Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ޓެކްސީ ލައިން

ސަރުކާރުގެ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، އަގު ނަގަން ފަށައިފި

18 އެޕްރީލު 2026 | ހޮނިހިރު 10:59

ސަރުކާރުގެ "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތަށް އަގު ނަގަން ފަށާފައިވާއިރު، ވެބްސައިޓާއި ހޮޓްލައިން މެދުވެރިކޮށް މިހާރު ދަތުރުތައް ބުކް ކުރެވޭނެ. ނަމަވެސް، ޚިދުމަތް ހޯދުމުގައި ދިމާވާ ލަސްތަކާއި ކުރިން ތައާރަފުކުރި އެޕްލިކޭޝަނުން މައުލޫމާތު ލީކުވި މައްސަލައިގައި އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ. އެމްޓީސީސީން އުންމީދު ކުރަނީ އަލަށް އިފުތިތާހުކުރި ވެބްސައިޓާއެކު މި ޚިދުމަތް އިތުރަށް ހަރުދަނާވެ، އާންމުންނަށް ލުއިފަސޭހަވެގެންދާނެ ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 18 އެޕްރީލު 2026 | ހޮނިހިރު 10:59
އެމްޓީސީސީ އިން ތައާރުފް ކުރި ޓެކްސީ ލައިންގެ ކާރެއް ދަތުރުކުރަނީ.

އެމްޓީސީސީ އިން ތައާރުފް ކުރި ޓެކްސީ ލައިންގެ ކާރެއް ދަތުރުކުރަނީ. | ރާއްޖެ އެމްވީ

ސަރުކާރުން އަލަށް ފެށި "މާލެ ޓެކްސީ ލައިން" ގެ ރަސްމީ ވެބްސައިޓް ތައާރަފްކޮށް، އެ ޚިދުމަތުގެ ދަތުރުތަކަށް އަގު ނަގަން ފަށައިފި އެވެ. މި ޚިދުމަތް ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، އަލަށް ތައާރަފުކުރި ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު ވަރަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އެމްޓީސީސީ އިން ހޮނިހިރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވެބްސައިޓަށް ވަދެ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދަތުރު ބުކްކޮށް، ފައިސާ ދެއްކުމުގެ ކަންކަން ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން، ވެބްސައިޓްގެ އިތުރުން ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފަ އެވެ. މި ޚިދުމަތުގެ ދަށުން ކުރާ ދަތުރުތަކަށް އަގު ނަގާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ ރަސްމީ އަގުތަކުގައި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

މާލެ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފެށި ނަމަވެސް، މި ޚިދުމަތާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އެގޮތުން ޚިދުމަތް ތައާރަފުކުރި ފުރަތަމަ ހަފުތާގެ ތެރޭގައި ވެސް ޚިދުމަތަށް ބާރުބޮޑުވެ، ހޮޓްލައިން ނަންބަރަށް ނުގުޅޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު ވަނީ ކޮށްފަ އެވެ. ބައެއް އާންމުން ބުނާ ގޮތުގައި ފޯނު ކިއޫގައި ވިއްސަކަށް މިނެޓު މަޑުކުރަން ޖެހުމުގެ އިތުރުން، ކާރު އަންނަންދެން ވެސް ދިގު އިންތިޒާރެއް ކުރަން ޖެހެ އެވެ.

މީގެ އިތުރުން، މި ޚިދުމަތާ ގުޅިގެން އެމްޓީސީސީން ކުރިން ތައާރަފުކުރި ވެބް އެޕްލިކޭޝަނާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. އެ އެޕްލިކޭޝަން ތައާރަފުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ބޭނުންކުރުން ހުއްޓާލައި ނަގާފަ އެވެ. އެއީ އެޕްލިކޭޝަންގައި ރަޖިސްޓްރީވުމަށް އާންމުން ދޭ މައުލޫމާތު ލީކުވާ ކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކުރުމާ ގުޅިގެންނެވެ. ނަމަވެސް މިއަދު ތައާރަފުކުރި ވެބްސައިޓާއެކު ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.

މާލެ ޓެކްސީ ލައިންއެމްޓީސީސީމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 އެޕްރީލު 2026

މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގެ ބަދަލުގައި އިސްކަންދެނީ ސިޔާސީ ބަދަލުހިފުމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް: ކުޑޫ

15 އެޕްރީލު 2026

އެމްޓީސީސީ އިން ހިންގި 13 މިލިއަން ރުފިޔާގެ ޓެކްސީ އެޕްގެ ބޮޑު ޚިޔާނާތް: ޚިދުމަތް ފެށި އިރު މަސައްކަތް ނުކުރާ އެޕަށް 4.5 މިލިއަން އޮތީ ދޫކޮށްފައި

15 އެޕްރީލު 2026
އެމްޓީސީސީ އިން ހިންގި 13 މިލިއަން ރުފިޔާގެ ޓެކްސީ އެޕްގެ ބޮޑު ޚިޔާނާތް: ޚިދުމަތް ފެށި އިރު މަސައްކަތް ނުކުރާ އެޕަށް 4.5 މިލިއަން އޮތީ ދޫކޮށްފައި
12 އެޕްރީލު 2026

މާލޭ ޓެކްސީ ލައިނުގެ ޚިދުމަތް ގަވާއިދާ ހިލާފަށް ދެމުން އަންނަ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ގޮވާލައިފި

12 އެޕްރީލު 2026
މާލޭ ޓެކްސީ ލައިނުގެ ޚިދުމަތް ގަވާއިދާ ހިލާފަށް ދެމުން އަންނަ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ގޮވާލައިފި
11 އެޕްރީލު 2026

އެމްޓީސީސީ ބަސް ތަކުގެ ބަސް ކާޑު މެޝިންތައް ހަލާކުވެ، ރައްޔިތުން ބޮޑު ތަކުލީފެއްގައި!

11 އެޕްރީލު 2026
އެމްޓީސީސީ ބަސް ތަކުގެ ބަސް ކާޑު މެޝިންތައް ހަލާކުވެ، ރައްޔިތުން ބޮޑު ތަކުލީފެއްގައި!
11 އެޕްރީލު 2026

އެމްޓީސީސީން ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑު ކޮށް، އެ މަޝްރޫއުތައް ހިންގުމަކީ އަމާޒެއް: ސައުދީ

11 އެޕްރީލު 2026
އެމްޓީސީސީން ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑު ކޮށް، އެ މަޝްރޫއުތައް ހިންގުމަކީ އަމާޒެއް: ސައުދީ
10 އެޕްރީލު 2026

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

10 އެޕްރީލު 2026
2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި
09 އެޕްރީލު 2026

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

09 އެޕްރީލު 2026
އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި
07 އެޕްރީލު 2026

މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

07 އެޕްރީލު 2026
މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް
07 އެޕްރީލު 2026

ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

07 އެޕްރީލު 2026
ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ
03 އެޕްރީލު 2026

އެމްޓީސީސީން "މާލެ ޓެކްސީ އެޕް" ތަރައްގީ ކުރުމަށް 13 މިލިއަން ރުފިޔާއަށް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ހަވާލުކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު!

03 އެޕްރީލު 2026
އެމްޓީސީސީން "މާލެ ޓެކްސީ އެޕް" ތަރައްގީ ކުރުމަށް 13 މިލިއަން ރުފިޔާއަށް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ހަވާލުކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް