Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ވެކްސިން

މާބަނޑު ދުވަސްވަރު ޖަހާ ވެކްސިންގެ ސަބަބުން ތުއްތު ކުދިން ބަލިވާ މިންވަރު 80 އިންސައްތަ ދަށްވޭ

އާރު.އެސް.ވީ ވައިރަހުން ތުއްތު ކުދިން ރައްކާތެރިކުރުމަށް މާބަނޑު ދުވަސްވަރު ޖަހާ ވެކްސިންގެ ސަބަބުން، ބަލިބޮޑުވެގެން ކުދިން އެޑްމިޓްކުރަންޖެހޭ މިންވަރު 80 އިންސައްތައަށް ވުރެ ބޮޑަށް ދަށްވެފައިވާކަން އިނގިރޭސިވިލާތުގެ ދިރާސާއަކުން ދައްކައިފި. ބަނޑަށް 28 ހަފުތާވުމުން ދޭ މި ވެކްސިންގެ ސަބަބުން އުފަންވާ ކުދިންގެ ދިފާއީ ނިޒާމު ވަރުގަދަވެ، ނޭވާލާ ނިޒާމަށް ޖެހޭ ނުރައްކާތެރި ބަލިތަކުން ފުރިހަމަ ރައްކާތެރިކަން ލިބޭކަމަށް ސިއްހީ މާހިރުން ބުނޭ. އެހެންކަމުން، ތުއްތު ކުދިންގެ ފުރާނައަށް ނުރައްކާވާ މިފަދަ ބަލިތަކުން ސަލާމަތްކުރުމަށްޓަކައި ކަނޑައެޅިފައިވާ މުއްދަތުގައި ވެކްސިން ޖެހުމަށް ޑޮކްޓަރުން އިލްތިމާސްކުރޭ.

ރާއްޖެ އެމްވީ | 18 އެޕްރީލު 2026 | ހޮނިހިރު 09:18
އަންހެނުންގެ ބަލިތަކާ ބެހޭ ޚާއްޞަ ޑޮކްޓަރަކު، މާބަނޑު އަންހެނެއްގެ ގަޔަށް އިންފްލުއެންޒާ ވެކްސިން ޖަހަނީ.

އަންހެނުންގެ ބަލިތަކާ ބެހޭ ޚާއްޞަ ޑޮކްޓަރަކު، މާބަނޑު އަންހެނެއްގެ ގަޔަށް އިންފްލުއެންޒާ ވެކްސިން ޖަހަނީ. | ގެޓީ އިމޭޖަސް

މާބަނޑު ދުވަސްވަރު ޖަހާ ވެކްސިންގެ ސަބަބުން، ތުއްތު ކުދިންނަށް ޖެހޭ ނުރައްކާތެރި ނޭވާލާ ނިޒާމުގެ ބަލިތަކާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މިންވަރު 80 އިންސައްތައަށް ވުރެ ބޮޑަށް ދަށްވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސިއްހީ މާހިރުން ބުނެފިއެވެ.

އާރު.އެސް.ވީ (RSV) ގެ ނަމުން ނަންދެވިފައިވާ މި ވައިރަހުގެ އަސަރު އުފަންވާތާ ފުރަތަމަ މަސްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ތުއްތު ކުދިންނަށް ކުރެއެވެ. މީގެ ސަބަބުން ނޭވާލާން އުނދަގޫވެ، ކާންބޯން ދަތިވުމުގެ މައްސަލަތައް ކުރިމަތިވާއިރު، އިނގިރޭސިވިލާތުގައި ކޮންމެ އަހަރަކު 20،000 އަށް ވުރެ ގިނަ ތުއްތު ކުދިން ބަލިބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހެއެވެ.

ތުއްތު ކުދިން މި ބަލިން ރައްކާތެރިކުރުމަށްޓަކައި، 2024 ވަނަ އަހަރުން ފެށިގެން މާބަނޑު އަންހެނުންނަށް ބަނޑަށް 28 ހަފުތާވުމުން މި ވެކްސިން ދޭން ވަނީ ފަށާފައެވެ.

މި ވެކްސިންގެ ސަބަބުން ކުރާ އަސަރުތައް ދިރާސާކުރުމަށްފަހު ޔޫ.ކޭ ހެލްތު ސެކިއުރިޓީ އެޖެންސީ (ޔޫ.ކޭ.އެޗް.އެސް.އޭ) އިން ބުނީ، އާރު.އެސް.ވީ ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވާ ދުވަސްވަރު މި ވެކްސިންގެ ސަބަބުން ތުއްތު ކުދިންނަށް "ފުރިހަމަ ރައްކާތެރިކަމެއް" ލިބިގެންދާ ކަމަށެވެ.

އާރު.އެސް.ވީ ނުވަތަ ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަހަކީ އުމުރުން އެއް އަހަރު ނުފުރޭ ތުއްތު ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މައިގަނޑު އެއް ސަބަބެވެ.

އުފަންވާ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިންނަށް މި ވައިރަހުގެ އަސަރު ކުރެއެވެ. މީގެ ސަބަބުން އާދައިގެ ރޯގާއަކުން ފެށިގެން، ފުއްޕާމޭ ދުޅަވެ ފުރާނައަށް ނުރައްކާވާ ފަދަ މޭގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. އަދި ކޮންމެ އަހަރަކުވެސް މަދު އަދަދެއްގެ ކުދިން މި ބަލީގައި މަރުވެއެވެ.

ޔޫ.ކޭ ހެލްތު ސެކިއުރިޓީ އެޖެންސީގެ އާރު.އެސް.ވީ ޕްރޮގްރާމްގެ ނޭޝަނަލް ލީޑް ޑރ. ކޮނަލް ވޮޓްސަން ވިދާޅުވި ގޮތުގައި، ބަލީގެ އަސަރު ބޮޑަށް ކުރާ ކުދިންނަށް ބޭނުންވާ އޮކްސިޖަން ހޯދުމަށް މަސައްކަތްކުރާއިރު، އެކުދިންގެ މެޔާއި ފުއްޕާމެޔަށް ބާރުބޮޑުވެ އުނދަގޫވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

"މިއީ ބެލެނިވެރިއަކަށް ފެންނާނެ ވަރަށް ބިރުވެރި މަންޒަރެއް. އަދި އެއީ ބިރުގަންނަންޖެހޭ ފަދަ ސީރިއަސް ކަމެއް،" ޑރ. ވޮޓްސަން ވިދާޅުވިއެވެ.

މި އާ ވެކްސިން އިނގިރޭސިވިލާތަށް ތައާރަފުކުރީ 2024 ވަނަ އަހަރުއެވެ. މި ވެކްސިން ޖެހުމުން މާބަނޑު މީހާގެ ދިފާއީ ނިޒާމު ވަރުގަދަވެ، މަހުގެ (ޕްލެސެންޓާ) ޒަރީއާއިން ތުއްތު ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދޭކަން ކްލިނިކަލް ޓްރަޔަލްތަކުން ވަނީ ކަށަވަރުވެފައެވެ.

މީގެ މާނައަކީ ވެކްސިން ޖަހާފައިވާ މައިންނަށް ލިބޭ ކުދިން، އުފަންވާ ދުވަހުން ފެށިގެން މި ބަލިން ރައްކާތެރިކޮށްދޭނެ ކަމެވެ.

އާ ދިރާސާއިން ދައްކާ ގޮތުގައި، ކުއްޖާ އުފަންވުމުގެ މަދުވެގެން ހަތަރު ހަފުތާ ކުރިން ވެކްސިން ޖަހައިފިނަމަ، ގާތްގަނޑަކަށް 85 އިންސައްތަ ރައްކާތެރިކަން ލިބިގެންދެއެވެ. އަދި އޭގެ ފަހުން ވެކްސިން ޖެހި ނަމަވެސް ވަކި މިންވަރަކަށް ރައްކާތެރިކަން ފޯރުކޮށްދެއެވެ.

ވެކްސިން ޖަހާތާ ދެ ހަފުތާ ފަހުން ކުއްޖާ އުފަންވި ނަމަވެސް، ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެކަން މި ދިރާސާއިން ހާމަވެއެވެ.

"ވެކްސިން ޖަހާ ތާރީޚާއި ކުއްޖާ އުފަންވާ ތާރީޚާ ދެމެދު ގިނަ ދުވަސް ހުރި ނަމަ، ލިބޭ ރައްކާތެރިކަން އިތުރަށް ފުރިހަމަވާނެ،" ޑރ. ވޮޓްސަން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކަނޑައެޅިފައިވާ ވަގުތަށް ވެކްސިން ޖެހުމަށާއި، އެކަން ނުވެއްޖެނަމަ ބަނޑަށް ހަ މަސް ފުރޭ ފަހުން ކޮންމެ ވަގުތަކު ނަމަވެސް ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި ދިރާސާ ހަދާފައިވަނީ 2024 ސެޕްޓެމްބަރާއި 2025 މާރިޗު މަހާ ދެމެދު އިންގްލެންޑުގައި އުފަންވި ގާތްގަނޑަކަށް 300,000 ކުދިންގެ މައުލޫމާތު ބޭނުންކޮށްގެންނެވެ. މިއީ އެ މުއްދަތުގައި އުފަންވި ކުދިންގެ 90 އިންސައްތައެވެ.

މި މުއްދަތުގައި 4,500 އަށް ވުރެ ގިނަ ތުއްތު ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނުއިރު، އޭގެ ތެރެއިން ގިނަ ކުދިންނަކީ އެކުދިންގެ މައިން އާރު.އެސް.ވީ ވެކްސިން ނުޖަހާ ތިބި ކުދިންނެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންގްލެންޑުގައި މާބަނޑު އަންހެނުންގެ 64 އިންސައްތަ މީހުން އާރު.އެސް.ވީ ވެކްސިން ޖަހައެވެ. ނަމަވެސް ލަންޑަނުގައި މި އަދަދު ހުރީ 53 އިންސައްތައިގައެވެ.

މާބަނޑު ދުވަސްވަރު އިންފްލުއެންޒާ (ފްލޫ) ވެކްސިނާއި ކޯފުއްޕި (ވޫޕިންގ ކޯފް) ވެކްސިން ޖެހުމަށްވެސް ސިއްހީ މާހިރުން ލަފާދެއެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގައި އުމުރުން 75 އަހަރުން މަތީގެ މީހުންނާއި، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި އުޅޭ މީހުންނަށްވެސް އާރު.އެސް.ވީ ވެކްސިން ދަނީ ފޯރުކޮށްދެމުންނެވެ.

މަސްދަރު: ބީބީސީ

އާރު.އެސް.ވީޔޫ.ކޭ. ހެލްތު ސެކިއުރިޓީ އޭޖެންސީމާބަނޑު ދުވަސްވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮވޭ ފެނެއްގެ ސަބަބުންވެސް ލޭގެ ޕްރެޝަރު މައްޗަށް!

ބޮވޭ ފެނެއްގެ ސަބަބުންވެސް ލޭގެ ޕްރެޝަރު މައްޗަށް!

10 އޯގަސްޓު 2024
ކޮވިޑް-19 ގެ ސަބަބުން އަޑު އިވުމުގެ ހިއްސަށް ގެއްލުންވޭ: ދިރާސާ

ކޮވިޑް-19 ގެ ސަބަބުން އަޑު އިވުމުގެ ހިއްސަށް ގެއްލުންވޭ: ދިރާސާ

18 އޮކްޓޯބަރު 2020
ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟

ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟

20 ޖުލައި 2018
ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟

ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟

11 ޖޫން 2018
މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ދަރިފުޅުގެ ސިކުނޑި އަށް ގެއްލުންވޭ: ދިރާސާ

މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ދަރިފުޅުގެ ސިކުނޑި އަށް ގެއްލުންވޭ: ދިރާސާ

29 މާރިޗު 2018

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު