Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެމްބަރުކަމުގެ ގޮނޑި ގެއްލޭ މައްސަލަ

"މިހާރު ކަންކަން ހިނގަމުން ދަނީ ކުރީގެ ޤާނޫނުއަސާސީ އާއި އެއް ގޮތަށް ހުރިހާ ކަމެއްގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް "

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ވަނީ ފަށާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2025 | ހޯމަ 11:48
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އިސްލާހުގެ ސަބަބުން މިހާރު ބާރުތައް އެއްވެ ކަންކަން ހިނގަމުން ދަނީ ކުރީގެ ޤާނޫނުއަސާސީ އާއި އެއް ގޮތަށް ހުރިހާ ކަމެއްގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި މެދު ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސުޕްރީމްކޯޓު ސަރަހައްދުގައި ހުންނަވާ ހޯމަ ދުވަހު ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައި، ހޯމަ ދުވަހު ވެސް މަޖިލީހުން ފެނިގެން ދިޔައީ ޤާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުގެ އަސަރު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދިޔަ އިރު މަޖިލީހުގައި ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަމަށް ވޯޓުލާން ތިބީ އެ މަނިކުފާނު ބޭނުންވާ ހާލަތެއްގައި ގޮނޑި ގެއްލުވާލުމުގެ ފުރުސަތު އޮތް މެމްބަރުންތަކެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ.

އެ ހާލަތުގައި ތިބެގެން މެމްބަރުން ދޭ ވޯޓަކުން އައްޔަންކުރާ މެމްބަރުންތަކެއް އިލެކްޝަންސް ކޮމިޝަންގައި ތިބެގެން ދެން ބާއްވާ އިންތިޚާބެއްގެ މިނިވަންކަމާއި މެދު އާއްމު ރައްޔިތުން ސުވާލު އުފައްދާ ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އެންޓި ކޮރަޕްޝަން ކޮމިޝަން އަށް މެމްބަރުން އައްޔަންކުރާ އިރު ވެސް އެ މަޤާމަށް މީހަކު އައްޔަންކުރުމަށް ރުހުން ދެނީ ރައީސްގެ ކޮންޓްރޯލްގެ ދަށުގައި ތިބި މެމްބަރުން ކަމަށް ޒޔާދު ވިދާޅުވިއެވެ.

ފަހުގެ ޤާނޫނުއަސާސީ ލިޔުނު އިރު ބާރުތައް ވަކިކުރީ އެހެންވެގެންތާ. އޭގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނެއް ހުރޭ. މިނިވަން ވަކި މުއައްސަސާއެއް ގޮތުގައި އޭސީސީވެސް އެހެން ކޮމިޝަންތައް ވެސް ބޭއްވީ މި ޤާނޫނުއަސާސީން. އެހެންނަމަވެސް ޤާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ ނަތީޖާ އަކީ މެމްބަރުން ތިބީ ތަޅު އެޅުވިފައި.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ވަނީ ފަށާފައެވެ.

މި މައްސަލައިގައި ހަވާލާދީފައިވާ ގަޒިއްޔާ އަކީ، 20 ނޮވެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ ގާނޫނު ނަންބަރު 25/2024 (ގާނޫނުއަސާސީ އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ އެ މެމްބަރަކު ސިޔާސީ ޕާޓީ އިން ވަކިކޮށްފިނަމަ، މެމްބަރުކަމުން ވަކިވާ ގޮތަށް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނެސްފައިވާ ބަދަލުތައް، ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު ކަމަށް ދެކިގެން، އެ މާއްދާ ބާތިލު ކޮށްދިނުމަށް އެދި ހުށަހެޅުމުން ބަލަމުންދާ މައްސަލައެކެވެ.

ޒިޔާދުރައްޔިތުންގެ މަޖިލިސްސުޕްރީމް ކޯޓުގާނޫނުއަސާސީ އިސްލާޙުރައީސުލްޖުމްހޫރިއްޔާއިލެކްޝަންސް ކޮމިޝަންއެންޓި ކޮރަޕްޝަން ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު