Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚިޔާލު ހޯދުމުގެ ވޯޓު

ރިފަރެންޑަމް ގަރާރުގައި ހުރި މައްސަލައިގެ ޝަކުވާ ކުރާނެ ތަނެއް ކޯޓު ނޫނީ ނެތް، ‎ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ބަދަލުގައި މައްސަލަ އަވަހަށް ރަޖިސްޓްރީ ކޮށް އަޑުއެހުންތައް ބޭއްވުން އުންމީދަކީ: މައުރޫފް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ގާނޫނީ ފުށުއެރުންތަކެއް ހުރިކަމަށް ބުނެ އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ތިން ފަހަރެއްގެ މަތިން ބޭރުކޮށްލާފައިވާ ކަމަށް އެ ޕާޓީން ބުނެފި. އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވިދާޅުވީ ކޯޓުން އެކި ފަހަރު މަތިން އިސްލާހުކުރަން އެންގި ކަންކަން ފުރިހަމަކޮށް މިހާރު އަލުން މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، މި މައްސަލައިގައި ގަރާރު ބާތިލްކުރުމުގެ އިތުރުން ވަގުތީ އަމުރަކަށް ވެސް އެދިފައިވާނެ ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 14:17
ރިފަރެންޑަމް ވޯޓާ ގުޅިގެން ހުކުރު ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.

ރިފަރެންޑަމް ވޯޓާ ގުޅިގެން ހުކުރު ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. | ރާއްޖެއެމްވީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ގާނޫނާ ގާނޫނު އަސާސީ ގައި ބަޔާން ކުރާ ކަންކަން ފުރިހަމަނުވާތީ ޝަކުވާ ކުރެވޭނެ ހަމައެކަނި ތަނަކީ ކޯޓު ކަމަށް ވުމާއެކު ކޯޓަށް އެ މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން ފަހަރަކު ކަމެއް، ފަހަރަކު ކަމެއް ދަތިކުރަމުން ގޮސް 3 ފަހަރު އެ މައްސަލަ ރިޖެކްޓް ކޮށްފައިވާ ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

ރިފަރެންޑަމް ވޯޓާ ގުޅިގެން ހުކުރު ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ގާނޫނާ ގާނޫނުއަސާސީ ގައި ބަޔާން ކުރާ ކަންކަން ފުރިހަމަނުވާތީ އެ މައްސަލަ ސިވިލް ކޯޓަށް އެ ޕާޓީ ގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. 

އެއީ އެ ޝަކުވާ ކުރެވޭނެ ހަމައެކަނި ތަނަކީ ކޯޓު ކަމަށް ވާތީ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. މައުރޫފް ވިދާޅުވީ އެ ބާވަތުގެ ދައުވާއަކީ ވެރިކަން ހިންގުމުގެ ފަރާތުން ކުރާ ކަމެއް ނޫނީ ނިންމާ ނިންމުމެއް، ޖުޑީޝިއަރީ އަށް ހުށަހަޅައިގެން އެ ރިވިއު ކުރުމަށް ފުރުސަތު ހޯދާ ބާވަތުގެ ދައުވާ އެއް ކަމަށެވެ. އެހެން ކަމުން އެންމެ ފުރަތަމަ އެމްޑީޕީ އިން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ 25 ފެބްރުއަރީ ގައި ކަމަށް މައުރޫފް ވިދާޅުވި އެވެ.

އަޅުގަނޑުމެން ހުށަހެޅި ފޯމުގައި ހުރި ބައެއް ކަންކަން އިސްލާހު ކުރަން ކޯޓުން އަނެއް ދުވަހު އަންގާފައި ވޭ. ހަމަ އެ ދުވަހު އަޅުގަނޑުމެން އެކަންކަން އިސްލާހު ކޮށް، ފޯމު އަލުން ހުށަހެޅުމުން މާޗު 1 ވަނަ ދުވަހު އަނެއްކާ ވެސް އަޅުގަނޑުމެންނަށް ބައެއް ކަންކަން އިސްލާހު ކުރަން އެންގި. މި ކަންކަމުގެ ތެރޭގައި، ފުރަތަމަ އިސްލާހުކުރަން އެންގި ކަމެއްގެ ގޮތުގައި އޮތީ އެމްޑީޕީ އިން ހުށަހެޅި މައްސަލައަކަށް ވާތީ، އެމްޑީޕީ ގެ ރަޖިސްޓްރީ ގެ ކޮޕީ އަކާ، އެމްޑީޕީ ގެ ފަރާތުން މައްސަލަތައް ކޯޓަށް ހުށަހަޅާ އިރު ސޮއި ކުރަން ހުއްދަ އޮން ފަރާތް ކަނޑައަޅާފަ އޮންނަ ގަރާރުގެ ކޮޕީއަކާ މިހެން ގޮސް ޕާޓީގެ ފަރާތުން ހުށަހަޅަން ޖެހޭ ރަސްމީ ލިޔުންތައް ހުށަހަޅާފަ އަޅުގަނޑުމެން އޮންނާނީ. އެހެން ނަމަވެސް ކޯޓުން އެންގެވީ ސާފު ކޮޕީތަކެއް ހުށަހަޅަން. މިގޮތަށް ކޯޓުން އެންގެވުމާ ގުޅިގެން ހަމަ އެ ދުވަހު އަޅުގަނޑުމެން މި ދެންނެވި ލިޔުންތަކުގެ ސާފު ކޮޕީ ހުށަހެޅީ. މިއީ ހައި ކޯޓަށް ވެސް ސުޕްރީމް ކޯޓަށް ވެސް އަދި ސިވިލް ކޯޓަށް ވެސް މި ފަހުން އަޅުގަނޑުމެން ހުށަހެޅި މައްސަލަތަކާ ޕާޓީ އަށް ދައުވާ ލިބުނު މައްސަލަތަކުގަ ވެސް ހަމަ އަޅުގަނޑުމެން ކޯޓަށް ހުށަހެޅި ލިޔެކިޔުން މިއީ. ހަމަ އެ ފައިލް ހުށަހެޅީ. 
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް 

މައުރޫފް ވިދާޅުވީ އެ ތަކެތި އަލުން ސާފު ކުރުމަށްފަހު ކޯޓަށް ހުށަހެޅުމުން މި މަހުގެ 5 ވަނަ ދުވަހު ކޯޓުން އަނެއްކާ ވެސް އިތުރު ކަމެއް އިސްލާހު ކުރުމަށް ކޯޓުން އެންގި ކަމަށެވެ. އޭގައި އޮތީ ހުށަހަޅައިގެން އުޅޭ މައްސަލައާ ގުޅޭ ކަން ހިނގިކަން އަންގައިދޭ ހެކިބަހުގެ ބަޔާނެއް ހުށަހެޅުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ. 

އަޅުގަނޑުމެންގެ މުޅި ދައުވާގަ ވެސް އަޅުގަނޑުމެން ފާހަގަކޮށްފަ އޮންނާނީ ރައީސް ނެރުއްވި ގަރާރުގައި، ގާނޫނުގައި އެ ބަޔާން ކުރާ ޝަރުތުތައް ނުވަތަ ގާނޫނުގައި ފުރިހަމަވާން ޖެހޭ ކަމަށް އެ ބުނާ ކަންކަން ފުރިހަމައެއް ނުވެއޭ. އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ވޯޓަކަށް ދިއުމަށްޓަކައި ހުށަހަޅާ މައްސަލައާ އެއްކޮޅަށް ހުންނަ ހުއްޖަތްތަކުގެ ތަފްސީލު އެ ގަރާރުގައި ބަޔާން ކޮށްފައެއް ނެތޭ. އަޅުގަނޑުމެން ކޯޓަށް ހުށަހެޅި މައްސަލައިގަ މި ބުނަނީ ކަމެއް ނުހިނގާ ވާހަކަ. އެހެންވީމަ ކަމެއް ނުހިނގާކަން ސާބިތު ކޮށްދިނުމުގެ ޒިންމާއެއް މައްސަލަ ހުށަހަޅާ ފަރާތުގެ ނޯންނާނެ. 
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް 

މައުރޫފް ވިދާޅުވީ މިފަދަ ގަރާރެއް ފުރިހަމަ ނޫން ކަމަށް ބުނެ ހުށަހަޅާ ދައުވާއެއްގައި މިހާތަނަށް ކޯޓުން އަމަލުކޮށްފައި އޮތް ގޮތަށް ބަލާއިރު ވެސް އަދި ގާނޫނު ތަކަށް ބަލާއިރު ވެސް ސާބިތު ކޮށްދިނުމުގެ ޒިންމާ އޮންނާނީ މި މައްސަލަ ރައްދުވާ ފަރާތަށް ކަމަށެވެ. އެއީ ދައުލަތް ކަމަށާ އެމްޑީޕީ އިން ކުރި ދައުވާގެ ޖަވާބުގައި ނުވަތަ ދައުވާގެ ރައްދުގައި ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނީ އެ ގަރާރުގައި ކަންކަން ފުރިހަމަ ވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން މިފަހަރު އަމަލު ކޮށްފަ ވަނީ އެހެންޏާ މައްސަލަތަކުގައި އަމަލުކުރާ ގޮތާ މުޅިން ޚިލާފަށް ކަމަށް މައުރޫފް ވިދާޅުވި އެވެ. 

ފަހަރަކު ކަމެއް ފަހަރަކު ކަމެއް އިސްލާހު ކުރުމަށް އަންގާ އިރު ފުރަތަމަ ފޯމު ހުށަހެޅުމުން އިސްލާހު ކުރަން ކަންކަން ހުރި ނަމަ ހުރިހާ ކަމެއް އެއްފަހަރާ އެންގި ނަމަ ފަސޭހަ ވީސް ކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ މިގޮތަށް 3 ފަހަރު މަތިން އެ ޕާޓީ އިން ހުށަހެޅި ފޯމު ސިވިލް ކޯޓުން ރިޖެކްޓް ކޮށްފައި ވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ ކޮންމެ ފަހަރަކު ވެސް އެކަންކަން އިސްލާހު ކުރުމަށްފަހު އެ ޕާޓީ އިން ފޯމު ހުށަހަޅަމުންދާ ކަމަށާ އެގޮތުގެ މަތިން މިދިޔަ ބުދަ ދުވަހު ވެސް، ކުރިން ފާހަގަ ކުރި ހުރިހާ ކަމެއްގެ މައްޗަށް ބިނާ ކޮށް ކޯޓުން ބުނެފައިވާ ގޮތަށް ފޯމު ފުރިހަމަ ކޮށްފަ އަލުން ހުށަހަޅާފައިވާ ކަމަށެވެ. 

އެ މައްސަލަ ވީހާ ވެސް އަވަހަކަށް ރަޖިސްޓްރީކޮށް މައްސަލަ ކުރިއަށް ގެންދިއުމަކީ އެ ޕާޓީގެ އެންމެ ބޮޑު އެދުން ކަމަށާ މިއީ ހަމައެކަނި އެ ގަރާރު ބާތިލް ކަމަށް ކަނޑައަޅައިދނުމަށް ހުށަހެޅޭ ދައުވާ އެއްގެ އިތުރުން އެ ދައުވާ އާއެކު ވަގުތީ އަމުރަކަށް ވެސް އެދިފައި ވާނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީއަހްމަދު މައުރޫފްސިވިލް ކޯޓުރައްޔިތުންގެ މަޖިލިސްރިޔާސީ އިންތިޚާބުޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

14 މާރިޗު 2026
ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު

ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު

14 މާރިޗު 2026
އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވާނަން، ވޯޓު އޮޅުވާލައިފިއްޔާ ގާނޫނުގެ ކުރިމަށްޗަށް ވެސް ހާޒިރު ކުރާނަން: އަބްދުﷲ ޝާހިދު

އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވާނަން، ވޯޓު އޮޅުވާލައިފިއްޔާ ގާނޫނުގެ ކުރިމަށްޗަށް ވެސް ހާޒިރު ކުރާނަން: އަބްދުﷲ ޝާހިދު

13 މާރިޗު 2026
ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

13 މާރިޗު 2026
އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

13 މާރިޗު 2026

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު