Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ މުޒާހަރާ

ކަރަންޓް މުގުރު ބޭނުން ކުރުމުން މުޒާހަރާގެ ބައިވެރިއެއް ފިޓްޖެހުނު ކަމަށް އެމްޑީޕީން ބުނި ނަމަވެސް ބާރުގެ ބޭނުން ނުކުރާ ކަމަށް ފުލުހުން ބުނެފި

އަންގާރަ ދުވަހުގެ ރޭ މާލޭގައި ކުރި އިހުތިޖާޖުގެ ބައިވެރިއަކަށް އަނިޔާވީ ފުލުހުން ބާރުގެ ބޭނުންކުރުމުން ކަމަށް ބުނާ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފައި. އެ މީހާގެ ހާލު ދެރަވުމާ ފުލުހުންގެ އެއްވެސް ހަރަކާތަކާ ގުޅުމެއް ނެތް ކަމަށާއި، އެ ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ބާރުގެ ބޭނުން ކޮށްފައިނުވާނެ ކަމަށް ފުލުހުން ބުނޭ. އެހެންކަމުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 22 އެޕްރީލު 2026 | ބުދަ 07:33
އަންގާރަ ދުވަހުގެރޭ އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން.

އަންގާރަ ދުވަހުގެރޭ އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން. | ރާއްޖެ އެމްވީ

އެމްޑީޕީ އިން މާލޭގައި ކުރަމުންދާ އިހުތިޖާޖުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް، ކަރަންޓް މުގުރު ބޭނުން ކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިއަކު ފިޓްޖެހުނު ކަމަށް އެމްޑީޕީން ބުނި ނަމަވެސް ބާރުގެ ބޭނުން ނުކުރާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުރި އިހުތިޖާޖުގައި މުޒާހަރާގެ ބައިވެރިއެއްގެ ގައިގައި ފުލުހަކު ކަރަންޓް މުގުރުން ޖެހުމުގެ ސަބަބުން އެމީހާ ފިޓް ޖެހިގެން އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާދީފައިވެ އެވެ. އަދި އެމީހާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. 

ބުދަ ދުވަހު ފުލުހުން ބުނީ، އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން އަންގާރަ ދުވަހުގެ ރޭ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އެއްވުން ކޮންޓްރޯލް ކުރުމަށް ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ ގުޅުމެއް ނެތްކަން ފާހަގަކޮށް ފުލުހުން ބުނީ، ފެތުރެމުންދާ ވާހަކަތަކާ ހިލާފަށް، އަންގާރަ ދުވަހު ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ބާރުގެ ބޭނުން ކޮށްފައިނުވާ ކަމަށެވެ. އަދި އެއީ އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.

 

މީގެ އިތުރުން ފުލުހުން ބުނީ، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

އެހެންކަމުން، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް އިދާރާތަކަށާއި މީޑިއާތަކަށާއި އާންމުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ނަމަވެސް ފުލުހުން ނެރުނު މި ބަޔާނުގައި ކަރަންޓް މުގުރު ބޭނުން  ނުކުރާ ކަމެއް ބުނެފައެއް ނުވެއެވެ. އަދި މުުޒާހަރާ ގައި އަނިޔާ ލިބުނު މީހާ އަށް އަނިޔާ ލިބި ފިޓުޖެހެން  ދިމާވި ސަބަބެއް ބުނެދީފައި ނުވަކަން ވެސް ފާހަގަކުރެވެއެވެ.

އެމްޑީޕީއައިޖީއެމްއެޗްއެމްޑީޕީ މުޒާހަރާ

އިތުރަށް ކިޔާލަން

22 އެޕްރީލު 2026

ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ

22 އެޕްރީލު 2026
ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ
21 އެޕްރީލު 2026

އެމްޑީޕީ ކުއްލި ހަރަކާތް: ފުލުހުންގެ ކަރަންޓް މުގުރުން ބައިވެރިއެއް ގައިގައި ޖެހުމުން ފިޓް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެނީ

21 އެޕްރީލު 2026
އެމްޑީޕީ ކުއްލި ހަރަކާތް: ފުލުހުންގެ ކަރަންޓް މުގުރުން ބައިވެރިއެއް ގައިގައި ޖެހުމުން ފިޓް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެނީ
21 އެޕްރީލު 2026

ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން

21 އެޕްރީލު 2026
ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން
21 އެޕްރީލު 2026

މީކާއިލްގެ ކެމްޕޭން ލޯންޗްކޮށްފި: ވިދާޅުވީ އޭނާ ހުންނަވާނީ އާންމު މެންބަރުންނާއެކު ކަމަށް

21 އެޕްރީލު 2026
މީކާއިލްގެ ކެމްޕޭން ލޯންޗްކޮށްފި: ވިދާޅުވީ އޭނާ ހުންނަވާނީ އާންމު މެންބަރުންނާއެކު ކަމަށް
20 އެޕްރީލު 2026

ޕީއެންސީއަށް ވޯޓުނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ބުނެފައިނުވާނެ ކަމަށް ވިދާޅުވެ މުއިއްޒު އިތުރުފުޅު ހައްދަވައިފި

20 އެޕްރީލު 2026
ޕީއެންސީއަށް ވޯޓުނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ބުނެފައިނުވާނެ ކަމަށް ވިދާޅުވެ މުއިއްޒު އިތުރުފުޅު ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު