޖެހިއްޖެ

31 އޮކްޓޯބަރު 2025
ޓެކްސް އިތުރު ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވަން ސްޓާމާ ފަސް ޖެހިއްޖެ
30 އޮކްޓޯބަރު 2025

ސްޓާމާގެ ލޭބާ ޕާޓީ އަށް އޮތް ތާއީދު ރެކޯޑު މިންވަރަކަށް ދަށަށް ވެއްޓިއްޖެ

30 އޮކްޓޯބަރު 2025
ސްޓާމާގެ ލޭބާ ޕާޓީ އަށް އޮތް ތާއީދު ރެކޯޑު މިންވަރަކަށް ދަށަށް ވެއްޓިއްޖެ
30 އޮކްޓޯބަރު 2025

މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

30 އޮކްޓޯބަރު 2025
މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި
28 އޮކްޓޯބަރު 2025

މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި

28 އޮކްޓޯބަރު 2025
މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި
28 އޮކްޓޯބަރު 2025

ކުރީގެ ބޮޑު ވަޒީރު ސުނާކް، ސަންޑޭ ޓައިމްސްގައި ކޮލަމް ލިޔުއްވަނީ

28 އޮކްޓޯބަރު 2025
ކުރީގެ ބޮޑު ވަޒީރު ސުނާކް، ސަންޑޭ ޓައިމްސްގައި ކޮލަމް ލިޔުއްވަނީ
28 އޮކްޓޯބަރު 2025

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހާމަ ކުރެއްވީ ޕޯސްޓް-ޕަންކް މިޔުޒިކަށް ކުރައްވާ ލޯބި

28 އޮކްޓޯބަރު 2025
އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހާމަ ކުރެއްވީ ޕޯސްޓް-ޕަންކް މިޔުޒިކަށް ކުރައްވާ ލޯބި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް