Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުދަރިމައިވުން

މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ދަރިފުޅުގެ ސިކުނޑި އަށް ގެއްލުންވޭ: ދިރާސާ

ސިކުނޑި އުފެދުމާއި، މަސައްކަތް ކުރާ ގޮތައްވެސް އަސަރު ކުރޭ

ރާއްޖެ އެމްވީ | 29 މާރިޗު 2018 | ބުރާސްފަތި 08:42
ބަނޑުގައި އޮތް ކުއްޖެއްގެ އަލްޓްރާސައުންޑް އިމޭޖެއް

ބަނޑުގައި އޮތް ކުއްޖެއްގެ އަލްޓްރާސައުންޑް އިމޭޖެއް

މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް ގެއްލުންވާ ކަމުގެ ވާހަކަތަކަކީ އައު ވާހަކަ އެއް ނޫނެވެ. ނަމަވެސް ދަރިފުޅުގެ ސިކުނޑި އުފެދުމުގައި އެކަމުގެ ސަބަބުން ސީދާ ގޮތެއްގައި ގެއްލުންވާކަން މިހާ ތަނަށް ދިރާސާ އަކުން ސާބިތު ކޮށް ހާމަ ކޮށްފައެއް ނުވެއެވެ.

ދާދި ފަހުން ސައިންސްވެރިން ވަނީ މިދެންނެވި ހަގީގަތް ހާމަ ކޮށްފައެވެ. ސައިންސްވެރިން ބުނަނީ، ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑި ރަނގަޅަށް އުފެދުމަށްޓަކައި މާ ބަނޑު ދުވަސްވަރު މައިމީހާ ފިކުރުތަކާއި ކަންބޮޑުވުންތަކާ ދުރުހެލިވާން ޖެހޭ ކަމަށެވެ.

ދާދި ފަހުން އެމެރިކާގެ މެސެޗުސެޓްގައި އޮތް ކޮގްނިޓިވް ނިއުރޯ ސައިންސް ސޮސައިޓީގެ ބައްދަލުވުމެއްގައި ހުށަހެޅި ދިރާސާ އެއްގައި ބުނެފައިވަނީ މާބަނޑު ދުވަސްވަރު މައިމިހާގެ ފިކުރުތަކާއި ކަންބޮޑުވުން އިތުރުވާނަމަ ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑި އުފެދި ބޮޑުވުމާއި ސެލްތަކަށް ނޭދެވޭ އަސަރު ކުރާކަން ދިރާސާ އިން ހާމަވާ ކަމަށެވެ.

ދިރާސާގައި ބައިވެރިވި ސައިންސްވެރިއެއް ކަމަށްވާ، ވޭން ސްޓޭޓް ޔުނިވަސިޓީގެ މޯރިއާ ތޮމްސަން ހާމަކުރި ގޮތުގައި މާބަނޑު ދުވަސްވަރު މައިމީހާގެ ފިކުރު ބޮޑުވުމާއި ބަނޑުގައި އޮންނަ ދަރިފުޅަށް އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ތަކުގެ ވާހަކަތަކަކީ މިހާތަނަށް ސައިންޓިފިކް ގޮތުން ސާބިތު ކުރެވިފައިވާ ވާހަކަތަކެއް ކަމަށް ނުވެ އޮތް ނަމަވެސް އެމީހުންގެ ދިރާސާއިން ބަނޑުގައި އޮންނަ ދަރިފުޅުގެ އުފެދެމުން އަންނަ ސިކުނޑިއަށް މައިމީހާ ފިކުރު ބޮޑުވުމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާކަން ސާބިތު ވާ ކަމަށެވެ.

ބަނޑުގައި އޮންނަ ދަރިފުޅު ހެދި ބޮޑުވުމާ ބެހޭ ދިރާސާތައް ސައިންސްވެރިން ކުރުމުގައި ފަހުގެ ޓެކްނޮލޮޖީތަކުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން މި ދިރާސާ ކުރުމުގައި ފީޓަލް އިމޭޖިންގ ގެ ޒަރީއާއިން ދިރާސާ ކުރި ފަރާތްތަކަށް ބަނޑުގައި އޮންނަ ކުއްޖާގެ ސިކުނޑިއަށް އަންނަ ބަދަލުތައް ދެނެގަތުމުގައި ވަރަށް ބޮޑުތަން ފަސޭހަ ވެގެން ދިޔަކަން ފާހަގަ ކުރެވިފައިވެއެވެ.

ދިރާސާ އިން ހާމަވާ ގޮތުގައި ފިކުރު ބޮޑު މައިންގެ ބަނޑުގައި އޮންނަ ކުއްޖާގެ ސިކުނޑި އުފެދުމާއި ތަރައްގީ ވުމާއި އަދި މަސައްކަތް ކުރާ ގޮތަށްވެސް ނޭދެވޭ އަސަރު ކުރެއެވެ.

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

24 ސެޕްޓެމްބަރު 2025
ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!
20 ޖުލައި 2018

ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟

20 ޖުލައި 2018
ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟
13 ފެބުރުއަރީ 2017

މާބަނޑު މީހުން އެންޓިބަޔޮޓިކް ބޭނުން ކުރާނަމަ ދަރިފުޅުގެ ސިއްހަތު ގޯސްވެދާނެ

13 ފެބުރުއަރީ 2017
މާބަނޑު މީހުން އެންޓިބަޔޮޓިކް ބޭނުން ކުރާނަމަ ދަރިފުޅުގެ ސިއްހަތު ގޯސްވެދާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު