Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ހާރޓްއެޓޭކް ޖެހުން

ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟

ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭނީ މާބަނޑު ދުވަސްވަރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 20 ޖުލައި 2018 | ހުކުރު 21:40
ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހެނީ މާބަނޑު ދުވަސްވަރު: ދިރާސާ

ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހެނީ މާބަނޑު ދުވަސްވަރު: ދިރާސާ

ހާރޓްއެޓޭކް ޖެހި ގިނަ މީހުން ދުނިޔެ ދޫކޮށް ދިޔުން މިދަނީ އާންމު ކަމަށް ވަމުންނެއެވެ. މިކަމުން ސަލާމަތްވެ ތިބުމަށް ތަފާތު އެތައް ކަމެއް ކުރެވެން ހުންނައިރު އަންހެނުންނަށް ހާރޓްއެޓޭކް ޖެހުން އާންމުވެގެން މިދަނީ އެހެން ސަބަބަކާއި ހުރެއެވެ.

އެގޮތުން އެންމެ ފަހުގެ ދިރާސާއިން ދައްކާ ގޮތުގައި ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭނީ މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައިކަން މިވަނީ ހާމަވެފައެވެ. ޖާރނަލް މަޔޯ ކްލިނިކަލް އިން އެންމެ ފަހުން ހެދި ދިރާސާގައި ސާޅީސް ނުވަ މިލިއަން އަންހެނުން ވަނީ ބައިވެރިކޮށްފައެވެ. އޭގެ ތެރޭގައި 1061 މީހަކަށް ވަނީ ވިހެމުގެ ތެރޭގައި ހާރޓްއެޓޭކް ޖެހިފައެވެ. އަދި މާބަނޑު ދުވަސްވަރު 922 މީހަކަށް ހާރޓްއެޓޭކް ޖެހިފައިވާއިރު، 2390 މީހުންނަށް ވަނީ ވިހެއުމަށްފަހު ހާރޓްއެޓޭކް ޖެހިފައެވެ.

ޖުމްލަކޮށް ބަލާއިރު ހާރޓްއެޓޭކް ޖެހުމަށް އޮންނަ ފުރުޞަތު ހަނިކަމަށް ފާހަގަކުރެވުނު ނަމަވެސް 2002 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ހާރޓްއެޓޭކް ޖެހޭ މިންވަރު ވަނީ 25 އިންސައްތަ އިތުރުވެފައެވެ. މިއީ ކަންބޮޑުވާންޖެހޭ އަދަދެއް ކަމަށް ދިރާސާތަކުން ދައްކައެވެ. މާބަނޑު ދުވަސްވަރު ނުވަތަ މާނބަޑުވުމާއި ވިދިގެން ހާރޓްއެޓޭކް ޖެހިގެން ހޮސްޕިޓަލްގައި މަރުވާ މީހުންގެ އަދަދު ވަނީ 4.5 ޕަސެންޓަށް އަރާފައި ކަމަށާއި މިއީ އަޖައިބުވާފަދަ އަދަދެއް ކަމަށް ދިރާސާއިން ދައްކައެވެ. އެހެނީ، ދަރިމައިވުމުގެ އުމުރު ކަމަށްވާ (20 އަހަރާއި 35 އަހަރާއި) ދެމެދުގެ އުމުރުގެ އަންހެނުންނަކީ ހާރޓްއެޓޭކް ޖެހުމުގެ ފުރުޞަތު ކުޑަ ބައެކެވެ.

" ޅަ އުމުރުގައި ހާރޓްއެޓޭކް ޖެހޭ އަންހެނުން މަދުކަމުގައިވީ ނަމަވެސް މާބަނޑު ދުވަސްވަރު ނުވަތަ މާނބަނޑުވުމާއި ވިދިގެން ހާރޓްއެޓޭކް ޖެހުމަކީ ނާކުޒު ކަމެއް ކަމަށް" އެންވައިޔޫ ލެންގޮން ހެލްތްގެ އިންޓަރވެންޝަނަލް ކާރޑިއޮލޮޖިސްޓް އެންޑް އެސިސްޓަންޓް ޕްރޮފެސަރ އޮފް މެޑިސިން ޑރ. ނަތަނިއަލް ސްމިލޮވިޗް ބުނެފައިވެއެވެ.

މާނބަނޑު ދުވަސްވަރާއި ވިހެމުގެ ތެރޭގައި ހާރޓްއެޓޭކް ޖެހޭ މައިގަނޑު ސަބަބު އަދިވެސް ހާމަވެފައިނުވާއިރު ހާރޓްއެޓޭކް ޖެހުމަށް މެދުވެރިވާ ބައެއް ސަބަބުތައް ވަނީ ދަނެގަނެވިފައެވެ. އެގޮތުން ގިނަ އަންހެނުންނަކީ އުމުރުން ދުވަސް ވުމުން ދަރިން ހޯދާ ބަޔަކަށްވާއިރު، ޅައުމުރުގައި ދަރިން ހޯދާ މީހުންނަށްވުރެ ބޮޑަށް އުމުރުން ދުވަސްވީ އަންނެހުންނަށް ހާރޓްއެޓޭކް ޖެހުމުގެ ފުރުޞަތު ބޮޑެވެ.

20 އަހަރުން ފެށިގެން މަތީ އުމުރުގައި މާބަނޑުވާ އަންހެނުންނާއި އަޅާކިޔާއިރު، 35 އަހަރާއި 39 އަހަރާއި ދެމެދުގައި މާބަނޑުވާ އަންހެނުންނަކީ ހާރޓްއެޓޭކް ޖެހުމުގައި ފަސްގުނަ އިތުރަށް ރިސްކް ބޮޑު މީހުންނެވެ. އަދި 40 އަހަރުން މަތީގެ އަންހެނުންނަކީހާރޓްއެޓޭކް ޖެހުމުގެ ފުރުޞަތު މާބޮޑެވެ. އަދި ހަކުރު ބައްޔާއި އާދަޔާ ހިލާފަށް ފަލަވުމަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެކެވެ.

" ހުރިހާ އަންހެނުންވެސް ހިތުގެ ބަލިތައް ޖެހޭ ކަންކަން ދަނެގަތުމަކީ މުހިއްމު ކަމެއް، އެގޮތުން ލޭ މައްޗަށް ދިޔުމާއި ހަކުރުބަލި އަދި ފަލަވުން ފަދަ ކަންކަން މާނބަނޑުުމާއި ގުޅިގެން ކޮންޓްރޯލްކުރަންޖެހޭ. އަދި ބަލިވެއިނުމާއި ވިހެއުމަށްފަހު މޭގައި ރިއްސުން ނުވަތަ ދިލަނެގުން ފަދަ ކަންކަމަކީ ހާރޓްއެޓޭކް ޖެހެން އުޅޭ ކަމުގެ އަލާމާތެއް ކަމަށްވާއިރު ވީ އެންމެ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ސަމާލުވާންޖެހޭ" ކަމަށް ޑރ.ސްމިލޮވިޗް ވިދާޅުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫދަށް ދިޔުމަކީ ބަލިތައް ފަސޭހައިން ޖެހޭ ސަބަބެއް!

މޫދަށް ދިޔުމަކީ ބަލިތައް ފަސޭހައިން ޖެހޭ ސަބަބެއް!

01 މާރިޗު 2018
ހަނިމާދޫގައި ޑެންގީ ހުން ޖެހޭ މީހުން އިތުރުވަނީ

ހަނިމާދޫގައި ޑެންގީ ހުން ޖެހޭ މީހުން އިތުރުވަނީ

15 ޖެނުއަރީ 2018
އަންހެނުންނަށް ހާއްސަ: ހަށިގަނޑާއި، ހިތާއި، ސިކުނޑީގެ ދުޅަހެޔޮކަން

އަންހެނުންނަށް ހާއްސަ: ހަށިގަނޑާއި، ހިތާއި، ސިކުނޑީގެ ދުޅަހެޔޮކަން

06 ނޮވެމްބަރު 2017
ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ހަތަރު މިލިއަން މަރު: ދިރާސާ

ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ހަތަރު މިލިއަން މަރު: ދިރާސާ

18 އޯގަސްޓު 2017
ރަމަޟާން މަހުގައި ކެއުން ބުއިމުގައި ސަމާލުވާންޖެހޭ ކަންކަން!

ރަމަޟާން މަހުގައި ކެއުން ބުއިމުގައި ސަމާލުވާންޖެހޭ ކަންކަން!

25 މެއި 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު