Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލިސް ޖަލްސާ

މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހަދަންޖެހޭ ޤަވާއިދުތައް ނުހަދާތީ މެމްބަރު ޒިޔާދުގެ ކަންބޮޑުވުން!

މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅި އިސްލާޙަށް ބަހުސްކުރައްވަމުން، ޤާނޫނުތަކާ ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ސަރުކާރުގެ އިދާރާތަކުން ނުހަދާތީ މެންބަރު ހުސައިން ޒިޔާދު ކަންބޮޑުވުން ފާޅުކުރައްވައިފި. ސިނގިރޭޓު އެތެރެކުރުމުގެ ޤާނޫނަށް އަމަލުނުކުރެވި ވަނީ ހެލްތް މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދު ނުނިމިގެންކަން ފާހަގަކުރައްވައި، ޤަވާއިދުތައް ނުހަދާނަމަ ޤާނޫނުގެ ހަގީގީ މަޤްސަދު ހާސިލްނުވާނެ ކަމަށް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 އެޕްރީލު 2026 | އަންގާރަ 07:09
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު.

ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު. | ރައްޔިތުންގެ މަޖިލިސް

މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހަދަންޖެހޭ ޤަވާއިދުތައް ނުހަދާތީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، ޤާނޫނުތައް ހަދާއިރު އެ ޤާނޫނެއްގެ ބޭނުމާއި، ރައްޔިތުން އެ ޤާނޫނަކަށް އަހުލުވެރި ކުރުމުގެ މުހިއްމުކަމުގެ ވާހަކަވެސް ދައްކަންޖެހޭ ކަމަށެވެ. އެގޮތުން ސިނގިރޭޓު އެތެރެކުރުމާ ބެހޭ ގޮތުން ޤާނޫނުތަކަށް ގެނައި އިސްލާޙަށް ބަލާއިރުވެސް، އެ އިސްލާޙަށް އަމަލުކުރަން އޮތް މުއްދަތު ފާއިތުވެފައިވާކަމަށް ޒިޔާދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ހެލްތް މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދެއް ނުހެދިގެން މިއަދާ ހަމައަށްވެސް އެ އިސްލާޙަށް އަމަލު ކުރެވެން ފެށިފައިނުވާކަން ޒިޔާދު ފާހަގަ ކުރެއްވި އެވެ.

މެމްބަރު އެ އަލިއަޅުވާލެއްވި އިސްލާޙަކީ 21 މެއި 2025 ގައި ގެނައި އިސްލާޙެކެވެ. އެގޮތުން އެ އިސްލާޙުގައި ބުނަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޭރުން އަންނައިރު 1 ކާޓޫން ސިނގިރޭޓު ގެނެވިދާނެކަމަށެވެ.

އެ އިސްލާޙަށް އަމަލުކުރަން އޮތީ 2025 ގެ ނޮވެމްބަރު މަހުއެވެ. އެހެންނަމަވެސް ހެލްތް މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދެއް ނުހަދާ އޮތުމުން މިއަދާ ހަމައަށްވެސް އެ ޤާނޫނަށް އަމަލު ކުރެވޭކަށް ނެތްކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙުގައިވެސް އެތައް ޤަވާއިދެއް ހަދަން އެބައޮތް ކަމަށާއި، ޤަވާއިދުތައް ނުހަދާނަމަ އޭގެ ހަގީގީ ބޭނުމެއް ނެތް ކަމަށެވެ.

މީގައިވެސް އެބައޮތް ވަރަށް ބައިވަރު ޤަވާއިދުތައް ހަދާ ވާހަކަ، އަޅުގަނޑުމެންނަށް މި 20 ވަނަ މަޖިލީހުންވެސް ފެނިއްޖެ އެތައް ފަހަރަކު ޤާނޫނާ ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ނުހަދައިގެން އަހަރު ދެއަހަރު ފަސްކުރާތަން، މިހެން މިކަން އޮތީމަ އަޅުގަނޑުމެން މި ކަންބޮޑުވަނީ، މިހެން ހެދޭ ޤާނޫނުތަކުގައި އޭގެ ހަގީގީ މާނައެއް ނުވަތަ މަޤްސަދެއް ހާސިލެއް ނުކުރެވޭ، މި ޤާނޫނުންވެސް ސަރުކާރުން މިވަގުތަށް ބޭނުންވާ ކަމެއް ކޮށްލެވެން އެކަނި އޮންނަނީ.
 ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު 

ހަމައެއާއެކު، މި އިސްލާޙަކީ ވަކި ފަރާތަކަށް ލައިސަންސެއް ދީގެން ކަންކަން ކުރުމަށް ފަހިކުރާ އިސްލާޙެއްކަމަށް ބުރަވެވޭ ސަބަބުތަކެއް އެބަހުރި ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ. ސަބަބަކީ މި އިސްލާޙުގައި ޝައްކުވާގޮތަށް ހުރި ކަންކަން ހިމެނޭތީކަމަށް ޒިޔާދު ވިދާޅުވި އެވެ.

އެގޮތަށް ހުރި ބައެއް މާއްދާތަކަށްވެސް ޒިޔާދު ވަނީ އަލިއަޅުވާލައްވާފަ އެވެ.

ޒިޔާދު ވަނީ މަސްވެރިންގެ ހުރި ބައެއް ކަންބޮޑުވުންތަކަށްވެސް މަޖިލީހުގައި އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އެސްޓީއޯ ރޭޓުގައި ތެޔޮ ހޯދުމަށް މަސްވެރިންނަށް ހުރި ދަތިތަކާ ގުޅޭގޮތުންވެސް މެމްބަރު ވާހަކަ ދެއްކެވިއެވެ. އަދި ވިދާޅުވީ، މިހާރު ހުރިހާ މެންބަރުންގެވެސް ފޯކަސް ހުރީ ރައީސަށް ސަނާ ކިއުމާއި ތަހުނިޔާ ކިއުމުގައި ކަމަށެވެ.

ޒިޔާދުޤާނޫނު ހަދާ މަޖިލީސްވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރޭ: މެންބަރު ޒިޔާދު

ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރޭ: މެންބަރު ޒިޔާދު

12 އެޕްރީލު 2026
މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

08 އެޕްރީލު 2026
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

22 މާރިޗު 2026
އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

21 މާރިޗު 2026
އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު

އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު

08 މާރިޗު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު