Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރްޓީއެލް

މިދާ ރޭޓުގައި ދާނަމަ ރާއްޖޭގެ 20 އަތޮޅުގަ އާރްޓީއެލް ފެށޭއިރު އަތޮޅަކަށް އޮންނާނީ 1 ފެރީ: މެންބަރު ޒިޔާދު

މެންބަރު ވިދާޅުވީ އާރްޓީއެލް ފެރީގެ ނިޒާމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެން ދިއަ، އަދި ރައްޔިތުން ނުހަނު ބަލައިގަތް ޚިދުމަތެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެ ނިޒާމު ވެސް ފެއިލް ވެފައިވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ. މިއަދު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ފެރީތައް ކެންސަލް ވުމާ، ފެރީތައް ހުއްޓުމުގެ ޝަކުވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 14:57
އާރްޓީއެލް ފެރީ

އާރްޓީއެލް ފެރީ

ރާއްޖެ ޓްރާންސްޕޯޓް ލިން (އާރުޓީއެލް) ފެރީ ނިޒާމަށް މި ސަރުކާރުން އިހުމާލުވެފައި ވާ ކަމަށާ މިދާ ރޭޓުގައި ދާ ނަމަ 20 އަތޮޅަށް ފެރީގެ ނިޒާމު ތައާރަފު ކުރާއިރު އަތޮޅަކަށް އޮންނާނީ އެންމެ ފެރީ އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ 'ޓީވީޓޯކް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ އާރްޓީއެލް ފެރީގެ ނިޒާމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެން ދިއަ، އަދި ރައްޔިތުން ނުހަނު ބަލައިގަތް ޚިދުމަތެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެ ނިޒާމު ވެސް ފެއިލް ވެފައިވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ. 

މިއަދު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ފެރީތައް ކެންސަލް ވުމާ، ފެރީތައް ހުއްޓުމުގެ ޝަކުވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ހދ. އަތޮޅު މިއީ އެންމެ ރަނގަޅަށް ފެށި ހިސާބު. ވަރަށް ރަނގަޅަށް އޮޕަރޭޓް ކުރަމުން އައީ. އެހެން ނަމަވެސް މިހާރު ބައެއް ރޫޓްތައް ކެންސަލް ވަމުން ކެންސަލް ވަމުން ގޮސް މިހާރު އާރްޓީއެލް އަށް ބަރޯސާވުން ހުއްޓިއްޖެ. ދެން ވިދާޅުވީ އޭތި ފުޅާވީމަ ވާގޮތޭ. ރާއްޖޭގެ 20 އަތޮޅުގަ އާރްޓީއެލް ފެށޭއިރު އަޅުގަނޑަށް ހީވަނީ މިދާ ރޭޓުން ދަންޏާ އަތޮޅަކަށް 1 ފެރީ ހެން އޮންނާނީ. މިހާރު ހދ. އަތޮޅުން ނަގައިގެން ގޮސް ނ. އަތޮޅުގަ ފަށަނީ. ނ. އަތޮޅުން ނަގައިގެން ގޮސް ރ. އަތޮޅުގަ އެ ފަށަނީ. ހދ. މިއީ 5 ފެރީ 6 ފެރީ އިން ފެށިތަނެއް، މިހާރު އޮތީ 2 ފެރީ،
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު 

ޒިޔާދު ވިދާޅުވީ ކޮންމެ އަތޮޅަކަށް ފެރީގެ ޚިދުމަތް ފަށަމުން ދަނީ އިތުރު ފެރީ ނުގެނަސް ކަމަށެވެ. އަދި އިތުރު ތިން ހަތަރު އަތޮޅަށް މި ނިޒާމު ފުޅާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ އިތުރު ފެރީ ނުބަނދެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

އެހެން ކަމުން ފެރީގެ ނިޒާމު ހަރުދަނާ އަތޮޅުތަކަށް ވެސް މިކަމުގެ ސަބަބުން މިހާރު އުނދަގޫތައް ކުރިމަތިވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ. 

ފެރީގެ ނިޒާމުން ރަށްތައް ގުޅާލީމަ ވަރަށް ބޮޑު ފައިދާ އެއް ރައްޔިތުންނަށް މި ވަނީ. އެއީ ކޮންމެ ދުވަހު އޮވޭ ޔަގީން ކަން. ހެނދުނު ދެވޭނެ ކަމުގެ. ޑޮކްޓަރަށް ދާ މީހުންނާ، ސްކޫލަށް ދާ މީހުންނާ ވިޔަފާރި ކުރަން ދާ މީހުންނަށް ވަރަށް ބޮޑު ފައިދާ އެއް ވޭ. އެކަމު އެ ހުއްޓާލާފަ މިހާރު ،
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު 

މި ސަރުކާރުގެ ކަންނެތްކަމުން އާރްޓީއެލް ފެރީގެ ޚިދުމަތް ރަނގަޅަށް ގާއިމްނުކުރެވޭނެ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން އާޒިމް ވިދާޅުވީ އާޒިމް ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވަރަށް ބޭނުންވާ ޚިދުމަތެއް ކަމަށާއި، މި ޚިދުމަތް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގާއިމް ކުރަންޖެހޭ ކަމަށެވެ.

އާޒިމް ވިދާޅުވީ ރަނގަޅަށް ޚިދުމަތް ނުދެވުމުން ކުރީ ސަރުކާރު ކުށްވެރި ކުރި ނަމަވެސް މި ޚިދުމަތް މެއިންޓެއިން ކުރުމަކީ މިސަރުކާރުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް މެއިންޓެއިން ކުރުމަކީ ބޮޑު މަސައްކަތެއް ކަމަށާއި، މިމަސައްކަތް ކުރެވޭނީ ވަރަށް މުރާލި ވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކަންނެތް ސަރުކާރަކަށް މި ޚިދުމަތް ފުޅާކޮށް، މެއިންޓެއިން ނުކުރެވޭނެ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި އާރްޓީއެލް ފެރީގެ ޕްރޮޖެކްޓް އެންމެ ލަސްވެގެން 2025 ވަނަ އަހަރު އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށް ވެސް އާޒިމް ވަނީ ބުނެފަ އެވެ. ނަމަވެސް މިސަރުކާރުން މި ޕްރޮޖެކްޓް ނިންމުމަށް ކަނޑައަޅާފައިވަނީ 2028 ނުވަތަ 2029 ކަމަށެވެ.

އާރްޓީއެލް ޚިދުމަތް ފުޅާކުރުމަށް އިންޑިއާއިން ރާއްޖެ އަށް 100 މިލިއަން ރުފިޔާގެ އެހީގައި މިއަށްވުރެ އަވަހަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.

މީގެ ކުރީގެ ސަރުކާރުގައި ވަރަށް ރަނގަޅަށް ދެމުންއައި އާރްޓީއެލް ފެރީގެ ޚިދުމަތަށް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބައެއް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. ދަތުރު ކަނޑައަޅާ ޝެޑިއުލްއާ އެއްގޮތަށް ދަތުރުނުކުރާ ކަމުގެ ޝަކުވާއާއި، ހުކުރު ދުވަހު ދަތުރުތައް މެދުކަނޑާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އާއްމު ރައްޔިތުން ކޮށްފައިވެއެވެ. އަދި ހުކުރު ދުވަހު ދަތުރުތައް ނެތުމަކީ ހަފްތާ ބަންދުގައި ރަށްރަށަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމީހުން ބުނެ އެވެ.

އާރްޓީއެލްވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު