Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމައުމޫން

ހަތްވަނަ ގައުމީ އެވޯޑް ހަފްލާއަށް ދެވުމުން ހީވީ ހަބޭސް 3 ގެ ޖަލްސާއަކަށް ދެވުނުހެން : ފައްތާހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ޖެނުއަރީ 2017 | ހޮނިހިރު 21:17
ފިލްމު ޑައިރެކްޓަރ އަބްދުލް ފައްތާހު

ފިލްމު ޑައިރެކްޓަރ އަބްދުލް ފައްތާހު

ނިމިގެން ދިޔަ 7 ވަނަ ގައުމީ ފިލްމް އެވޯޑް ހަފްލާއަށް ދެވުމުން ހީވީ "ހަބޭސް 3" ގެ ޖަލްސާއަކަށް ދެވުނުހެން ކަމަށް މަޝްހޫރު ފިލްމް ޑައިރެކްޓަރ އަބްދުލް ފައްތާހު ބުނެފި އެވެ.

ރާއްޖެ ޓީވީގެ "ކުލަ ސްކްރީން" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ފައްތާހު ބުނީ ފިލްމް އެވޯޑު ހަފްލާއެއްގައި ފިލްމީ ދައިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ފަރާތްތައް ތިންވަނަ ގޮޑިބަރީގައި ބައިތިއްބުމާއި ފިލްމީ ތަރިންނަށް ސަޕޯޓް ދިނުމުގެ ގޮތުންނޭ ބުނެ ސިޔާސީ ފަރާތްތައް ކުރީ ގޮޑި ބަރީގައި ބޭތިއްބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މުސްތަފާ ހުސައިން އާއި އާރިފާ އިބްރާހިމް އަދި ރޯނު ހަސަން މަނިކު ތިންވަނަ ގޮނޑިބަރީގައި ތިބެން ޖެހުނީމާ އެކަން ބަލައި ނުގަނެވޭ. ނިއުމާ މުހައްމަދު ގޮސް އެންމެ ފަހަތު ގޮނޑިބަރީގައި އިނނީމަ އެކަން ބަލައެއް ނުގަނެވޭ،" ފައްތާހު ބުނެޏެވެ.

ފައްތާހު ބުނީ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ހަފްލާގައި ވާހަކަ ދެއްކެވި އިރު އެންސީއޭކަން އެނގިވަޑާއިނުގަންނަވާ ކަމަށާއި ނެޝަނަލް ސެންޓަރ ފޯދި އާޓްސް (އެންސީއޭ)އަށް މުހާތަބު ކުރެއްވީ "ޕާފޯމިން އާޓްސް" ގެ ނަމުގައި ކަމަށެވެ.

ހަފްލާއަށް ވަޑައިގެންނެވި ސިޔާސީ ބޭފުޅުންނަށް މައިކް ކައިރީ ހުއްޓި އެފަދަ ހަފްލާއެއްގައި ނަންތައް އެނައުންސް ކޮށްލާނެ ގޮތް ވެސް ނޭނގޭ ކަން ފާހަގަކޮށް ފައްތާހު ބުނީ އެވަރުގެ ބޭފުޅުން ގެންނަވާ ފިލްމީ ދާއިރާއަށް ސަޕޯޓް ކުރަންށޭ ނުވަތަ ފިލްމީ ދާއިރާ ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުންނޭ ބުނާއިރު ލަދުގަތް ކަމަށެވެ.

"ދިވެހި ފިލްމް ފަތިސްހަނދުވަރުގެ ފެށުމުގެ ބަތަލު މޫސާ ބެނެލާއިރު އެ ވަންތަކާއި އެހައިބަތާއި އެނައުންސް ކޮސްލާނެ ގޮތް ވެސް ގިނަ ބޭފުޅުންނަށް ނޭނގޭ" އޭނާ ބުންޏެވެ.

މީގެ އުތުރުން ހަފްލާ ފެށުނު އިރު ބައިވެރި ކުރި ފިލްމުގެ އަދަދު ނޭންގޭ ކަމަށާއި ކުރު ފިލްމް 6 ފިލްމް ބައިވެރި ކުރިއިރު އެއަށް ޖަޖު ނުކުރީ ކީއްވެ ކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި ކިތައް ފީޗާ ފިލްމް ބައިވެރި ކުރި ކަމެއް ވެސް ނޭނގޭ ކަމަށް ފައްތާހު ބުންޏެވެ.

ސްޓޭޖް ކިތަންމެހާ ވެސް ރީތި ކަމަށާއި ނަމަވެސް ހަމައެކަނި އައިޑޮލްގެ ފާރފޯމް ފެނިގެން ދިޔުމުން ހަފްލާ ފުރިހަމަ ނުވާކަން ފާހަގަކޮށް ހަވަނަ ނެޝަނަލް އެވޯޑް 6 ގެ އޯޕަނިން ވަރަށް ރީތި ކަމަށް ބުނެ ފައްތާހު ވަނީ ތައުރީފް ކޮށްފައެވެ.

މި ހަފްލާގެ އެރޭންޖްމަންޓް އޯވަރޯލްކޮށް ވަރަށް ދަށްކަމަށް ފާހަގަކޮށް ނުކުމެގެން ދާން ހިތަށް އެރި ނަމަވެސް ފިލްމީ ދާއިރާއަށްޓަކައި ސަރުކާރުން ކޮށްދެއްވި ބުރަ މަސައްކަތަކަށް ވުމުން މަޑުކޮށްލައިގެން އިނނީ ކަމަށް ފައްތާހު ބުންޏެވެ.

ކުރިއަށް ފިލްމް އެވޯޑް ހަފްލާތަކުގައި މިފަދަ ކަންތައްތައް ތަކުރާރު ނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި މިކަހަލަ ކަންތައްތަކުގެ ތެރޭގައި ބައެއް ކަންތައްތައް އިސްލާހުވެގެން ވެސް ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ފައްތާހު ބުނެޏެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް

29 މާރިޗު 2017
ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް
13 މާރިޗު 2017

ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ

13 މާރިޗު 2017
ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ
07 މާރިޗު 2017

އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް

07 މާރިޗު 2017
އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް
27 ފެބުރުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ

27 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
13 ފެބުރުއަރީ 2017

ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

13 ފެބުރުއަރީ 2017
ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް
07 ފެބުރުއަރީ 2017

ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ

07 ފެބުރުއަރީ 2017
ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ
30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
10 ޖެނުއަރީ 2017

ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި

10 ޖެނުއަރީ 2017
ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި
10 ޖެނުއަރީ 2017

ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް

10 ޖެނުއަރީ 2017
 ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު